މާބަނޑު އަންހެނެއް: ފޮޓޯ/ އިންޓަނެޓް
ލައިފްސްޓައިލް
21 Mar 2025 | 11:12
ކަދުރުން މާބަނޑުމީހުންނަށާއި ބަނޑުގައިވާ ދަރިފުޅަށް ލިބިދޭ ފައިދާތައް!

ކަދުރަކީ އެއިން ގިނަގުނަ ފައިދާ ތަކެއް އަހަރެމެންނަށް ލިއްބައިދޭ މޭވާއެކެވެ. އެއީ ކީރިތި ޤުރުއާނާއި ސުންނަތުގައިވެސް އެ މޭވާއެެއްގެ ވާހަކަ ބަޔާންވެގެންވާ މުހިންމު މޭވާއެކެވެ. 

މާތް الله ސުބުޙާނަހޫ ވަތަޢާލާ މަރިޔަމް ސޫރަތުގެ 25 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. 

(وَهُزِّي إِلَيْكِ بِجِذْعِ النَّخْلَةِ تُسَاقِطْ عَلَيْكِ رُطَبًا جَنِيًّا) 

”އަދި ކަމަނާއާ ދިމާޔަށް ކަދުރުރުކުގެ ގަސްގަނޑު ހަލުވައިލައްވާށެވެ! އޭރުން ދޮންވެ ފައްކާވެފައިވާ ކަދުރުތައް، ކަމަނާގެ އަރިހަށް ފައިބާނެތެވެ.“ 

މިއީ މަރިޔަމްގެފާނު ޢީސާ ޢަލައިހިއްސަލާމްއަށް ބަލިވެއިންނެވިއިރު، އެގައުމުގެ މީހުންގެ ފަރާތުން ކުރިމަތިވަމުންދިޔަ އުނދަގޫތަކާއި ދުއްތުރާ ތަކުން ސަލާމަތްވުމަށް އެކަހެރިވެ ސަހަރާގައި އިންނެވި ޙާލަތުގައި، އެކަމަނާއަށްޓަކައި މާތް الله ބާއްވައިލެއްވި އާޔަތެކެވެ. 

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، މަރިޔަމްގެފާނު ޢީސާ ޢަލައިހިއްސަލާމްއަށް ބަލިވެއިންނެވި ހިނދެއްގައި، އެފަދަ ހާލަތެއްގައި ކަދުރުގެ ވާހަކަ ބަޔާންކުރެއްވުމަކީ އޭގައި ގިނަގުނަ ހިކުމަތްތަކެއް އެކުލެވިގެންވާ ކަމެކެވެ. އަދި އެކަން މިޒަމާނުގެ ސައިންސްގެ އަލީގައި އަންނަނީ އެނގި ހާމަވަމުންނެވެެ.

އެގޮތުން، ކަދުރުގައި ވަރަށް ގިނަ އަދަދަކަށް ވިޓަމިން އެކުލެވިގެންވެއެވެ. ޚާއްސަކޮށް ކަދުރުގައި އެންމެ ގިނައިން އެކުލެވިގެންވާ އެއް ވިޓަމިނަކީ ވިޓަމިން ބީ 9 (ފޮލޭޓް) އެވެ. މިއީ އަންހެނުން މާބަނޑު ދުވަސްވަރުގައި، ފުރަތަމަ ތިން މަސް ވަންދެން ކެއުމަށް ޑޮކްޓަރުން ދޭ ފޮލިކް އެސިޑްގައިވެސް ހިމެނޭ މާއްދާއެކެވެ. ފޮލޭޓް އަކީ ބަނޑުގައި އޮންނަ ދަރިފުޅު އައިބުތަކުން ދުރުކޮށް ރައްކާތެރިކޮށްދިނުމަށް މުހިންމު މާއްދާއެކެވެ. ފޮލޭޓް މަދުވުމުން ބަނޑުގައި އޮންނަ ދަރިފުޅުގެ މައިބަދަ އުފެދުމުގައި އައިބުތައް ހުރެ، ކުއްޖާ ދުނިޔެއަށް އަންނައިރު، ސްޕައިނާ ބިފިޑާ ކިޔާ ހާލަތެއް މެދުވެރިވެއެވެ. އެ ހާލަތު ހުންނަ ތަކެއްގެ ސަބަބުން ކުއްޖާގެ ހަތަރެސްފައި ޕެރެލައިޒް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަދި މައިބަދައިގެ ފޫޅުން ތިރީގައި އެކަން ހުރި ނަމަ، ސާޖަރީ ހެދި ނަމަވެސް ކުޑަކަމުދިޔުމާއި ބޮޑުކަމުދިޔުމުގައިވެސް މައްސަލަތައް ދިމާވެއެވެ. 

