މާލީ ވުޒާރާ ހުންނަ އިމާރާތް
ހަބަރު
10 Mar 2025 | 22:07
މިދިޔަ ސަރުކާރުގައި ނެގި 100 މިލިއަން ޑޮލަރުގެ ލޯނެއް ދައްކައި ހަލާސްކޮށްފި

ނިމިގެންދިޔަ އެމްޑީޕީ ސަރުކާރުގައި ނެގި 100 މިލިއަން ޑޮލަރުގެ ލޯނެއް ދައްކައި ހަލާސްކޮށްފައިވާކަމަށް މާލީ ވުޒާރާއިން ބުނެފިއެވެ.

އެމްޑީޕީގެ ވެރިކަމުގައި މި ލޯނު ނަގާފައިވަނީ، 2022 ވަނަ އަހަރު އެމެރިކާގެ ކާގިލް ފައިނޭންޝަލް ސަރވިސް އިންޓަނޭޝަނަލްއިންނެވެ. ލޯނު ނަގާފައިވަނީ ބަޖެޓް ސަޕޯޓަށްކަމަށް މާލީ ވުޒާރާއިން ބުނެއެވެ. މާލީ ވުޒާރާއިްނ ބުނީ އެ ލޯނު ނަގާފައިވަނީ، 7.15 އިންޓަރަސްޓް ރޭޓްގައި 3 އަހަރުދުވަހުގެ ތެރޭގައި އަގުއަދާކުރާގޮތަށް ކަމަށެވެ. ލޯނު ދައްކާ ނިންމާފައިވަނީ އިންޓަރެސްޓާއެކުގައެވެ.

ލޯނު އަދާކޮށް ނިމުނުއިރު 100 މިލިއަން ޑޮލަރުގެ އިތުރުން 26 މިލިއަން ޑޮލަރު ވަނީ އިންޓަރސްޓްގެ ގޮތުގައި ދައްކާފައެވެ. ކާގިލް ފައިނޭންޝަލް ސަރވިސް އިންޓަނޭޝަނަލް އާއެކު މުއާމަލާތްކޮށްފައިވާ އެ ލޯނަށް ދައްކަންޖެހުނު ހުރިހާ ފައިސާއެއް ދައްކައި ނިންމާފައިވާކަން މާލީ ވުޒާރާގެ އޮފިޝަލަކު ވަނީ ވޮއިސްއަށް ކަށަވަރުކޮށްދީފައެވެ.

ސަރުކާރުން 126 މިލިއަން ޑޮލަރުގެ ލޯނެއް ދައްކައި ނިންމާފައިވަނީ، ބޭރުގެ ފަރާތްތަކަށް ލޯނުގެ ގޮތުގައި ދަންކަންޖެހޭ ފައިސާ ދެއްކުމުގެ ޤާބިލުކަން ސަރުކާރުގެ ނެތްކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދަނިކޮށެވެ. އަދި ބޭރުގެ މާލީ ބައެއް އިދާރާތަކުންވެސް ވަނީ ލޯނުތައް އަދާކުރުމުގައި ރާއްޖެއަށް ގޮންޖެހުންތައް ހުރިކަން ފާހަގަކޮށްފައެވެ. 

ނިމިގެންދިޔަ ސަރުކާރުގައި ގެންގުޅުނު މާލީ ދޯހަޅީކަމުގެ ސަބަބުން އިގްތިސާދަށް ގޮންޖެހުންތައް ހުރިނަމަވެސް ކުރިމަތިވާ ކަންކަމަށް މި ސަރުކާރުން ކެރިގެން ކުރިމަތިލާނޭކަމަށް އިޤްތިސާދީ ވުޒާރާއިން ވަނީ މީގެކުރިން ބުނެފައެވެ. ރާއްޖެއަށް ދިމާވެފައިވާ ބޭރުގެ ފައިސާ ލިބުމުގެ ދަތިކަން ހައްލުކުރުމަށް މަރުކަޒީ ބޭންކާ ސަރުކާރު ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް ނިންމައި ބައެއް ކަންކަން މިހާރު ގެންދަނީ ތަންފީޒުކުރަމުންނެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވެނީ ޓޫރިޒަމުން ރާއްޖެއަށް ވަންނަ ބޭރުފައިސާ ހޯދުމުގައި އަޅާފައިވާ ފިޔަވަޅެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.