އޭސީސީގެ ރައީސް (ކ) ސުޕްރީމް ކޯޓްގެ ފަނޑިޔާރު (ވ)
ހަބަރު
10 Mar 2025 | 20:29
އޭސީސީގެ ރައީސްގެ މައްސަލައެއް ފަނޑިޔާރު އަޒްމިރަލްދާ އޭސީސީއަށް ހުށައަޅުއްވައިފި

އޭސީސީގެ ރައީސް އާދަމް ޝާމިލްގެ މައްސަލައެއް ސުޕްރީމް ކޯޓްގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު، އެ ކޮމިޝަނަށް ހުށައަޅުއްވައިފި އެވެ.

އޭސީސީން ތަހުގީގު ކުރާ މައްސަލައަކާއި ގުޅިގެން ކަމަށް ބުނެ އަޒްމިރަލްދާ ހިމެނޭހެން ސުޕްރީމް ކޯޓްގެ ތިން ފަނޑިޔާރަކު ޖޭއެެސްސީން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

އަޒްމިރަލްދާ ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ނުވެސް ނެތް ހާލަތެއް ބޭނުން ކުރައްވައިގެން އޭސީސީގެ ރައީސް ފޮނުއްވެވި ސިޓީއަކާއި ގުޅިގެން ޖޭއެސްސީން ނިންމާފައިވާ ނިންމުމެކެވެ. އަދި އޭސީސީގެ ރައީސް އެފަދަ ސިޓީއެއް ފޮނުއްވާފައި ވަނީ މަގާމުގެ މިނިވަންކަން ދޫކޮށްލާ ވަކި ބައެއްގެ ނުފޫޒުގައި މަގާމު ދިފާއު ކުރެއްވުމަށްޓަކަ އެވެ. އެހެން ކަމުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ދޮގު މައުލޫމާތު ދެެއްވި ކަމުގެ ތުހުމަތު ކުރައްވާ ޝާމިލްގެ މައްސަލަ ބައްލަވައި ދެއްވުމަށް އަޒްމިރަލްދާ ވަނީ އެދިވަޑައިގެންފަ އެވެ.

އެކަމަނާ ހުށައެޅުއްވި މައްސަލާގައި ވިދާޅުވީ ޝާމިލް، އެ ސިޓީ ފޮނުއްވާފައި ވަނީ އިޖުރާއަތުތަކާ އުސޫލުތަކުގެ ބޭރުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އެ ސިޓީގައި ސިޓީ ނަމްބަރެއް ނެތްކަން ފާހަގަކޮށް ސިޓީ ފޮނުވާފައި ވަނީ އެކަމަށް ހާއްސަ ނިޒާމުގެ ބޭރުން އަތުން އަތަށް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އެކަމަނާގެ މައްޗަށް ޖިނާއީ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވެ ޝާމިލް ދެއްވީ ދޮގު މައުލޫމާތުތަކެއް ކަމަށާ އަވަސް އަރުވާލައިގެން ނިޒާމުން ބޭރުން އެފަދަ ސިޓީއެއް ފޮނުއްވީ ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައި އޮތް ޝަރީއަތެއް ހުއްޓުވާލާ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

އަދި އެއީ ޝާމިލް، އޭނާގެ އަމިއްލަ މަގާމު ދިފާއުުކުރުމުގެ މަސްހަލަތުގައި ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ކުރެވޭތީ ޖިނާއީ އެ ކުށް އަވަހަށް ތަހުގީގު ކޮށް ދެެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.

ކޮމެންޓް
އަބްސީ
އެމީހަކާއި ލާއިގްނޫން ހެދުމެއް އެލިއްޖެނަމަ އެހެދުމުގެ ސުންޕާ ކަން ވަރަށް އަވަހަށް ފެންނާނެއެވެ
10 Mar 2025
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.