މީގެ އިތުރުން ކަދުރަކީ ގިނަ މިންވަރަކަށް ވިޓަމިން ކޭ ވެސް އެކުލެވިގެންވާ މޭވާއެކެވެ. ވިޓަމިން ކޭ އަކީ ބަނޑުގައި އޮންނަ ދަރިފުޅުގެ މަސްތަކާއި ކަށިތައް ވަރުގަދަ ކޮށްދިނުމަށް އެހީވެދޭ ބާވަތެކެވެ. 

ހަމައެއާއެކު މާބަނޑުމީހުންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލަކަމަށްވާ ބަނޑުހަރުވުމުގެ މައްސަލައިގެ ހައްލުވެސް ކަދުރުން ލިބިދެއެވެ. އެހެނީ ކަދުރަކީ ގިނަ އަދަދަކަށް ފައިބަރ ހިމެނޭ މޭވާއެކެވެ. ފައިބާ އަކީ ބޮޑުކަމުދާ ތަކެތި ހަރުވުމުން ރައްކާތެރިކޮށްދޭ މާއްދާއެކެވެ. 

މިކަންކަމުގެ އިތުރުން، އަންހެނާ ވިހެއުމުގެ ވޭން އައުމަށް، ނުވަތަ ކޮންޓްރެކްޝަންއަށް، ބޭނުންވާ އޮކްސިޓޯސިން ބޭނުންކުރަންޖެހޭ މިންވަރު ކަދުރުން މަދުކޮށްދެއެވެ. އޮކްސިޓޯސިން އަކީ ބަނޑުގައި ރިއްސާ މުއްދަތު ކުރުކޮށް އަވަހަށް ވިއްސުމަށްޓަކައި ކޮންޓްރެކްޝަން އިތުރުކުރުމަށް ދެވޭ މާއްދާއެކެވެ. ކޮންޓްރެކްޝަނަށާއި ވިހަން ރަހިމުގެ ދޮރު ތައްޔާރުކޮށްދިނުމަށް އެހީވެދޭ މާއްދާއެއްވެސް ކަދުރުގައި ހިމެނެއެވެ. 

ކަދުރަކީ ފައިޓޯ އެސްޓްރޯޖެން ކިޔާ މާއްދާއެއްވެސް އޭގައި ހިމެނޭ މޭވާއެކެވެ. އެ މާއްދާގެ ސަބަބުން، ވިހެއުމުގެ ދެވަނަ މަރުހަލާ (ރަހިމުގެ ދޮރު 4 ސެންޓިމީޓަރ އިން 10 ސެންޓިމީޓަރ އަށް ހުޅުވޭ) ކުރުކޮށްދީ ލިބޭ ވޭންތައް ކުޑަ ކޮށްދިނުމަށް އެހީވެދޭ މާއްދާއެކެވެ. 

ބަލިވެ އިންނަ މީހަކަށް ދުވާލަކަށް ގާތްގަނޑަކަށް 4700މިލިގްރާމް ޕްޓޭޝިއަމް ބޭނުންވެއެވެ. ކޮންމެ ހަތަރު ކަދުރެއްގައި 696 މިލިގްރާމް ޕޮޓޭޝިއަމް ހިމެނެއެވެ. އެހެންކަމުން ކަދުރު ބޭނުން ކުރުމުން އެ އަދަދަށް ބޭނުން ކުރުން ކެލްޝިއަމް ބޭނުންވާ މިންވަރަށް އެ ވެސް ލިބިދެއެވެ. 

ދާދިފަހުން ނެރުނު ދިރާސާއަކުން ދައްކާގޮތުން، މާބަނޑުވެ، 37 ވަނަ ހަފްތާގެ ފަހުން، ދުވާލެއްގެ މައްޗަށް 70-75ގ ކަދުރު ބޭނުންކުރުމުން ސިޒޭރިއަން ހަދަންޖެހޭ މިންވަރު 40 އިންސައްތައަށް ދަށްކޮށްދެއެވެ. 

މިފަދަ އެތައް ސަބަބަކަށްޓަކައި، މާބަނޑު އަންހެނުން ރޯ ކަދުރު ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޑޮކްޓަރުން ބުނެއެވެ. 

އެޑިޓަރުގެ ނޯޓް
މިއީ، ހިތުހެ ޚާއްސަ ޑޮކްޓަރ، ޑޮކްޓަރ ހަނީފް އެސްއެސް ޓީވީގެ ޤުރުޢާނާއި ސައިންސް ޕްރޮގްރާމުގެ ފުރަތަމަ އެޕިސޯޑުގައި ދީފައިވާ މައުލޫމާތަށް ބިނާކޮށް ލިޔެފައިވާ ލިޔުމެކެވެ.
ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.