އުމްރާ އަށް ފުރާ ބަޔަކު
ހަބަރު
13 Mar 2025 | 13:00
ފައިސާ ދެއްކި ބަޔަކު އުމްރާއަށް ނުގެންދިޔަ އަސްކޮއި ގުރޫޕުގެ މައްސަލަ ބަލަނީ

މި ރޯދަ މަހު އުމްރާގެ އަޅުކަން އަދާކުރުމަށް ފައިސާ ދެއްކި ބަޔަކު އުމްރާއަށް ގެންދަން ދެކޮޅު ހެދި އަސްކޮއި ގުރޫޕުގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިއަދު ވިދާޅުވެއްޖެ އެވެ.

އަސްކޮއިގެ ހަވާލުގައި ރަމަޟާން މަހުގެ ފަހު 15 ގައި އުމްރާއަށް ދިޔުމަށް އާއިލާ އަކުން ފައިސާ ދައްކާފައި ވަނިކޮށް، އެ ދަތުރު ނުކުރެވޭނެ ކަމަށް އަސްކޮއިން ބުނެފައިވާ ކަމަށް ބުނެ އެ އާއިލާއިން ވަނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ އާއިލާއިން ބުނި ގޮތުގައި، އެ މީހުން ވަނީ މިދިޔަ އޮގަސްޓް މަހުން ފެށިގެން، މީހަކަށް 42،000ރ.ގެ މަގުން އުމްރާގެ އަގު އަދާކޮށް ނިންމާފަ އެވެ. އެ ފައިސާ އަނބުރާ ދެއްކޭނީ ވެސް އަންނަ މަހު 15ގެ ފަހުން ކަމަށް ގުރޫޕުން ބުނެފައިވާ ކަމަށް އެ އާއިލާއިން ބުނެފައިވެއެވެ. 

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް ޢަލީ ސަޢީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަސްކޮއި ޖަމާޢާތުގެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

”ކަމާ ބެހޭ ޔުނިޓްގެ ފަރާތުން ދަނީ މައްސަލަ ބަލަމުން، އުމްރާއަށް މީހުން ގެންދިއުމުގެ ޤަވާޢިދާ ޚިލާފްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ.“ ޑރ ޝަހީމް ވިދާޅުވިއެވެ. 

ޝަހީމް ވިދާޅުވި ގޮތުގައި، މިފަހުން ވެސް އެ ފަދަ ގުރޫޕުތަކެއްގެ ހުއްދަ ބާތިލްކޮށް ފިޔަވަޅުއަޅާފައިވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ
08 Aug 2026
ބޯޑަރުގެ މައްސަލަތަކާ ބެހޭގޮތުން އިންޑިޔާ އާއި ޗައިނާއިން އިތުރު މަޝްވަރާތަކެއް
މި ބައްދަލުވުމުގައި ދެ ގައުމުން ވަނީ ސަރަހައްދީ ރޮނުގުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ބޯޑަރު ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކޮށްފައެވެ.