ބާޒާރުގައި ވިއްކަން ބަހައްޓާފައިހުރި ކާށިތަކެއް... ފޮޓޯ: ވޮއިސް
ހަބަރު
09 Mar 2025 | 14:23
ވިޔަފާރިވެރިން ބޭނުނުންވާ މިންވަރަށް އެސްޓީއޯއިން ކާށި އެތެރެކޮށްދެނީ!

ވިޔަފާރިވެރިން ބޭނުންވާ މިންވަރަށް އެސްޓީއޯއިން ކާށި އެތެރެކޮށްދިނުމަށް ނިންމައިފިއެވެ.

ބާޒާރުގައި ކާށީގެ އަގު މައްޗަށް ދިއުމާއި ގުޅިގެން އަގުތައް ތިރިކުރުމަށް އެސްޓީއޯއިން ވަނީ ރާއްޖެއަށް ކާށި އެތެރެކޮށް ވިއްކަން ފަށާފައެވެ. ނަމަވެސް ކާށީގެ އަގުތައް އަދިވެސް ހުރީ ނިސްބަތުން މަތީގައެވެ. މިކަމާ ގުޅޭގޮތުން އެސްޓީއޯއިން ބުނީ، އެސްޓީއޯ މެދުވެރިވެ ރާއްޖޭގެ ބާޒާރަށް ދިމާވެފައިވާ ކާށީގެ ސަޕްލައި ޝޯޓޭޖް ހައްލުކުރުމަށް މަސައްކަތްތައް ކުރަމުންގެންދާކަމަށެވެ.

މިގޮތުން ބާޒާރުގެ އަގުތައް ތިރިކުރުމަށްޓަކައި ވިޔަފާރިވެރިންނަށް ބޭނުންވާ މިންވަރަށް ކާށި އިމްޕޯޓްކޮށްދިނުމަށް ނިންމައި، ކާށީގެ ސްޓޮކް ބުކްކުރުމުގެ ފުރުޞަތު މިހާރު ހޯލްސޭލަރުންނަށް ހުޅުވާލާފައިވާކަމަށް އެސްޓީއޯއިން ބުންޏެވެ. ކާށީގެ އަގު ތިރިކުރުމަށް އެސްޓީއޯއިން ވަނީ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކިލޯއެއް 20 ރުފިޔާގެ ރޭޓުން ސީދާ އާންމުންނަށް ކާށި ވިއްކަން ފަށާފައެވެ. އަދި އުފެދޭ ޑިމާންޑާ އެއްވަރަށް ކާށީގެ އިތުރު ސްޓޮކްތައްވެސް އަންނަނީ ބާޒާރަށް ނެރެމުންނެވެ. 

ދަތުރުވެރިންގެ މާރުކޭޓުގައި ކާށީގެ އަގު ހުރިގޮތަށް ބަލާއިރު، މިއަދު 100 ކާށީގެ ބަސްތާއެއް ލިބެންހުރީ 1650 ރުފިޔާއަށެވެ. ބައެއް ގޮޅިތަކުގައި 50 ކާށި 850 އަށް ލިބެން އެބަހުއްޓެވެ. ވަކިން ކާށި ވިއްކާ އަގުތަކަށް ބަލާއިރު ހުނިގަނޑި ތިލައަށް ނުފެތޭ ވަރުގެ ކާއްޓެއް ލިބެންހުރީ 10 ރުފިޔާ އާއި 15 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. ހެޔޮވަރު ސައިޒެއްގެ ކާއްޓެއްގެ އަގު ލިބެންހުރީ 50 ރުފިޔާ އަށެވެ.

މާލެއަށް ކާށި ގެންނަ ބައެއް ފަރާތްތަކުން ވޮއިސްއާ ވާހަކަދައްކަމުން ބުނީ ބާޒާރުގައި ވިއްކާވަރަށް ކާށި ލިބުމުގައި މިހާވަރަށް ދަތިވަނީ ރާއްޖޭގެ ރުއްތައް މުސްކުޅިވުމުގެ ސަބަބުން މީގެކުރިން ކާށި ލިބޭވަރަށް ކާށި ނުލިބުމެވެ. މީގެ އިތުރުން ރުއް އެރުމުގައި އަގުބޮޑުވުމަކީވެސް އޮތް ކަމެކެވެ. 

ރާއްޖޭގައި ރުކުގެ އައު ޖީލެއް ބިނާކުރުމުގެ މަސައްކަތުގެ ދަށުން ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން އަންނަނީ ރުއް އިންދުމުގެ މަސައްކަތްކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް