އަނަސް
ހަބަރު
11 Mar 2025 | 17:35
އަނަސްގެ މަރު: ތުހުމަތު އޮތް މީހުން ބަންދުނުކުރަން ހައި ކޯޓުން ނިންމައިފި

އަނިޔާވެރި ގޮތަކަށް މީގެ ހަތް އަހަރު ކުރިން މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް ގެ މަރުގެ މައްސަލައިގެ ތުހުމަތު އޮތް މީހުން ބަންދުނުކުރަން ހައިކޯޓުން ނިންމައިފި އެވެ.

އަނަސް މަރާލީ ޖުލައި 31، 2017 ވަނަ ދުވަހުގެ ރޭ ހަތަރު ސައިކަލެއްގައި ތޫނު އެއްޗެހި ހިފައިގެން އައި އަށް މީހަކަށް ފިލަން އޭނާ ލިޓަސް ސާވިސް ސެންޓަރަށް ވަނުމުން އެތާ ތެރޭގައި އޭނާއަށް ވަޅިން ހަމަލާދީ އެވެ. އޭނާގެ ހަށިގަނޑަށް 24 ފަހަރު ވަޅި ހަރާފައިވެ އެވެ.

އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ހަތް މީހަކާއި ކުޑަކުއްޖެއްގެ މައްޗަށް ދައުވާކުރެ އެވެ. އެއީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި، ލ. ގަން ތުނޑީ ނަންނާރިގޭ ޖުނައިހު އަބްދުالله އާއި، މ. ދިމިޝްގު އުސްމާން ޝަރީފާއި، ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނުގެ އިތުރުން ގ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށެވެ.

މި މީހުންގެ ތެރެއިން، މުހައްމަދު ސާޒު އާއި ޖުނައިދު އަބްދުالله އާއި ހަސަން މަހްފޫޒު އަދި ސިމާހު މޫސާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަހުމަދު ޒަހާނާއި އަފްރާހު އަބްދުއްރައްޒާގާއި އުސްމާން ޝަރީފުގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. މައްސަލަ ނިންމާ ހުކުމް ވެސް ވަނީ ކޮށްފަ އެވެ.

މި މައްސަލާގައި، ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް އިއްވި ހުކުމުގައި ބުނެފައިވާ ގޮތުން ހެކީގެ ގޮތުގައި ހުށަހެޅި ފޮޓޯތަކާއި ވީޑިއޯ ފުޓޭޖުތަކުން ފެންނަނީ ދައުވާ އުފުލާފައިވާ މީހުން ކަން ކަށަވަރުކޮށްދޭނެ ނޫނީ އެ ކަމަށް ބާރު ދޭނެ އިތުރު ހެކި ނެތް ކަމަށެވެ. އަދި ސިއްރު ހެކިވެރިންގެ ހެކިބަހުންނާއި، ހަބީރުންގެ ހެކިބަހުން ވެސް އެ ކަން ސާބިތު ނުވާ ކަމަށެވެ.

މައްސަލަ މިހާރު އޮތީ ހައިކޯޓް މަރުހަލާ ގަ އެވެ. ކޯޓުން އިއްޔެ ވަނީ އެ މީހުންގެ ބަންދާމެދު ގޮތް ނިންމަން އަޑުއެހުމެއް ބާއްވާފަ އެވެ. އެ އަޑުއެހުމުގައި ނިންމާފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތުމުން އަނަސްގެ މަރުގެ ތުހުމަތު އޮތް މީހުން ބަންދުގައި ބަހައްޓަން އަމުރު ކުރާނެ ސަބަބެއް ނެތް ކަމަށެވެ.

މި ހާދިސާ ހިނގި އިރު 18 އަހަރު ނުފުރޭ (މިހާރު 20 އަހަރު) މީހާގެ މައްސަލަ ހުށަހެޅީ ޖުވެނައިލް ކޯޓަށެވެ. ޖުވެނައިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް 2021 އަހަރުގެ ޖެނުއަރީ މަހު އެކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ޖުވެނައިލް ކޯޓުގެ އެ ހުކުމް ހައިކޯޓުގައި ދައުލަތުން އިސްތިއުނާފު ކޮށްފައިވާއިރު، ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މުހައްމަދު އަނަސް މަރާލިކަން، އޭރު އުމުރުން 18 އަހަރު ނުވާ ކުއްޖެއްގެ މައްޗަށް ސާބިތުވާ ކަމަށް 2022 ވަނަ އަހަރު ވަނީ ކަނޑައަޅާފައެވެ.

އަދި ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އޭނާ 18 އަހަރާއި ނުވަ މަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ. ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި، ދެވަނަ ބުރުގެ ވޯޓު ލުމުގެ ދުވަސްކޮޅެއް ކުރިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ އެމީހާގެ އަދަބު 10 އަހަރަށް ލުއިކޮށްދެއްވާފައެވެ. 

އަނަސްގެ ވާރިސުންގެ ބަސް މީގެކުރިން ހައިކޯޓުން ނެގިއިރު، އޭނާގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ހުރިހާ ވާރިސުން ވެސް ބުނެފައިވެއެވެ. ނަމަވެސް ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮންނަ ގޮތުން، ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކުރާ ކުށްތަކަށް މަރުގެ އަދަބެއް ނުދެވޭނެއެވެ. މައްސަލާގައި ހިމެނޭ ކުޑަކުއްޖާ މަރުގެ އަދަބުން ސަލާމަތްވީ އެހެންވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް