ހއ.އަތޮޅަށް ނިސްބަތްވާ ރަށްތަކެއް.. ފޮޓޯ: ޔޫރަޕިއަން ސްޕޭސް އެޖެންސީ
ހަބަރު
24 Mar 2025 | 13:55
ރާއްޖޭގެ އެންމެ އުތުރަށް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ: ޠާރިޤް

ރާއްޖޭގެ އެންމެ އުތުރަށް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންގެންދާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހއ.މާރަންދޫގައި މިއަދު އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޠާރިޤް ވިދާޅުވީ މި ސަރުކާރުން ޓޫރިޒަމް ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ހއ އަތޮޅާއި، ހދ ގެ އިތުރުން ށ އަތޮޅުގައި ޓޫރިސްޓް ރިސޯތްތައް ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުްނގެންދާކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ޓޫރިސްޓް އިންވެސްޓްމަންޓްތައް ޤާއިމްކުރެވިގެންދާއިރު، ރަށްރަށުގައި އޭޓީއެމްފަދަ، ބޭންކްގެ ހިދުމަތްތައް ލިބެންހުރުމަކީ، ވަރަށް ފަސޭހަވެގެންދާނޭ ކަމެއްކަމަށެވެ.

ޠާރިޤް ވިދާޅުވީ ރަށްރަށުގައި އޭޓީއެމްގެ ހިދުމަތް ލިބެންހުރުމަކީ، އެރަށެއްގެ ރައްޔިތުން ވަރަށް ބޭނުންވާ ހިދުމަތެއް ކަމަށާއި، ރަށުގައި އޭޓިއެމް ނެތްނަމަ މިހާރު އޮންނަގޮތަކީ ކިތަންމެ ކުޑަ އަދަދެއް ޖަމާކުރަންޖެހުނު ނަމަވެސް ނުވަތަ ނަގަންޖެހުނު ނަމަވެސް ހަރަދެއްކޮށްފައި އޭޓީއެމް ހުންނަ ރަށަކަށް ދިއުންކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން އޭޓިއެމްގެ ހިދުމަތް ފެށުންކަމަށާއި، ރަށެއްގެ އިޤްތިސާދު ކުރިއަރައިގެންދާނީ، ވިޔަފާރީގެ ކަންކަމަށް ފަސޭހަވެގެންދާގޮތަށް ބޭންކިންގެ ހިދުމަތްވެސް ލިބެން ހުރެގެން ކަމަށެވެ.

ހދ.ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީގެ މަޝްރޫޢު ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްދާއިރު، މި މަޝްރޫޢުގެ ނިމުމުން އިތުރުގެ އަތޮޅުތަކުގެ ތަރައްޤީގެ ކަންކަން ބާރު ސްޕީޑެއްގައ ކުރިއަރައިގެންދާނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.