އިހްޔާ ފޯރަމްގައި ޝެއިހް ސަމީރު ބައިވެރިވެވަޑައިގަންނަވަނީ
ހަބަރު
11 Mar 2025 | 09:00
ޝެއިހް ސަމީރު، ރޮޒައިނާއަށް: ޝަރުޢީ އިލްމުގެ އަލިފުބާވެސް ނުދަނެތިބެ ފަތުވާ މަޖްލީހުގެ އިޚުުތިޞާޞު ތެރެއަށް ނުވަދޭ

ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ކަންކަމާ ބެހޭގޮތުން ވާހަކަދެއްކުމަކީ ސަމާސާއެއް ކަމުގައި ނުހެދުމަށާއި ފަތުވާ މަޖްލީހުގެ އިޚުތިޞާޞްގެ ތެރެއަށް ނުވަނުމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަހްމަދު ސަމީރު އިލްތިމާސް ކުރައްވައިފި އެވެ.

ޝެއިހް ސަމީރުގެ މި އިލްތިމާސް އައީ ރާއްޖޭގެ ފަތުވާ ކޮމެޓީން ދައްކަނީ “ހޫރައްލީނުން” ގެ ވާހަކަ ކަހަލަ ބޭކާރު ވާހަކަ ކަމަށް ވިދާޅުވެ ރޮޒައިނާ ކުފުރުގެ ވާހަކަތަކެއް ދެއްކުމާއި ގުޅިގެންނެވެ.

އޭނާގެ އެ ވާހަކަތަކާއި ގުޅިގެން ޝެއިހް ސަމީރު ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުން މަޖިލީހުގެ ލަފަޔަކަށް އެދޭ ދީނީ ކަންކަމުގައި، އެ މުއައްސަސާތަކަށް ބޭނުންވާ އިސްތިޝާރީ ލަފާ ފޯރުކޮށްދިނުމާއި ދިވެހިރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ މައްސަލަތައް ދެނެގަނެ، އެކަންކަމުގެ ދިރާސާތައްކޮށް، އެފަދަ މައްސަލަތަކުގައި މަޖިލީހުގެ ފަތުވާ އާންމުންނަށް ފޯރުކޮށްދިނުމީ ފަތުވާ މަޖްލީހުގެ ޤާނޫނީ ޒިންމާ ތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.

އެހެން ކަމުން އަންހެނުން ފަނޑިޔާރުކަން ކުރުމުގެ ޙުކުމް ސާފުކޮށް ދެއްވުން އެދި ރައްޔިތުން މަޖްލީހުގެ ޢިއްޒަތްތެރި މެންބަރަކު ފަތުވާ މަޖްލީހުގައި އެދިލެއްވުމުން ޖުލައި 9، 2019 ގައި އެ މަޖްލީހުން ދެއްވާފައި ފަތުވާ އަކީ ޝަރުޢީ އަދި ޤާނޫނީ ގޮތުން އެމަޖްލީހުގެ ޒިންމާގެ ތެރެއިން ދެއްވާފައިވާ ފަތުވާއެއް ކަމަށެވެ.

“ވީމާ ޝަރުޢީ ޢިލްމުގެ އަލިފުބާވެސް ނުދަނެތިބެ ފަތުވާ މަޖްލީހުގެ އިޚުުތިޞާޞު ތެރެއަށް ވަދެ، އެބޭފުޅުންނަށް ހަޖޫޖަހައި، ފަތުވާ މަޖްލީހުގެ ހައިބަތު ވައްޓާލައި ކީރިތި ޤުރްއާނުގެ ޞަރީޙަ ނައްޞުގައި ބަޔާންކުރައްވާފައިވާ ޙޫރަލްޢީންގެ ވާހަކަތައް ދެއްކުމަކީ ބޭކާރުކަމެއް ކަމުގައި ޞިފަކުރުމީ ވަރަށް ދަށުދަރަޖައިގެ ޢަމަލެކެވެ،” ޝެއިހް ސަމީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.

އަދި ވިދާޅުވީ މިފަދަ ވާހަކަތަކަކީ ދީނީގޮތުން ނުހަނު ޚުޠޫރަތްތެރި ކަންކަމަށް ވުމުގެ އިތުރުން ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި ވެސް ޚިލާފު ޢަމަލެއް ކަމަށެވެ..

