މާލީ ވުޒާރާ ހުންނަ އިމާރާތް... ފޮޓޯ: ވޮއިސް
26 Mar 2025 | 11:10
ފުރަތަމަ 10 ހަފްތާ ނިމިގެންދިޔައިރު، އާމްދަނީ އާ އަޅާބަލާއިރު ހަރަދުތައް ކުޑަ: ފިނޭންސް

މިއަހަރުގެ ފުރަތަމަ 10 ހަފްތާ ނިމިގެންދިޔައިރު، ދައުލަތުގެ އާމްދަނީ އާ އަޅާބަލާއިރު ކުރެވުނު ހަރަދުތައް ނިސްބަތުން ކުޑަކުރެވިފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލީވުޒާރާއިން ނެރެ އާއްމުކޮށްފައިވާ ދައުލަތުގެ އެންމެފަހުގެ ހަރަދު ބަރަދު ތަފްސީލަށް ބަލާއިރު، މިހިނގާ މާރޗްމަހުގެ ނިޔަލަށް ހަރަދުގެ ގޮތުގައި ހިނގާފައިވަނީ، 6.5 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު މިއަދަދު ހުރީ 7.8 ބިލިއަން ރުފިޔާގައެވެ. މިއަހަރުގެ މިހާތަނަށް ރިކަރަންޓް ހަރަދުގެ ގޮތުގައި6.1 ބިލިއަން ރުފިޔާ ހެދަކުރެވުނުއިރު، މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރިކަރަންޓް ހަރަދުތައް ހުރީ 6.2 ބިލިއަން ރުފިޔާގައެވެ. 

މާލީ ވުޒާރާއިން ނެރެފައިވާ ދައުލަތުގެ ހަރަދުތައް ހިނގިގޮތުގެ ހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ލޯނުތައް އަނބުރާ ދެއްކުމަށެވެ. މިގޮތުން ލޯނުތައް ދެއްކުމަށް 2.3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ރިޕޯޓަށް ބަލާއިރު އަހަރުގެ މިހާތަށް ޓެކްސް އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 7.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ލިބިފައިވަނީ، 7.4 ބިލިއަން ރުފިޔާއެވެ. އަހަރުގެ މިހާތަނަށް ޓެކްހުން އާމްދަނީގެ ގޮތުގައި 6.3 ބިލިއަން ރުފިޔާ ލިބުނުއިރު، ޓެކްސްނޫން އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޓެކުހުގެ ގޮތުގައި އެންމެ ގިނައިން އާމްދަނީ ލިބުނީ ޓޫރިޒަމް ޖީއެސްޓީ، އާއްމު ޖީއެސްޓީގެ އިތުރުން ބިޒްނަސް ޕްރޮޕަޓީ ޓެކުހުންނެވެ.

މިހިނގާ 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރުގެ ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާއެވެ. އެއީ، ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާއެވެ. މި އަހަރުގެ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 39.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވަނީ އަންދާޒާކޮށްފައެވެ. އެއީ، ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހިމަނައިގެންނެވެ. ދަރަނި އަނބުރާ ދައްކަން ބަޖެޓުގައި 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.