އަބްދުއްރަހީމް ހުތުބާ ދެއްވަނީ -- ފޮޓޯ: އަނަސް
ހަބަރު
14 Mar 2025 | 13:48
ފޮނަދޫ މަސްޖިދުލް ޢުލާގައި އިމާމުވެ ހުކުރެއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް

ލ. ފޮނަދޫ މަސްޖިދުލް ޢުލާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އިމާމުވެ ހުކުރު ކުރައްވައިފި އެވެ.

ފޮނަދޫއަކީ އަބްދުއްރަހީމް ވެސް ނިސްބަތްވެވަޑައިގަންނަވާ ރަށެވެ. އަބްދުއްރަހީމަކީ އިމާމުވެ ހުކުރު ކުރެއްވުމުގެ ހުއްދަ އޮތް ބޭފުޅެކެވެ. ބަހަށް ވަރަށް ފަރިތަ ހުށައެޅުންތެރިއެކެވެ. ނަމަވެސް އާދަކޮށް އިމާމުވެ ހުކުރުނުކުރައްވަ އެވެ.

ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވާ އިމާމުވެ މީގެ ކުރީން ހުކުރު ކުރެއްވީ އަބްދުﷲ ހަމީދު އެވެ. އެހެން ކަމުން އަބްދުއްރަހީމް ހިމެނިވަޑައިގަންނަވަނީ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނަވާ އިމާމުވެ ހުކުރު ކުރެއްވި ދެވަނަ ބޭފުޅެއްގެ ގޮތުގަ އެވެ.

މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންނެވުމަށް ފަހު ވެސް އަބްދުއްރަހީމް ވަރަށް ގިނައިން ފޮނަދޫއަށް ވަޑައިގަންނަަވަ އެވެ. 

އަބްދުއްރަހީމް ފާހަގަކުރެވުނީ ރައީސް މުއިއްޒުގެ އެންމެ އަރިސް ބޭފުޅާގެ ގޮތުގަ އެވެ. ނަމަވެސް ދެ ބޭފުޅުންގެ މެދުގައި ކުރީން އޮތް ގުޅުމެއް މިހާރަކު ނެތެވެ. ގުޅުން ވަރަށް ގޯސް ކަމަށް އަޑުތައް އޮވެ އެވެ.

ކޮމެންޓް
ޢަަމިނަތު
ޥަރަަަޢް ރަނގަޅު tiyaa ގޮތުގައި ދެމި ހުންނަވާތި އިންޝާ ﷲ ބަރަކާތް ލައްވާށި
14 Mar 2025
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.