އާރުޑީސީން ގއ.ކޮލަމާފުށީގެ މަގެއްގައި ގައު އަތުރަނީ..
ހަބަރު
10 Mar 2025 | 14:33
އާރުޑީސީން ދެކުނުގެ 6 ރަށެއްގެ މަގުތައް ހެދުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް!

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ދެކުނުގެ 6 ރަށެއްގައި މަގުތައް ހެދުމުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އާރުޑީސީން މިވަގުތު ދެކުނުގެ 6 ރަށެއްގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ރަށްތަކަކީ، ތ.ތިމަރަފުށި،ގއ.ވިލިނގިލި، ގއ.ކޮލަމާފުށި، ލ.ގަން ފޭސް ދޭއްގެ އިތުރުން ގދ.ގައްދޫ އާއި ގދ.ތިނަދޫ ފޭސް ދޭއްގެ މަގުހެދުމުގެ މަސައްކަތެވެ.

އެ ރަށްތަކުގެ މަގުހެދުމުގެ މަސައްކަތް ކުރިއަށްދާގޮތަށް ބަލާއިރު، ލ.ގަމު ފޭސް ދޭއްގެ އިޖުތިމާއީ ހިނގުމުގައި ސްޓޯމްވޯޓަރ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާއިރު، ބޮޑުތަކުރުފާނުމަގު އެއްވަރުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ގއ.ކޮލަމާފުށީ އަމީނީމަގުގެ ދުވާރުހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، އެރަށުގެ ޗާންދަނީމަގު އެއްވަރުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ގއ.ވިލިނގިލީ ފޭސް ދޭއްގެ މޫސާ މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް ކުރިއަށްދާއިރު، ބަރާސީލްމަގުގައި ދުވާރު ހެދުމުގެ މަސައްކަތްދަނީ ކުރިއަށެވެ.

މީގެ އިތުރުން އިތުރު ރަށްތަކުގެ މަގުތައް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އާރުޑީސީން ބުނެއެވެ. އާރުޑީސީން ގެންދަނީ ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީ ކުރުމުގެ ހަތް މަޝްރޫއުއެއް ސެންޓްރަލް ރީޖަންގެ ރަށްތަކުގައި ހިނގަމުންނެވެ. އޭގެ ތެރޭގައި ނ. ހޮޅުދޫ އާއި ވެލިދޫ އާއި ޅ. ހިންނަވަރާއި މ. މުލަކާއި އއ. ތޮއްޑޫ އާއި އދ. މާމިގިލި އަދި ދ. ކުޑަހުވަދޫ ހިމެނެއެވެ.

ކޮމެންޓް
ފާތުން
މީކީ މުއިޒުސަރުކާރުން ކުރާކަމެއް ނޫންމީކުރީސަރުކާރުންފަށާފަހުރުރަށްރަށް
10 Mar 2025
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.