ބޯޑުން އިސްތިއުފާ ދެއްވި ދެ ބޭފުޅުން
ހަބަރު
11 Mar 2025 | 14:42
ޒަޔާންގެ އިތުރުން ޝުހާދު ވެސް އެމްއެމްއޭގެ ބޯޑުން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޯޑުގައި ފިނޭންސް މިނިސްޓްރީން ތަމްސީލު ކުރައްވަމުން ގެންދެވި މުހައްމަދު ޒަޔާން އަހުމަދު އިސްތިއުފާ ދެއްވާފައި ވަނިކޮށް އެ ބޯޑްގައި އިކޮނޮމިކް މިނިސްޓްރީ ތަމްސީލު ކުރައްވާ ޝުހާދު އިބްރާހިމް ވެސް އިސްތިއުފާ ދެއްވައިފި އެވެ.

މި ދެ ބޭފުޅުން އިސްތިއުފާ ދެއްވާފައިވާކަން އެމްއެމްއޭގެ އޮފިޝަލަކު ވަނީ ވޮއިސްއަށް ޔަަގީންކޮށް ދެއްވާފަ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ޒަޔާން މަގާމުން އިސްތިއުފާ ހުށައަޅުއްވާ ނޯޓިސް ވަނީ ދެއްވާފަ އެވެ. ޒަޔާން އެ މަގާމުގަައި އަދި އިތުރު ދެ މަސް ދުވަހު ހުންނަވާނެ އެވެ.

ޝުހާދު އިސްތިއުފާ ދެއްވީ އިއްޔެ އެވެ. އިސްތިއުފާ ދެއްވާ އޭނާގެ ކަންބޮޑުވުންތައް ގަނަވަރުނަރު މުނައްވަރަށް ވަނީ ސިޓީއަކުން ދަންނަވާފަ އެވެ.

މި ދެ ބޭފުޅުން ވެސް މަގާމުން ވަކިވެވަޑައިގަތުމާއި ގުޅިފައި ވަނީ ސަރުކާރުން މަރުކަޒީ ބޭންކް އެމްއެމްއޭ މެދުވެރިކޮށް 15 ބިލިއަން ރުފިޔާ ޗާޕްކުރުމުގެ މަސައްކަތް ކުރާ ކަމަށް ކުރެވޭ ތުހުމަތެވެ. އެ ނިންމުން ބަދަލު ކުރަން ބޯޑްގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ ބާރު އަޅުއްވާފަ އެވެ.

މަގާމުން އިސްތިއުފާ ދެއްވީ އެކަމުގައި އަލިމަގެއް ނުފެނުމުން ކަމަށް ވެ އެވެ.

ފައިސާ ޗާޕުނުކޮށް ދައުލަތް ހިންގުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިހާރު އޮތް ތުހުމަތުތަކާއި ގުޅޭގޮތުން ސަރުކާރުން އަދި ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ.

ކޮމެންޓް
އަލީ
އެމްޑީޕީން ގައުމަށްއެޅި ހުރިހާޅައެއްޗެއް މިސަރުކާރުންވެސް އަޅާނެ އިންޑިއާސިފައިން ފައިސާޗާޕުކުރުން މިފަދަހުރިހާކަމެއް.
11 Mar 2025
ގުޅޭ ލިޔުންތައް
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