އަލީ ރަމީޒު: ފޮަޓޯ/ މަންފާ ޖަމިއްޔާ
ހަބަރު
11 Mar 2025 | 13:16
ދީނުގެ ޝިޢާރުތަކަށް ކުޑައިމީސް ކުރާ މީހުންނަށް ދައުލަތުން ހަރުކަށި ފިޔަވަޅު އަޅަންޖެހޭ: ޢަލީ ރަމީޒު

އިސްލާމްދީނުގެ ޝިޢާރުތަކަށް ކުޑައިމީސް ކުރާ މީހުންނާމެދު ދައުލަތުން ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށް ޢަލީ ރަމީޒު ވިދާޅުވެއްޖެއެވެ. 

އެގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، ދީނުގެ ޝިޢާރުތަކަށް ކުޑައިމީސް ކުރާ މީހުންނަށް ފިޔަވަޅު ނާޅާނަމަ ކަންކަން ދާނީ ގޯހުން ގޯހަށް ކަމަށެވެ. 

އަލީ ރަމީޒު މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ ރާއްޖޭގެ ފަތުވާ ކޮމެޓީން ދައްކަނީ “ހޫރައްލީނުން” ގެ ވާހަކަ ކަހަލަ ބޭކާރު ވާހަކަ ކަމަށް ވިދާޅުވެ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް ކުފުރުގެ ވާހަކަތަކެއް ދައްކާފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން، ރާއްޖެޓީވީގެ ޕްރަގްރާމެއްގައި ވާހަކަ ދައްކަމުން ރޮޒައިނާ ކަންބޮޑުވުން ފާޅުކުރީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލާގައި ފަތުވާ ކޮމެޓީން ވާހަކަ ނުދައްކާ ކަމަށް ބުނެ އެވެ. އަދި ވިދާޅުވީ ފަތުވާ ކޮމެޓީން ރައްޔިތުންނަށް މުހިންމު ކަންކަމުގައި ވާހަކަ ނުދައްކާ ކަމަަށެވެ. އަދި މުޅީން ވެސް ފެންނަނީ ބޭކާރު ކަންކަމުގައި ފަތުވާ ނެރޭ ތަން ކަމަށެވެ.

މިސާލެއްގެ ގޮތުން ވިދާޅުވީ ހޫރައްލީނުން ފަދަ ވާހަކަތަކެވެ. އަދި އެއީ ބޭކާރު ވާހަކަތަކެއް ގޮތުގައި ސިފަ ކޮށްފައިވެ އެވެ.

”ހޫރައްލީނުންގެ ވާހަކަތަކާއާ މިކަހަލަ ކޮންމެވެސް ބޭކާރު ވާހަކަތަކެއްގެ ތެރޭގައި އަބަދު ތިބެގެން އެންމެ ރައްޔިތުންނަށް ހޯދައިދޭން ޖެހޭ ހައްގުތައް ހޯދައިނުދެވި ދިޔައީމަކާ އަޅުގަނޑަކަށް ހިއެއް ނުވޭ އެބޭފުޅުންގެ ވެސް ޒިންމާ އަދާކުރެވޭ ހެނެއް،“ ރޮޒައިނާ ވިދާޅުވުއެވެ. 

ރޮޒައިނާގެ އެވާހަކައާއި ގުޅިގެން ދީނީ ޢިލްމުވެރިންވެސް އަންނަނީ އެވާހަކަ ތަކަކީ ކުފުރުވާފަދަ ވާހަކަތައް ކަމަށްބުނެ ތައުބާވުމަށް އޭނާއަށް ގޮވާލައްވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް