"ސެޓް ޔޯ ގޯލް" އިވެންޓް މިދިޔަ ހުކުރު ދުވަހު ވަނީ ފަށާފައި
ހަބަރު
09 Mar 2025 | 16:27
"ސެޓް ޔޯ ގޯލް" އިވެންޓުން މިފަހަރު ވެސް ޢުމްރާ ދަތުރެއް

ޔޫތު ޔޫނިއަން (ޔޫން) އިން ކޮންމެ ރޯދަ މަހަކު ކުރިއަށް ގެންދާ "ސެޓް ޔޯ ގޯލް" އިވެންޓް މިދިޔަ ހުކުރު ދުވަހު ފަށައިފިއެވެ.

މިއީ ރޯދަ މަހަށް ހާއްސަ ކޮށްގެން ޔޫން އާއި އަލް-ހިޖްރާ ގުޅިގެން ބާއްވާ ހަރަކާތެކެވެ. ޔޫން އަކީ ޒުވާނުންގެ ތަރައްގީއަށް މަސައްކަތްކުރާ އެންޖީއޯ އެކެވެ.

ޔޫން އިން ބުނި ގޮތުގައި މިއަހަރު މި އިވެންޓް ކުރިއަށްދާނީ މާޗް މަހުގެ 7، 14، 21 އަދި 28 ވާ ހުކުރު ދުވަސްތަކުގައި ހަވީރު 4:15 އިން ފެށިގެން 6:00 އާ ހަމައަށް، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގަ އެވެ. މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ އުނގެނުމާއި، މުނިފޫހިފިލުވުމާއި އަދި މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް ފުރުސަތު ހޯދައިދިނުން ކަމަށް ބުންޏެވެ.

"ސެޓް ޔޯ ގޯލް" އިވެންޓް މިދިޔަ ހުކުރު ދުވަހު ވަނީ ފަށާފައި

މި އިވެންޓުގައި ރާއްޖޭގެ ދީނީ އިލްމުވެރީންނާ ބައްދަލުކޮށް ސުވާލު ކުރުމުގެ ފުރުސަތުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ކޮށްގެން އެކި ބާވަތުގެ ކުޅިވަރުތައް ކުޅުމާއި، އަދި މުސްހަފާއި ދީނީ މައުލޫމާތު ހިމެނޭ ފޮތްތަކާއި ލީފްލެޓްތައް ބެހުން ހިމެނެ އެވެ.

މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް އެކި ބާވަތުގެ އިނާމު ލިބުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. އެގޮތުން މި އިވެންޓުގެ ދަށުން ކޮންމެ ހަފްތާއެއްގައި ބާއްވާ ހަރަކާތުގެ ބައިވެރީންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ޕޮއިސް ޕާފިއުމްސް އަދި އިރުއަލި ސަޕްލައިސްގެ ފަރާތުން ހަދިޔާ ކުރާ ގިފްޓް ޕެކްތަކެއް ލިބިގެން ދާނެ ކަމަށް ޔޫތު ޔޫނިއަނުން ބުނެ އެވެ.

"ސެޓް ޔޯ ގޯލް" އިވެންޓް މިދިޔަ ހުކުރު ދުވަހު ވަނީ ފަށާފައި

މީގެ އިތުރުން، މިރަމަޟާން މަހުގެ "ސެޓް ޔޯ ގޯލް" ގެ ހުރިހާ އިވެންޓެއް ނިމުމަށްފަހު، އެކި އިވެންޓުތަކުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ރިހްލާ ޓްރެވަލްސްގެ ފަރާތުން ހުށައަޅާ އުމްރާ ދަތުރެއް ލިބިގެން ދާނެ އެވެ.

އަދި އިތުރު ފަރާތަކަށް އަކުރު އިންސްޓިޓިއުޓްގެ ފަރާތުން ހުށައަޅާ ގުރުއާން ކިލާސް ސްކޮލާޝިޕެއް ވެސް ލިބޭނެ ކަމަށް ޔޫން އިން ބުންޏެވެ.

މި އިވެންޓުގެ ހަދިޔާތަކުގެ ގުރުއަތުލުން ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ ތަރާވީހް ނަމާދަށްފަހު ދާރިސް ޓީވީ އަދި ޔޫތު ޔޫނިއަންގެ ފޭސްބުކް ޕޭޖުން ލައިވްކޮށް ދައްކާނެ އެވެ.

"ސެޓް ޔޯ ގޯލް" އިވެންޓް މިދިޔަ ހުކުރު ދުވަހު ވަނީ ފަށާފައި

"ސެޓް ޔޯ ގޯލް" އިވެންޓް ކުރިއަށް ގެންދަނީ ގިނަ އަދަދެއްގެ ސްޕޮންސަރުންގެ އެހީއާއި އެއްބާރުލުމާ އެކީގައި ކަމަށް ޔޫތު ޔޫނިއަނުން ފާހަގަ ކުރެ އެވެ.

