މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރ އަދި، މާލެ ސިޓީ ޑެޕިިއުޓީ މޭޔަރު ނަރީޝް
ހަބަރު
12 Mar 2025 | 13:06
މާލެސިޓީގެ ޑެޕިޔުޓީ މޭޔަރު ނަރީޝް އިސްތިއުފާ ދެއްވައިފި

މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރުކަމުންނާއި، މާލެ ސިޓީ ޑެޕިިއުޓީ މޭޔަރު ކަމުގެ މަގާމުން އަހުމަދު ނަރީޝް އިސްތިއުފާ ދެއްވައިފިއެވެ. 

އެކަން އިއުލާންކޮށް އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަގާމުން އިސްތިއުފާ ދެއްވީ، ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތްކުރަން ފުރުސަތު ލިބުމާއި ގުޅިގެން ކަމަށެވެ.

އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވައި ނަރީޝް ކުރެއްވި ޕޯސްޓުގައި އޭނާ ވަނީ އިސްތިއުފާގެ ސިޓީވެސް ހިއްސާ ކުރައްވާފައެވެ. 

އެސިޓީގައި އޭނާ ވަނީ މާލެސިޓީގެ މެންބަރު ކަމަށް އޭނާ އައްޔަނު ކުރެއްވި ކަމަށްޓަކައި ދާއިރާގެ އެންމެހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކެންޕެއިންގެ ތެރެއިން އެހީވެދިން މީހުންނަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ފަރާތުން އޭރުވެސް ލިބިލެއްވި އެހީތެރިކަމަށް ޝުކުރު ދަންނަވާފައިވެއެވެ. 

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އަށާއި، މާލެ ސިޓީ ކައުންސިލްގެ މިހާރުގެ މޭޔަރ އާދަމް އާޒިމް އަށާއި އެހެން މެންބަރުންނަށާއި މުބައްޒަފުންނަށްވެސް ޝުކުރު އަދާކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Jun 2026
އަނބިމީހާ ކޮޓަރިއެެއްގައި ބަންދުކޮށް، ހަށިވިއްކުވި މައްސަލައެއް
އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްގެން ގެންގުޅެ، އޭނާ ލައްވައި ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝް ފިރިހެނަކު 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
05 Jun 2026
ވ. ތިނަދޫ ރައީސްގެ ގޮނޑިއާމެދު ސުވާލު: ކައުންސިލް ހިންގުން ނާއިބަށް
އެ އޮތޯރިޓީގެ ބޯޑުން ގޮތެއް ނިންމައި ވަކި ގޮތެއް އަންގަންދެން ކައުންސިލްގެ ރައީސް ޝުޖާއު މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާވުަށާއި ކައުންސިލް އިދާރާއަށް ނުނިކުތުމަށް އަންގާފައިވެ އެވެ.
05 Jun 2026
މިއަހަރު ރައީސް މުޢިއްޒު އިސްތިއުފާދެއްވަން ޖެހޭނެ: ޞާލިޙް
މިއަހަރު ނިމުމުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށާ، މަޖިލީހުގެ ތެރެއިން އެމަނިކުފާނު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
05 Jun 2026
ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް މަނާކުރުމަކީ އެންމެންގެ ޒިންމާއެއް
ކުޅަދާނަވީ މިންވަރަކުން ހެޔޮކަންތައްތަކަށް އަމުރުކުރުމާއި ނުބައިކަންތައްތައް ނަހީކުރުމަކީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ އިޖުތިމާޢީ އަދި ދީނީ ޒިންމާއެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
05 Jun 2026
ޒުވާން ޝުރުތިކާ މަރުވިއިރު ހޮޓެލުން ޗެކްއައުޓްވާން އޮތީ އެންމެ 30 މިނެޓް
އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ މާލްވިޔާ ނަގަރުގައި ހުރި ހޮޓަލެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، މަޝްހޫރު ޓާޓާ އިންސްޓިޓިއުޓް އޮފް ސޯޝަލް ސައިންސަސް (ޓީ.އައި.އެސް.އެސް) އިން ދަސްވެނިވި އުމުރުން 25 އަހަރުގެ ޝްރުތިކާ ބަރަންވާލް ވަނީ މަރުވެފައެވެ.
05 Jun 2026
އަންހެނަކު، ރޭޕްކުރި ދެ މީހަކު މަރަން ޕާކިސްތާނު ހައިކޯޓުން ހުކުމް ކޮށްފި
ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގެ ލާހޫރު-ސިއާލްކޮޓް މޮޓޯވޭގައި، ތިން ދަރިންގެ ކުރިމަތީގައި ފްރެންޗް އަންހެނަކު ރޭޕްކުރި މައްސަލައިގައި ކުށް ސާބިތުވި ދެ މީހުންގެ މަރުގެ ހުކުމް ލާހޫރުގެ ހައިކޯޓުން ބުދަ ދުވަހު ދަމަހައްޓައިފިއެވެ.
04 Jun 2026
އިކޯސޮކް އަށް ރާއްޖެ އިންތިހާބުވުމަކީ ތާރިހީ ކާމިޔާބީއެއް: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ، އިކޯސޮކްގެ 2027- 2029 ދައުރުގެ ގޮނޑިއަކަށް ދިވެހިރާއްޖެ އިންތިޚާބުވުމުގެ ފަޚުރުގައި، އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.
04 Jun 2026
އދގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީހަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވެއްޖެ