ވަޒީރު އަލީ އިހްސާން
ހަބަރު
12 Mar 2025 | 14:24
ހޮޅުދޫ ރައްޔިތުންގެ ތެރެއިން ވަކިން ބައްދަލުކުރަން އެދުނު އެންމެނާ ބައްދަލު ކުރިން: އިހްސާން

‏ނ ހޮޅުދޫ ރައްޔިތުންގެ ތެރެއިން ވަކިވަކިން ބައްދަލު ކުރަން އެދުނު ހުރިހާ ރައްޔިތުންނާއި ބައްދަލު ކުރައްވާފައިވާނެ ކަމަށް ދާޚިލީ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ. 

ޒަޚަމްތަކާއެކު ނ ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު އެރަށު ޒަކިއްޔާ މޫސާގެ މަރާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އަދި ވަޒީރު އަލީ އިހުސާން ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެރަށަށް ވަޑައިގެންފައެވެ. 

އެ ދުވަހު އެ ރަށަށް ވަޑައިގެން ރަށުގެ ބައެއް ރައްޔޮތުންނާއި ބައްދަލު ކުރެއްވުމަށްފަހު ޖެހިގެން އައި ދުވަހު އެނބުރި މާލެއަށް ވަޑައިގަންނަވަން އުޅުއްވަނިކޮށް އެރަށު ބައެއް މީހުން ވަނީ ވަޒީރާ ބައްދަލުކޮށްފައެވެ.

އަދި އޭރު ކަންތައް ހިނގިގޮތް ހާމަކުރައްވައި ވަޒީރު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުރަންވަޑައިގަންނަވަން އުޅުއްވަނިކޮށް ބައްދަލު ކުރި މީހަކު، ވަޒީރާ ބައްދަލުކުރަން އެދުނު ބައެއް މީހުންނާ ބައްދަލުނުވެ ފުރަންދަނީކަމަށް، ބުނިކަމަށާ، އެމީހާ ކައިރީގައި ވަރަށް އަވަހަށް އެރަށަށް ދާނެ ކަމަށް ވަޒީރު ވިދާޅުވެފައިވާނެ ކަމަށެވެ. 

ވަޒީރު އެރަށަށް ވަޑައިގަންނަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވުމުން ވެސް ދެން އެރަށަށް ވަޒީރު ވަޑައިނުގަންނަވާނެކަމަށް އެމީހާ ބުނަމުން ދިޔަކަމަށާ، އެހެންކަމުން، އެވަގުތު ވަޒީރުގެ ޝެޑިއުލް ބެއްލެވުމަށްފަހު 9 މާރޗް 2025 ވަނަދުވަހު އިރާދަކުރެއްވިއްޔާ އެރަށަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި ކަމަށް އިހްސާން ވިދާޅުވިއެވެ.

އެހެން ވިދާޅުވުމުންވެސް އެމީހާ ދިޔައީ ވަޒީރު އިހްސާން އެރަށަށް ވަޑައިނުގަންނަވާނެ ކަމަށް ތަކުރާރުކޮށް ބުނަމުންކަމަށާ، އެހެންކަމުން އެ ރަށަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އިތުރަށް ދެއްވުމަށް އެދުވަހު އެރަށަށް ނުގޮސްފިނަމަ 10 މާރޗް ގައި ވަޒީފާގައި ނުހުންނަވާނެ ކަމަށް ދެންނެވިކަމަށް އިހްސާން ވިދާޅުވިއެވެ.

”ނަމަވެސް 9 މާރޗު 2025 ވަނަ ދުވަހު ކެބިނެޓްގެ ބައްދަލުވުމެއް ބާއްވަން ހަމަޖެހުމުން އަޅުގަނޑުވާނީ 6 މާރޗް 2025 ގައި އެރަށަށް ދެވަނަ ފަހަރަށްގޮސް ރައްޔިތުންގެ ތެރެއިން ވަކިން ބައްދަލުކުރަން އެދުނު ފަރާތްތަކާއި ބައްދަލުކޮށްފައި.“ ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު މިހެން ވިދާޅުވެ ޕޯސްޓެއް ކުރައްވާފައި މިވަނީ، ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވުމަށްފަހު ބައްދަލު ނުކުރައްވައި އިތުރުފުޅު ހެއްދެވި ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ފަތުރަމުން ދިޔުމާއި ގުޅިގެންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