ރޮޒައިނާ އާދަމް
ހަބަރު
11 Mar 2025 | 17:01
ހޫރައްލީނުންނާ ގުޅޭގޮތުން ދެއްކި ވާހަކަތަކުން ހޫނު ފެނަށް ވެއްޓި ރޮޒައިނާ މާފަށް އެދިއްޖެ

ރާއްޖޭގެ ފަތުވާ ކޮމެޓީން ދައްކަނީ “ހޫރައްލީނުން” ގެ ވާހަކަ ކަހަލަ ބޭކާރު ވާހަކަ ކަމަށް ވިދާޅުވެ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް ދެއްކެވި ކުފުރުގެ ވާހަކަތަކާއި ގުޅިގެން ހޫނުފެނަށް ވެއްޓި ފާޑުކިޔުން ބޮޑުވުމުން މާފަށް އެދިއްޖެ އެވެ.

ރޮޒައިނާ މިއަދު ވަނީ އޭނާ ޓީވީ ގައި ދެއްކިވާހަކައެއްގެ މާނަ ވަރަށް ބޮޑަށް އޮޅުން އަރާ ގޮތަށް ސޯޝަލް މީޑިއާގައި ދައުުރުވަމުންދާ ކަމަށް ބުނެ ސްޓޭޓްމަންޓެއް އާންމުކޮށްފަ އެވެ.

އެ ސްޓޭޓްމަންޓްގައި ވެސް ފުރަތަމަ މަސައްކަތް ކުރީ އޭނާ ދެއްކި ވާހަކަތައް ދެކޮޅު ޖެއްސުމަށެވެ. އަދި އޭނާ ދެއްކި ވާހަކަތަކުގެ މާނަ ބަޔަކު އޮޅުވާލީ ކަމަށް ދައްކާށެވެ. ވިދާޅުވީ އޭނާ ދެންނެވީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަކީ ދީނީ ގޮތުން ކިހާ ގޯސްކަމެއްކަން ވެރީންނަށް އަންގައި ދިނުމަށް ފަތުވާ މަޖިލީހުން ވެސް މަސައްކަތް ކުރަން ޖެހޭ ކަަމަށެވެ.

އަދި ވިދާޅުވީ ހޫރައްލީނުންނޭ ކިޔާފައި އޭނާ ދެއްކި ވާހަކާގައި "ބޭކާރު" މި ލަފުޒު ގެނެވިފައި ވާތީ އެކަމުގެ މާނަ ބައެއް މީހުންނަށް އޮޅިފައިވާ ކަމަށެވެ. 

"ބޭކާރޭ އަޅުގަނޑު ބުނީ މި ވަގުތާއި ހާލަތުގައި ދައްކަން އެއަށްވުރެ މުހިންމު މިހާލަތާ ގުޅޭ ދީނީ ވާހަކަތައް ހުރިކަން ބަޔާންކޮށްދޭން. އެ ވާހަކަ އަކީ ބޭކާރު ވާހަކައެއް ކަމަށް ބުނާކަށް ނޫން,"

އަދި ފަހުން ވިދާޅުވީ އޮޅޭގޮތަށް އެ ވާހަކަ ބުނެވިފައިވާތީ އަދި ނެގުނު މިސާލު ރަނގަޅު ނޫން ކަމަށް ވާތީ މާފަށް އެދޭ ކަމަށެވެ.

"މާތްﷲ ދެނެވޮޑިގެންވާނެ އަޅުގަނޑު ދީނަށް ފުރައްސާރަ ކުރުމުގެ ނިޔަތުގައި ބުނި އެއްޗެއް ނޫންކަން އަދި އަޅުގަނޑަކީ ދީނަށް ފުރައްސާރަ ކުރާ މީހެއް ވެސް ނޫންކަން. އެކަލާންގެ އެއީ އިންސާނުންގެ ހިތުގައިވާ ހުރިހާ ކަމެއް ވެސް ދެނެވޮޑިގެންވާ އިލާހު," ދިފާއުގައި ނެރުނު ބަޔާނުގައި ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ މިހެން ވިދާޅުވި ނަމަވެސް އޭނާ ދެއްކި ވާހަކަތަކުގައި މިސާލެއްގެ ގޮތުން ހޫރައްލީނުންގެ ވާހަކަ ގެންނަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އަދި ހޫރައްލީނުންގެ ވާހަކަ އަކީ ބޭކާރު ވާހަކައެއް ކަމަށް އޮޅިގެން ދެންނެވޭނެ ހާލަތެއް ވެސް ނެތެވެ. ފަތުވާ ކޮމެޓީން މި ފަހުން އެފަދަ އެއްވެސް ފަތުވާއެއް ވެސް ދީފައެއް ނުވެ އެވެ.

ކޮމެންޓް
ކިންގު ކުރުސީ
ރޮޒޭނާ އަށް އެންމެ ރަގަޅުވާނީ އިސްލާމިކް ޔުނިވަރ ސިޓީއިން އުލޫހިއްޔަތާއި، ރުބޫބިއްޔަތު ހިމެނޭ ކޯހެއް ފުރިހަމަ ކުރުން.
11 Mar 2025
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.