އައިއޭސީގެ އެހީގެ ޓްރަކްތަކެއް ޣައްޒާއަށް ވަންނަނީ... ފޮޓޯ: އައިއޭސީ
ހަބަރު
09 Mar 2025 | 22:09
އެހީގެ މަސައްކަތްތަކާމެދު ސުވާލެއް އުފެދޭނަމަ, އެކަން ހިއްސާކުރައްވާ. ޖަވާބުދާރީވާނަން: އައިއޭސީ

އިންސާނީ އެހީގެ މަސައްކަތްތަކާމެދު ސުވާލެއް އުފެދޭނަމަ, އެކަން ސީދާ އެޖަމިއްޔާއާ ހިއްސާކުރުމުން ސުވާލު އުފެދޭ ކަމެއްގެ ފުރިހަމަ މައުލޫމާތު އެފަރާތަކާ ހިއްސާކުރާނޭކަމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން ޖަމިއްޔާއިން ބުނެފިއެވެ.

އިންޓަނޭޝަނަލް އެއިޑް ކެންޕެއިން، އައިއޭސީ އަކީ ބައިނަލްއަޤްވާމީ ފެންވަރުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމިއްޔާއެކެވެ. އެޖަމިއްޔާގެ މަސައްކަތް އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ، ޣައްޒާއަށް އެހީވުމަށް އެޖަމިއްޔާއިން ކުރަމުންގެންދިޔަ އަދި މިހާރުވެސް ކުރަމުންގެންދާ މަސައްކަތްތަކުގެ ސަބަބުންނެވެ. 

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން ޖަމިއްޔާގެ މަސައްކަތްތަކާމެދު ސުވާލު އުފައްދައި އަދި މީސް މީޑިއާގައި ކޮންބައެއްކަން ނޭނގޭގޮތަށް އެ ޖަމިއްޔާގެ މަސައްކަތްތަކާމެދު އުފައްދަމުންގެންދާ ސުވާލުތަކާ ގުޅިގެން އައިއޭސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޖަމިއްޔާއިން ކުރާ މަސައްކަތްތަކަކީ ރައްޔިތުންނާއި ވަރަށް ގާތުން ދެފުށް ފެންނަގޮތަށް ކުރެވޭ މަސައްކަތްތަކެއްކަމަށެވެ. އައިއޭސީގެ އޯޑިޓްތަކަކީ ވަރަށް ތަފްސީލީ ދެފުށްފެންނަ ރިޕޯޓްތަކެއްކަމަށް އެ ޖަމިއްޔާ މެދުވެރިކޮށް އެހީފޯރުކޮށްދޭ ފަރާތްތަކަށް ޔަގީންކަންދޭކަން ފާހަގަކުރަމުން އެޖަމިއްޔާއިން ބުނީ، އޮޑިޓް ރިޕޯޓްތައް އަހަރީ ރިޕޯޓްތަކާއެކު އައިއޭސީގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާނޭކަމަށެވެ. 

އަދި އެ ރިޕޯޓްތައް ހުށަހަޅަންޖެހޭ އެންމެހާ އިދާރާތަކަށް ރިޕޯޓްތައް ހުށަހަޅާފައިވާނޭކަމަށްވެސް އައިއޭސީން ބުންޏެވެ. އޮޑިޓް ރިޕޯޓްތައް ޝާއިއުކުރެވިގެން  ދިޔައިރު އެޖަމިއްޔާގެ ބޮޑް މެމްބަރުންނާއި އެތައް ޤައުމެއްގައި ރެއާއި ދުވާލު ވަރުބަލިކަމެއްނެތި އެތައް ނުރައްކަލެއްގައި މަސައްކަތްކުރާ މުއައްޒަފުންނާއި، އޮޑިޓަރުންނަށް އަމާޒުވާގޮތަށް ސޯޝަލް މީޑިއާގައި ދޮގު ހަބަރުތައް ފަތުރަމުންދިޔަކަން ފާހަގަކުރަމުން އެޖަމިއްޔާއިން ވަނީ އެކަން ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ.

ރިޕޯޓްތައް ނުނެރެވި ލަސްވާ މައްސަލައާ ގުޅޭގޮތުން އައިއޭސީން ބުނީ އެކަން އެހެން ދިމާވާ ސަބަބުތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރަމުްނދިޔަ ކަމަށާއި، އެޖަމިއްޔާއިން ޤަބޫލުކުރާގޮތުގައި ޖަވާބުދާރީވާންޖެހޭ އެންމެބޮޑު ބަޔަކީ އެޖަމިއްޔާއިން މެދުވެރިކޮށް އެހީދޭ ފަރާތްތަކާއި ޖަމިއްޔާގެ ބެލެނިވެރިޔާ ކަމުގައިވާ ޖަމިއްޔާތަކާ ބެހޭ ވުޒާރާކަމަށެވެ.

އައިއޭސީން ބުނީ އެދުމަކީ އިންސާނީ އެހީގެ މަސައްކަތާމެދު ސުވާލެއް އުފެދޭނަމަ ސީދާ އެކަން އެޖަމިއްޔާ ގުޅައިގެން އެކަމުގެ މައުލޫމާތު ހޯދުންކަމަށާއި، އެޖަމިއްޔާގެ މެމްބަރުންނަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ އަދި ބައްދަލުވާނެ ބައެއްކަމަށެވެ. އެއްވެސް ހާލެއްގައި މީސްމީޑިއާގައި ފެތުރޭ ވާހަކަތަކުގައި ޖެހި ހަޤީޤަތް ބެލުމެއްނެތި އެފަދަ ވާހަކަތައް ފެތުރެމުން ދުރުހެލިވުމަށް އެޖަމިއްޔާއިން ވަނީ އެދިފައެވެ. 

އައިއޭސީން ބުނީ މިއަދާހަމައަށްވެސް އެޖަމިއްޔާ މެދުވެރިކޮށް ދެމުންދާ އެހީތައް މަދުނުވެ އިތުރުވަމުން ގޮސްފައިވަނީ، ފެށުނީއްސުރެ ގެންގުޅެމުްނދިޔަ ދެފުށްފެންނަ އުސޫލުތަކުގެ ސަބަބުންކަމަށް ޤަބޫލުކުރާ ކަމަށާއި، އެއީ އެކަމުގައި ރައްޔިތުން އެޖަމިއްޔާއަށް ކުރާ އިތުބާރުގެ ސަބަބުންކަމަށް ދެކޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.