އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ މާބޮޑި އެއް
ހަބަރު
09 Mar 2025 | 15:19
ސިޔާސީ ގޮތުން އަންހެނުން ބާރުވެރިކުރުވާ އަނިޔާ ހުއްޓުވުމުގެ އެއްބަސްވުމުގައި ހަތް ޕާޓީއަކުން ސޮއިކޮށްފި

ސިޔާސީ ދާއިރާގައި އަންހެނުން ބާރުވެރިކުރުވާ އަންހެނުންނާއި ދެކޮޅަށް ކުރެވޭ އަނިޔާ ހުއްޓުވުމުގެ އެއްބަސްވުމުގައި ހަތް ޕާޓީއަކުން ސޮއިކޮށްފި އެވެ.

ފޮރިން ކޮމިއުނިކޭޝަން އެންޑް ޑިވެލޮޕްމަންޓް އޮފީހުން ބުނީ މި އެއްބަސްވުމުގައި ރާއްޖޭގައި އުފެދިފައިވާ ނުވަ ޕާޓީގެ ތެރެއިން ހަތް ޕާޓީއަކުން ސޮއިކޮށްފައިވާ ކަމަށެވެ. އެއީ އަދާލަތު ޕާޓީއާ އެމްޑީޕީ އާއި އެމްޑީއޭ އާއި އެމްއެންޕީ އާއި ޕީއެންސީ އަދި ޕީއެންއެފްގެ އިތުރުން ދަ ޑިމޮކްރެޓްސް އެވެ.

ވެސްޓް މިނިސްޓަރު ފައުންޑޭޝަން ފޯ ޑިމޮކްރަސީގެ އިސްނެގުމާއެކު މި ޕާޓީޓަކުގެ މެދުގައި ވެވުނު އެއްބަސްވުމަކީ ސިޔާސީ ދާއިރާފައި އަންހެނުން ބާރުވެރިކޮށް އަންހެނުންނަށް ކުރިމަތިވާ އަނިޔާގެ މައްސަލަ ބަލައިގަނެ އެކަމާ ދެކޮޅަށް ސިޔާސީ ޕާޓީތަކުން އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ދިވެހިރާއްޖޭގެ ތާރީޚުގައި އިގުރާރުވި ފުރަތަމަ ފަހަރެވެ.

މިއީ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ކުރެވުނު ދިރާސާތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ އެއްވަސްވުމެއް ކަމަށާ މި އެއްބަސްވުމުގައި ސިޔާސީ ދާއިރާގައި އަންހެނުން ބާރުވެރިކުރުވާ އަންހެނުންނާއި ދެކޮޅަށް ކުރެވޭ އަނިޔާ ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

މި ފިޔަވަޅުތަކުގެ ތެރޭގައި ޕާޓީތެރޭގެ ސިއްރު ހިފެހެއްޓޭ ޝަކުވާގެ ނިޒާމެއް ގާއިމު ކުރުމާއި ޖަވާބުދާރިވުމުގެ ހަރުދަނާ ނިޒާމެއް ގާއިމު ކުުރުމާއި ސިޔާސީ ގޮތުން ހަމަހަަމަ ފުރުސަތުތައް ކަށަވަރު ކޮށްދިނުމަށް އުސޫލު އެކުލަވާލުމާއި ޕާޓީތަކުގެ ތެރޭގައި ހޭލުންތެރިކަމާއި ގާބިލުކަން އިތުރުކުރުމުގެ ޕްރަގްރާމްތަކަށް ހާއްސަ ބަޖެޓެއް ކަނޑައެޅުން ފަދަ ކަންކަން ހިމެނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ހާރިޖިއްޔާގެ އޮފީހުން ބުނީ، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ
09 Aug 2026
އެފްޑީސީގެ އަމާން ޓަވަރުތައް ކައިރިން 670 ޓަނުގެ ކުނި ނަގައިފި
ކުނިތައް ނެގުމުގެ މަސައްކަތް އަދި ނުނިމޭކަން ފާހަގަކުރައްވަމުން މަލްޝާ ވިދާޅުވީ މިއަދުވެސް ކުނިތައް ނެގުމުގެ މަސައްކަތް ކުރިއަށްދާނޭކަމަށެވެ
09 Aug 2026
އެމެރިކާގެ ކުރީގެ ރައީސް ބައިޑެން ކެންސަރު ބަލީގެ ތަހައްމަލުކުރަން އުނދަގޫ ވޭނެއްގައި
ހަންޓާ ބައިޑެން ބުނީ "ކެންސަރު ވަނީ ފެތުރި ކަށިތަކުގެ ތެރެއަށާއި އެއަށް ވުރެ ދުރަށް ފެތުރިފައި ކަމަށެވެ.
09 Aug 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޕީއެސްޖީ ބައްދަލުކުރިމެޗް އެއްވަރު
މި ސީޒަނުގައި އެސްޓަން ވިލާ ދޫކޮށް ޔުނައިޓެޑާ ގުޅުނު ޔޫރީ ޓީލެމަންސް، އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި އުންމީދީ ކުޅުމެއް ދެއްކިއިރު، ޔުނައިޓެޑްގެ މުހިންމު ބައެއް ކުޅުންތެރިންނަށް ވަނީ އަނިޔާވެފައެވެ
09 Aug 2026
ހޮރްމުޒް ކަނޑުއޮޅި މައްސަލާގައި އިރާން އާއި އެމެރިކާ އަނެއްކާ މަޝްވަރާތައް ފަށަނީ
ނަމަވެސް މިކަމުގައި ކުރިއަށް ދެވެން އަންނަނީ ނުވަތަ އީރާނުން އެއްބަސްވުމަކަށް ދީލާލާނީ އެޤައުމުން އެދޭ ލުއިތަކެއް އެމެރިކާއިން ދިނުމުންކަމަށް އީރާނުގެ އޮފިޝަލުން ބުނެފައިވާކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި