އަބްދުއްރަހީމް އަދި ފަލާހް
ހަބަރު
12 Mar 2025 | 14:31
ޕީއެންސީ ހިންގުމުން އަބްދުއްރަހީމް ދުރުކޮށްފި، ހިންގުން ފަލާހަށް

ސަރުކާރު ހިންގާ މައި ޕާޓީ -- ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ހިންގުމުން އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ދުރުކޮށްފި އެވެ.

ޕީއެންސީ ހިންގުމުން އަބްދުއްރަހީމް ދުރުކޮށްފައިވާކަން ޕާޓީގެ ލީޑާޝިޕްގެ ހުރިހާ ބޭފުޅުންނަށް މިހާރު ވަނީ އަންގާފަ އެވެ. އަދި މީގެ ފަހުން ޕާޓީ ހިންގުމުގެ ޒިންމާއާ ހަވާލުވެވަޑައިގެން ހުންނަވާތީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ކަމަށް ވަނީ އަންގާފަ އެވެ.

އަދި ޕާޓީގެ އިދާރީ އިސް ބޭފުޅުންނަށްވެސް މިހާރު ވަނީ އެކަން އަންގާފަ އެވެ. މިފަދަ ބަދަލެއް ގެންނެވި ސަބަބެއް ސާފެއް ނުވެ އެވެ.

ނަމަވެސް ރައީސް މުއިއްޒުއާ އަބްދުއްރަހީމްގެ ގުޅުން ގޯސްވެފައިވާ ކަމަށް އަޑުފެތުރިފައިވާތާ ވަރަށް ގިނަ ދުވަސްވެއްޖެ އެވެ. އަދި ޕީއެންސީގެ ހިންގުމުގައި އަބްދުއްރަހީމްގެ ދައުރެއް ނެތް ކަމަށް ވާހަކަ ދެކެވޭތާ ވެސް ދުވަސްތަކެއް ވަނީ ވެފަ އެވެ.

ރޭ އޮތް ތަރާވީހުގައި ރައީސްގެ އަރިހުގައި އަބްދުއްރަހީމް

ޕީއެންސީގެ ރައީސްގެ މަގާމުގައި ކުރީން ހުންނެވީ އަބްދުއްރަހީމެވެ. ޕީއެންސީ އަކީ ޕީޕީއެމް އުވާލާފާނެ ކަމުގެ ބިރަށް ނުވަތަ ރައީސް ޔާމީންގެ އަތްޕުޅުން ޕީޕީއެމް ބީވެެދާނެ ކަމުގެ ބިރު ހީވުމުން އުފެއްދެވި ޕާޓީ އެކެވެ. ނަމަވެސް ޕީޕީއެމް ގެއްލުމުގެ ބިރު ފިލާ ދިއުމުން ޕީއެންސީ ކުޑަ ޕާޓީއެއްގެ ގޮތުގައި ބޭއްވީވި އެވެ.

ޕީއެންސީ ބޮޑު ޕާޓީއަކަށް ބަދަލު ކުރެއްވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހު އެވެ. އަދި އަސާސީ ގަވާއިދަށް ބަދަލު ގެންނަވާ ޕާޓީގެ ޗެއާޕާސަންގެ މަގާމު އުފެއްދެވި އެވެ. އެ މަގާމު އަބްދުއްރަހީމަށް ދެއްވާ ރައީސަކަށް ވަޑައިގަތީ ރައީސް މުއިއްޒެވެ. 

އަދި ފަހުން އަސާސީ ގަވާއިދަށް ބަދަލު ގެނެސް ޕާޓީގެ ޗެއާޕާސަންގެ މަގާމަކީ ރައީސް ހަމަޖައްސަވާ މަގާމަކަށް ވަނީ ބަދަލު ކުރައްވާފަ އެވެ.

އަބްދުއްރަހީމާއި ގުޅުން ގޯސްވެފައިވާ ކަމަށް އަޑުފެތުރު ފަހުން ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަބްދުއްރަހީމްގެ ދޮށީ ފިރިހެން ދަރިކަލުން ފައިސަލް އިބްރާހިމް ވަނީ މަގާމުން ވަކިކުރައްވާފަ އެވެ. އަދި ސަރުކާރުގައި ތިއްބެވި އަބްދުއްރަހީމްއާ ގުޅުން އޮތް ގިނަ ބޭފުޅުންތަކެއް މިހާރު ވަނީ މަގާމުން ވަކި ކުރައްވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.