އެހެން ކަމުން މިފަދަ ވާހަކަތައް ނުދެއްކެވުމަށް ވަރަށް އިޚުލާޞްތެރިކަމާއެކު ނަޞޭޙަތްތެރިވާ ކަމަށް ޝެއިހް ވިދާޅުވި އެވެ.  

ރޮޒައިނާ: ވިޔާނުދާ ވާހަކަތަކެއް ވަނީ ދައްކާފައި

ރާއްޖެޓީވީގެ ޕްރަގްރާމެއްގައި ވާހަކަ ދައްކަމުން ރޮޒައިނާ ކަންބޮޑުވުން ފާޅުކުރީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލާގައި ފަތުވާ ކޮމެޓީން ވާހަކަ ނުދައްކާ ކަމަށް ބުނެ އެވެ. އަދި ވިދާޅުވީ ފަތުވާ ކޮމެޓީން ރައްޔިތުންނަށް މުހިންމު ކަންކަމުގައި ވާހަކަ ނުދައްކާ ކަމަަށެވެ. އަދި މުޅީން ވެސް ފެންނަނީ ބޭކާރު ކަންކަމުގައި ފަތުވާ ނެރޭ ތަން ކަމަށެވެ.

މިސާލެއްގެ ގޮތުން ވިދާޅުވީ ހޫރައްލީނުން ފަދަ ވާހަކަތަކެވެ. އަދި އެއީ ބޭކާރު ވާހަކަތަކެއް ގޮތުގައި ސިފަ ކޮށްފައިވެ އެވެ.

“ހޫރައްލީނުންގެ ވާހަކަތަކާއާ މިކަހަލަ ކޮންމެވެސް ބޭކާރު ވާހަކަތަކެއްގެ ތެރޭގައި އަބަދު ތިބެގެން އެންމެ ރައްޔިތުންނަށް ހޯދައިދޭން ޖެހޭ ހައްގުތައް ހޯދައިނުދެވި ދިޔައީމަކާ އަޅުގަނޑަކަށް ހިއެއް ނުވޭ އެބޭފުޅުންގެ ވެސް ޒިންމާ އަދާކުރެވޭ ހެނެއް،”

ރޮޒައިނާ މިފަދަ ވާހަކަތަކެއް ދެއްކިއިރު ފަތުވާ ކޮމެޓީން މިހާތަނަށް ހޫރައްލީނުންނާ ގުޅޭ އެއްވެސް ވާހަކައެއް ދައްކާފަވެސް ނުވެ އެވެ.

ޤުރުއާނުގައި ހޫރުއްލީނުންގެ ވާހަކަ ވަރަށް ގިނައިން ބަޔާން ވެގެން ވޭ

ހޫރައްލީނުންގެ ވާހަކަ މުސްލިމުންގެ މުޤައްދަސް ފޮތް ކީރިތި ގުރުއާނުގެ އެތައް އާޔަތެއްގައި ބަޔާންވެގެން ވެ އެވެ. އެކަނބަލުންގެ ރީތި ކަމާއި ބިކުރުވެރި ކަމާއި އެއީ ސޯލިހް އަޅުން ކުޅަ އަމަލުތަކުގެ ހެޔޮ ޖަޒާއެއްގެ ގޮތުގައި ލައްވާފައިވާ ކަނބަލުންތަކެއްކަން ބަޔާންވެގެން ވެ އެވެ. ޤުރުއާންގައި ހޫރައްލީނުން ސިފަ ކުރައްވާފައި ވަނީ ރައްކާތެރި ކުރައްވާފައިވާ ރަންމުތްތަކުގެ ގޮތުގަ އެވެ.

ފެމިނިސްޓުންނާއި އިސްލާމްދީނުގެ އަދުއްވުން އެންމެ ދީނަަށް ފުރައްސާރަ ކުރަން އެންމެ ބޮޑަށް ދައްކާ އެއް ވާހަކަ އަކީ ހޫރައްލީނުންގެ ވާހަކަ އެވެ. 

ކޮމެންޓް
ބުރުގާ
ފުރަތަމަ އައުރަނިވާކުރުމަށް އިސްކަންދެމާ!
11 Mar 2025
ނާނުގިރި
ގުރުއާންގަ އޮންނަ ކަމެއް ބޭކާރެބުނީމާ އެހުރެވޭގޮތް މުއައްސަސާތަކުން ބަލަންޖެހޭ
11 Mar 2025
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.