އެލައިޑް އިންޝުއަރެންސް ކޮމްޕެނީ--ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
29 Mar 2025 | 17:28
އެލައިޑްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ހޯދުމަށް އިތުރު ފަސޭހަތަކެއް!

ރާއްޖޭގެ އެންމެ ތަޖުރިބާކާރު އަދި އެންމެ ބޮޑު އިންޝުއަރަންސް ޚިދުމަތް، އެލައިޑް އިންޝުއަރަންސުން ގެންދަނީ އެ ކުންފުނީގެ އެކިއެކި އިންޝުއަރަންސް ޕްލޭންތަކުގެ ފައިދާ ވީހާވެސް ފަސޭހައިން ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދޭން މަސައްކަތް ކުރަމުންނެވެ. މޯބައިލް އެޕެއް މެދުވެރިކޮށް 2016 ގައި ޑިޖިޓަލް ޚިދުމަތްތައް ފަށައި، އަދި އޭގެ ދެ އަހަރު ފަހުން "މައި އެލައިޑް"ގެ ނަމުގައި ޕޯޓަލްއެއް ގާއިމުކުރުމަށް ފަހު، މިއަދު މި ދެ ޕްލެޓްފޯމުން ލިބޭ ޚިދުމަތްތައް ވެސް ދަނީ އިހުނަށް ވުރެ ބޮޑަށް ފުޅާވަމުންނެވެ.

2018 ވަނަ އަހަރު "މައި އެލައިޑް" ޕޯޓަލް ވުޖޫދަށް އައީ އެލައިޑްގެ ހެލްތު އިންޝުއަރަންސް ކަސްޓަމަރުންނަށް އެ ފަރާތްތަކުގެ ޕޮލިސީގެ ލިމިޓުތައް ބެލުމަށާއި ކްލެއިމް ސަބްމިޓުކުރާ ޕޯޓަލްއެއްގެ ގޮތުގައެވެ. ނަމަވެސް އޭގެ އަހަރެއް ފަހުން، 2019 ގައި "މައި އެލައިޑް" ޕޯޓަލް، އެލައިޑްގެ އެހެނިހެން ކަސްޓަމަރުންނަށް ވެސް ފުޅާވިއެވެ. މޮޓޯ އިންޝުއަރަންސާއި، މެރިން ހަލް އިންޝުއަރަންސާއި، އަޔާދީ ތަކާފުލްގެ އެކިއެކި ތަކާފުލް ޚިދުމަތްތަކާއި، ޓްރެވަލް ތަކާފުލް އަދި ހޯމް ތަކާފުލްގެ އެކިއެކި ޚިދުމަތްތައް މިވީ އަހަރުތަކުގައި "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް ލިބޭ ގޮތް ދިޔައީ ހަމަޖެހެމުންނެވެ.

މިވަގުތު "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް، އެލައިޑްގެ އެޕުން ވެސް ލިބޭ ހުރިހާ ޚިދުމަތެއް ހެން ލިބޭނެއެވެ. އެގޮތުން ޑިޖިޓަލްކޮށް ލިބެން ހުންނަ ހުރިހާ އިންޝުއަރަންސް ނުވަތަ ތަކާފުލް ޕްރޮޑަކްޓްސްގެ މަޢުލޫމާތު ބަލާލުމާއި، ޕްލޭނެއް ބައްލަވައިގަތުމާއި، ޕްލޭން ރިނިއު ކުރުން ފަދަ ކަންކަން "މައި އެލައިޑް"އިން ކުރެވޭނެއެވެ.

"މައި އެލައިޑް" މެދުވެރިކޮށް ޕްލޭނެއް ބައްލަވައިގަތުމަކީ ނުހަނު ފަސޭހަ ކަމެކެވެ. އޮންލައިން ފޯމެއްގެ ފަރުމާއަށް ހަދާފައިވާ ޕްރޮޑަކްޓް ޕޭޖުތަކުގައި ހިމެނޭ ފީލްޑުތަކުގައި މަޢުލޫމާތުތައް ފުރިހަމަކޮށްލައްވައިގެން ކުރިއަށް ދާންވީއެވެ. އަދި އޮންލައިންކޮށް ފައިސާ ވެސް ދައްކާލަންވީއެވެ.

ބައްލަވައިގަނެފައިވާ ޕްލޭނެއްގެ ދަށުން ކްލެއިމްއެއް ސަބްމިޓް ކުރައްވަން ބޭނުން ނަމަ އެކަން ވެސް "މައި އެލައިޑް" މެދުވެރިކޮށް ކޮށްލެވޭނެއެވެ.

ކުރިއެކޭ ވެސް އެއްގޮތަށް ހެލްތު ޕޮލިސީތަކުގެ ކަންކަން "މައި އެލައިޑް"އިން ކުރެވޭނެއެވެ. ހެލްތު ޕޮލިސީގެ ސްޓޭޓަސް ބެލުމާއި، ޕޮލިސީގެ ލިމިޓުތަކާއި ބެލެންސް ބަލާލުމާއި، ޕޮލިސީގެ ދަށުން ހިނގާފައިވާ މުއާމަލާތްތައް ވެސް ބަލާލެވޭނެއެވެ. އަދި ހަމަ އެއާއެކު، ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެލައިޑްގެ ހެލްތު ޕޮލިސީއަށް ޚިދުމަތްދޭ ހެލްތު ސާވިސް ޕްރޮވައިޑަރުންގެ ލިސްޓު ވެސް "މައި އެލައިޑް"އިން ބަލައިލެވޭނެއެވެ. އަދި އެ ފަރާތަކުން ދެނީ "ކޭޝްލެސް" ނުވަތަ "ރީއިމްބާސްމަންޓް" އުސޫލުންތޯ ވެސް މި ލިސްޓުން ބަލައިލެވޭނެއެވެ.

މީގެ އިތުރުން، "މައި އެލައިޑް"ގައި މިހާރު ހިމެނިފައިވާ ވަރަށް ޚާއްސަ އެއް ޚިދުމަތަކީ ކަސްޓަމަރ ސާވިސްއާ ވަގުތުން މުއާމަލާތްކުރެވޭ "ލައިވްޗެޓް" ޚިދުމަތެވެ. އެހެންކަމުން ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެ ކޮންމެ ވަގުތަކު ވެސް އެލައިޑް އެޕާއި "މައި އެލައިޑް" މެދުވެރިކޮށް ޚިދުމަތް ހޯދޭ ފަދައިން، ކޮންމެ ވަގުތަކު ވެސް ކަސްޓަމަރ ސާވިސްގެ އެހީ އޮންލައިންކޮށް ހޯދޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.