މި ގޮތުން މެއިން ސްޕޮންސާގެ ގޮތުގައި ރިހްލާ ޓްރެވަލްސް، ކޯ ސްޕޮންސާގެ ގޮތުގައި ގިފްޓް ކާޑްސް ރާއްޖެ، އަދި އެސޯސިއެޓް ސްޕޮންސަރުންގެ ގޮތުގައި ޕޮއިސް ޕާފިއުމްސް އާއި އަޔާދީ ތަކާފުލް އަދި ޑަންކް އެން ޑިޕް ހިމެނެ އެވެ. މީގެ އިތުރުން މީޑިޔާ ޕާޓްނާގެ ގޮތުގައި ދަ ޑިޖިޓަލް ކްރޫ، ބްރޯޑްކާސްޓިން ޕާޓްނާގެ ގޮތުގައި ދާރިސް ޓީވީ، އަދި ހޯސްޓިން ޕާޓްނަރުންގެ ގޮތުގައި އެޗްޑީސީ އާއި މައިހުޅުމާލެ ބައިވެރިވެފައިވާ ކަމަށް ވެސް ޔޫތު ޔޫނިއަނުން ބުނެފައިވެ އެވެ.

"ސެޓް ޔޯ ގޯލް" އިވެންޓް މިދިޔަ ހުކުރު ދުވަހު ވަނީ ފަށާފައި

މި އިވެންޓުގެ ހިއުމެނިޓޭރިއަން އެއިޑް ޕާޓްނަރުންގެ ގޮތުގައި އެހީ އާއި އައިއޭސީ ހިމެނޭއިރު، އިވެންޓް ޕާޓްނަރުންގެ ގޮތުގައި އެސްޓީއޯ އާއި ޖަމްޢިއްޔަތުއްސަލަފާއި އަކުރު އިންސްޓިޓިއުޓާއި ޕީސް ފައުންޑޭޝަނާއި އެމްއެންއެމްއެލް ޑިސައިންސް އަދި އިރުއަލި ސަޕްލައިސް ބައިވެރިވެ އެވެ.

މި އިވެންޓަކީ ހުރިހާ އުމުރުފުރާއެއްގެ އާންމުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިގެން ކުރިޔަށްގެންދާ ހަރަކާތެކެވެ. ޔޫތު ޔޫނިއަން އިން ވަނީ މި ހަރަކާތުގައި ގިނަ ބަޔަކު ބައިވެރިވުމަށް އެދިފައެވެ. އަދި ޔޫތު ޔޫނިއަންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް އިތުރު މައުލޫމާތުތަކާއި ކޮންމެ ހަފްތާއެއްގެ އިވެންޓް އޮންނަ ލޮކޭޝަންތައް ވެސް ލިބިގެންދާނެ ކަމަށް އެެ ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ..

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ހާރިޖިއްޔާގެ އޮފީހުން ބުނީ، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ
09 Aug 2026
އެފްޑީސީގެ އަމާން ޓަވަރުތައް ކައިރިން 670 ޓަނުގެ ކުނި ނަގައިފި
ކުނިތައް ނެގުމުގެ މަސައްކަތް އަދި ނުނިމޭކަން ފާހަގަކުރައްވަމުން މަލްޝާ ވިދާޅުވީ މިއަދުވެސް ކުނިތައް ނެގުމުގެ މަސައްކަތް ކުރިއަށްދާނޭކަމަށެވެ
09 Aug 2026
އެމެރިކާގެ ކުރީގެ ރައީސް ބައިޑެން ކެންސަރު ބަލީގެ ތަހައްމަލުކުރަން އުނދަގޫ ވޭނެއްގައި
ހަންޓާ ބައިޑެން ބުނީ "ކެންސަރު ވަނީ ފެތުރި ކަށިތަކުގެ ތެރެއަށާއި އެއަށް ވުރެ ދުރަށް ފެތުރިފައި ކަމަށެވެ.
09 Aug 2026
މެންޗެސްޓަރ ޔުނައިޓެޑާއި ޕީއެސްޖީ ބައްދަލުކުރިމެޗް އެއްވަރު
މި ސީޒަނުގައި އެސްޓަން ވިލާ ދޫކޮށް ޔުނައިޓެޑާ ގުޅުނު ޔޫރީ ޓީލެމަންސް، އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗުގައި އުންމީދީ ކުޅުމެއް ދެއްކިއިރު، ޔުނައިޓެޑްގެ މުހިންމު ބައެއް ކުޅުންތެރިންނަށް ވަނީ އަނިޔާވެފައެވެ
09 Aug 2026
ހޮރްމުޒް ކަނޑުއޮޅި މައްސަލާގައި އިރާން އާއި އެމެރިކާ އަނެއްކާ މަޝްވަރާތައް ފަށަނީ
ނަމަވެސް މިކަމުގައި ކުރިއަށް ދެވެން އަންނަނީ ނުވަތަ އީރާނުން އެއްބަސްވުމަކަށް ދީލާލާނީ އެޤައުމުން އެދޭ ލުއިތަކެއް އެމެރިކާއިން ދިނުމުންކަމަށް އީރާނުގެ އޮފިޝަލުން ބުނެފައިވާކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި