އެމްޑީޕީގެ އިގްތިސާދީ ކޮމިޓީން މިއަދު ނޫސްވެރިންނަށް މައުލޫމާތުދެނީ.. ފޮޓޯ: އެމްޑީޕީ
ހަބަރު
10 Mar 2025 | 14:22
މަރުކަޒީ ބޭންކް، މެންޑޭޓުން ބޭރުވާކަމަށްބުނެ، އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މެންޑޭޓުން ބޭރުން ކަންކަން ކުރަން އުޅޭކަމަށްބުނެ، އެކަމުގެ ކަންބޮޑުވުން އިދިކޮޅު އެމްޑީޕީން ފާޅުކޮށްފިއެވެ.

އެމްޑީޕީގެ އިގްތިސޯދީ ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވަނީ އެމްއެމްއޭއިން ރިއަލް އެސްޓޭޓްގެ ތެރެއަށް ވަންނަން އުޅޭތީވެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަދައްކަވާފައެވެ. އަމީރު ވިދާޅުވީ އެމްއެމްއަކީ ރާއްޖޭގެ އިގްތިސާދުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ މުއައްސަސާއެއް ކަމަށާއި، އެމްއެމްއޭއަކީ މާލީ އިދާރާއެއްކަން ހަނދާންކުރަން ޖެހޭނޭކަމަށެވެ. 

އަމީރު ވިދާޅުވީ މާލީ އިދާރާތަކުން އާމްދަނީ ހޯދޭނެ ގޮތްތައް ކަނޑައެޅިގެން ބަޔާންކޮށްފައި އެބައޮތްކަމަށާއި، މަރުކަޒީ ބޭންކުން އާމްދަނީ ހޯދާނީ މާލީ މުދަލާއި އެއާގުޅޭ މުއާމަލާތްތަކުން ކަމަށެވެ. އެމްއެމްއޭގެ މަނިޓަރީ ޕޮލިސީގެ ބޭނުމަށް ރާއްޖޭގެ މަނީ ސަޕްލައި އިތުރުކުރުމަށް ބޭނުންވިނަމަވެސް އެކަންކުރެވޭނެ އިންވެސްޓްމަންޓްސްތައް އެ ބޭންކުގެ ޤާނޫނުގެ ތެރެއިން މިހާރުވެސް ފަހިވެފައި އެބައޮތްކަމަށެވެ. މިސާލަކަށް އިންޓަރަސްޓް ރޭޓް ދަށްކޮށްގެންނާއި، އޯޕަން މާކެޓް އޮޕަރޭޝަންސް ފަދަ ވަސީލަތްތަކަކީ އެމްއެމްއޭއަށް އާމްދަނީ އިތުރުކުރުމަށް ބޭނުންކުރެވިދާނެ ގޮތްތަކެއްކަމަށް އަމީރު ފާހަގަކުރެއްވިއެވެ.

ބިންތައް ގަނެ އެ ބާވަތުގެ ކަންކަން ކުުމަކީ ސީދާ އެމްއެމްއޭގެ މެންޑޭޓާ ހިލާފްވުން.ބިމުން ލިބޭނީ ކުލި. އެމްއެމްއޭގެ އާމްދަނީގެ ބޮޑުބައެއް ވަންނާނީ ކުލިން. އޭރުން މުއައްސަސާގެ މަޤްސަދު އެ އޮޅުނީ

އަމީރު ވިދާޅުވިއެވެ

ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާފަދަ ސިނާއަތްތަކަށް އެމްއެމްއޭއިން ވަނުމަކީ ވަރަށްބޮޑު ނުރައްކަލެއްކަން ފާހަގަކުރައްވަމުން އަމީރު ވިދާޅުވީ، ރާއްޖޭގެ އަމިއްލަ ވިޔަފާރީގެ ތެރެއަށް އެމްއެމްއޭއިން ވަނުމަކީ ވަރަށްބޮޑު ގޯހެއްކަމަށެވެ. އެ ފަދަ ވިޔަފާރިތަކަށް ވަންނަނަމަ، މަރުކަޒީ ބޭންކްގެ ހައިސިއްޔަތުން އަމިއްލަ ވިޔަފާރިތަކަށް ފައިނޭންސް ނުކޮށްދޭންވީ ސަބަބަކީ ކޮބައޮތޯ އަމީރު ވަނީ ސުވާލު އުފައްދަވާފައެވެ.

އަމީރު ވިދާޅުވީ މިހާރުވެސް ހުޅުމާލޭގައި މަސައްކަތް ކުރިއަށްނުގޮސް ހުއްޓިފައިހުރި ހައުސިން މަޝްރޫޢުތައް އެބަހުރިކަމަށާއި، ހަމަ އެގޮތަށް ރާއްޖޭގައި ނުހެދިހުރި ރިސޯޓްތައްވެސް އެބަހުރި ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަމަށް ފައިނޭންސް ނުކުރައްވަނީ ކީއްވެގެންތޯ އަމީރު ވަނީ އުވާލު ކުރައްވާފައެވެ.

މަރުކަޒީ ބޭންކުން ރިއަލް އެސްޓެޓް ވިޔަފާރީގެ ތެރެއަށް ވަނުމަށް ނިންމާފައިވާކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެމްއެމްއޭއިން ހުޅުމާލެއިން ބިންގަތުމުގެ ނަމުގައި ގިނަ އަދަދެއްގެ ފައިސާ ޗާޕްކުރަން އުޅޭކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ދަނީ ވާހަކަދައްކަމުންނެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އެމްއެމްއޭއިން އަދި ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ.

ކޮމެންޓް
އަހުދުނާމާ
ކަލޭމެންގެ ވެރިކަމުގަ މެންޑޭޓެއް ނޫން މުޅި ދުނިޔޭން ވެސް ބޭރުވީތަން ދެކުނިން
10 Mar 2025
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.