ރޮޒައިނާ
ހަބަރު
11 Mar 2025 | 01:11
ރޮޒައިނާގެ ކުފުރުގެ ވާހަކަތަކެއް: ފަތުވާ ކޮމެޓީން ދައްކަނީ “ހޫރައްލީނުން” ގެ ވާހަކަ ކަހަލަ ބޭކާރު ވާހަކަ

ރާއްޖޭގެ ފަތުވާ ކޮމެޓީން ދައްކަނީ “ހޫރައްލީނުން” ގެ ވާހަކަ ކަހަލަ ބޭކާރު ވާހަކަ ކަމަށް ވިދާޅުވެ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް ކުފުރުގެ ވާހަކަތަކެއް ދައްކައިފި އެވެ.

ރޮޒައިނާ މި މޭރުމުން ވާހަކަ ދެއްކީ ރާއްޖެޓީވީގެ ޕްރަގްރާމެއްގަ އެވެ.

އޭނާ ކަންބޮޑުވުން ފާޅުކުރީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލާގައި ފަތުވާ ކޮމެޓީން ވާހަކަ ނުދައްކާ ކަމަށް ބުނެ އެވެ. އަދި ވިދާޅުވީ ފަތުވާ ކޮމެޓީން ރައްޔިތުންނަށް މުހިންމު ކަންކަމުގައި ވާހަކަ ނުދައްކާ ކަމަަށެވެ. އަދި މުޅީން ވެސް ފެންނަނީ ބޭކާރު ކަންކަމުގައި ފަތުވާ ނެރޭ ތަން ކަމަށެވެ.

މިސާލެއްގެ ގޮތުން ވިދާޅުވީ ހޫރައްލީނުން ފަދަ ވާހަކަތަކެވެ. އަދި އެއީ ބޭކާރު ވާހަކަތަކެއް ގޮތުގައި ސިފަ ކޮށްފައިވެ އެވެ.

“ހޫރައްލީނުންގެ ވާހަކަތަކާއާ މިކަހަލަ ކޮންމެވެސް ބޭކާރު ވާހަކަތަކެއްގެ ތެރޭގައި އަބަދު ތިބެގެން އެންމެ ރައްޔިތުންނަށް ހޯދައިދޭން ޖެހޭ ހައްގުތައް ހޯދައިނުދެވި ދިޔައީމަކާ އަޅުގަނޑަކަށް ހިއެއް ނުވޭ އެބޭފުޅުންގެ ވެސް ޒިންމާ އަދާކުރެވޭ ހެނެއް،”

ރޮޒައިނާ މިފަދަ ވާހަކަތަކެއް ދެއްކިއިރު ފަތުވާ ކޮމެޓީން މިހާތަނަށް ހޫރައްލީނުންނާ ގުޅޭ އެއްވެސް ވާހަކައެއް ދައްކާފަވެސް ނުވެ އެވެ.

ޤުރުއާނުގެ އެތައް އާޔަތެއްގައި ހޫރައްލީނުންގެ ވާހަކަ ބަޔާން ވެގެންވޭ

ހޫރައްލީނުންގެ ވާހަކަ މުސްލިމުންގެ މުޤައްދަސް ފޮތް ކީރިތި ގުރުއާނުގެ އެތައް އާޔަތެއްގައި ބަޔާންވެގެން ވެ އެވެ. އެކަނބަލުންގެ ރީތި ކަމާއި ބިކުރުވެރި ކަމާއި އެއީ ސޯލިހް އަޅުން ކުޅަ އަމަލުތަކުގެ ހެޔޮ ޖަޒާއެއްގެ ގޮތުގައި ލައްވާފައިވާ ކަނބަލުންތަކެއްކަން ބަޔާންވެގެން ވެ އެވެ. ޤުރުއާންގައި ހޫރައްލީނުން ސިފަ ކުރައްވާފައި ވަނީ ރައްކާތެރި ކުރައްވާފައިވާ ރަންމުތްތަކުގެ ގޮތުގަ އެވެ.

ފެމިނިސްޓުންނާއި އިސްލާމްދީނުގެ އަދުއްވުން އެންމެ ދީނަަށް ފުރައްސާރަ ކުރަން އެންމެ ބޮޑަށް ދައްކާ އެއް ވާހަކަ އަކީ ހޫރައްލީނުންގެ ވާހަކަ އެވެ. 

ކޮމެންޓް
ރޮޒައީނާ
މީނާ އަކީ އެމެރިކާގެ ޔޫ.އެސް.އެއިޑް ލާރިން ވިމެން އިން ޑިމޮކްރެސީ ކިޔާ ޖަމިއްޔާއެއް ހަދައިން އުޅުނު ފޮރިން އޭޖަންޓެއް. ޓްރަމްޕް ކައިރިން ލާރި ހޯދަން ސްޓަންޓް ޖައްސަނީ.
11 Mar 2025
އަފްޟަލް
ވަރަށް ރަނގަޅު ލިޔުމެއް
11 Mar 2025
Ahmed
މިކަހަ މީހުން ރޯލްމޮޑެލުންގެ ގޮތުގައި ތި ޕުރޮމޯޓް ކުރަނީ.
12 Mar 2025
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.