ބީއެމްއެލް
ހަބަރު
10 Mar 2025 | 14:00
މާލޭގެ ގެއެއް ނީލަމުގައި ވިއްކާލަން ބީއެމްއެލްއިން އިއުލާނުކޮށްފި

ބޭންކުން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެން ނީލަމުގައި މާލޭގެ ގެއެގެ ވިއްކާލަން މީގެ ކުރިން ކަނޑައެޅި އަގު ކުޑަކޮށް އެ ގެ ވިއްކާލުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއުލާނުކޮށްފިއެވެ.

އެގޮތުން އިއުލާނުކޮށްފައިވަނީ ސަންފްރަންޓް ލައިޓްޝޮޕް ގޯޅިތެރޭގައި ހުންނަ މ. ނާއިންފަރުއާގެއެވެ.

ބޭންކުން މީގެ ކުރިން ކުރި ދެފަހަރެއްގެ މަތިން އެ ގެ ނިލާމުގައި ވިއްކާލަން އިއުލާން ކުރި އިރު، އެ އިއުލާނުގައި ވާގޮތުން، މ. ނާއިންފަރުއާގެ ވިއްކާލަން ނީލަން ފެށޭ އެންމެ ދަށް އަގަކީ 10 މިލިއަން ރުފިޔާއެވެ. ނަމަވެސް މިފަހަރު ކުރި އިއުލާނުގައި ވާގޮތުން، މ. ނާއިންފަރުއާގެ ވިއްކާލަން ނީލަން ފެށޭ އެންމެ ދަށް އަގަކީ 8 މިލިއަން ރުފިޔާއެވެ. 

މިއީ 792 އަކަފޫޓުގެ ގެއެކެވެ. އެ ގެ ގަންނަން ނީލަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.

ބީއެމްއެލުން ބުނީ ގެތައް ވިއްކާލެވޭނީ، މުއްދަތު ހަމަވާ ތާރީހާ ހަމަޔަށް ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތު އެތަނަށް ހާޒިރުވެ ތިބި ފަރާތްތަކުގެ ހާޒިރުގައި އެންމެ މަތީއަގު ހުށަހެޅި ފަރާތަކަށް ކަމަށެވެ.

އަދި އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތް ކަނޑައަޅާނީ ހުށަހަޅާ އަގު އެންމެ މަތީ އަގުގެ ގޮތުގައި ބަދަލެއް ނައިސް ފަސް ދުވަހުގެ މުއްދަތަކަށް އޮތުމުން ކަމަށެވެ.

ބޭންކުގެ އިއުލާނުގައި ބުނެފައިވަނީ ނީލަން ނިމުމުން އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށް އެކަން އަންގާނެ ކަމަށާއި، ބޭންކުން އެކަން އަންގާ ތާރީޚުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި 10 ދުވަހުގެ ތެރޭގައި، ނުވަތަ ބޭންކުން އިތުރުކޮށްދޭ މުއްދަތެއްގެ ތެރޭގައި އެ ފަރާތަކުން ހުށަހެޅި ޖުމްލަ އަގަށްވާ ފައިސާ ބޭންކަށް ދައްކަން ޖެހޭނެ ކަމަށެވެ. 

މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ އެ ހުށަހެޅުން ބާތިލް ކުރުމަށް ފަހު ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތައް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން އަލުން ފެށުމުގެ ހައްގު ބޭންކަށް ލިބިގެން ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