"ޓީމޫ" ގެ އެޑް ޕޯސްޓަރެއް
ވިޔަފާރި
03 Apr 2025 | 01:35
ދުނިޔޭގެ އެންމެ ބޮޑު އެއް އީ-ކޮމާރސް ޕްލެޓްފޯރމް "ޓީމޫ" ދިވެހިރާއްޖެއަށް!

ޗައިނާގެ އެންމެ މަޝްހޫރު އޮންލައިން ޕްލެޓްފޯރމް ކަމުގައިވާ ޓީމޫ އިން ވަނީ ދިވެހިރާއްޖޭގައި އެ ޕްލެޓްފޯރމްގެ ޚިދުމަތްތައް ދޭން ފަށަފާއެވެ. އެމެރިކާ އާ ޔޫރަޕްގައި ނަން މަޝްހޫރު  ޓީމޫ ގެ މާކެޓްޕްލޭސް، މި ސަރަޙައްދުގެ ގައުމުތަކަށް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން  މިއީ، ފާހަގަކޮށްލެވޭ ފުޅާކުރުމެކެވެ. ގިނަ އަދަދެއްގެ އުފެއްދުންތަކެއް ވާދަވެރި އަގުތަކެއްގައި އޮމާންކަމާއެކު އޮންލައިންކޮށް ޝޮޕިންގ ކުރުން ތަޖުރިބާކޮށްލުމަށް މަޝްހޫރު މި ޕްލެޓްފޯމް، މިހާރު މިވަނީ ދިވެހި ކަސްޓަމަރުންނާ ހަމައަށް ފޯރާފައެވެ.

ޓީމޫއިން  ގިނަ ބާވަތްތަކެއްގެ ރަގަޅު ކޮލިޓީގެ އުފެއްދުންތައް ވާދަވެރި އަދި ހެޔޮ އަގުތަކެއްގައި ލިބެންހުރެއެވެ. މީގެ ތެރޭގައި އިލެކްޓްރޯނިކްސް، ފެޝަން، ގޭގެ ސާމާނު، ޒީނަތްތެރިވުމަށް ބޭނުންކުރާ ތަފާތު އުފެއްދުންތަކާއެކު އިތުރު ގިނަ ބާވަތްތަކުގެ މުދާ މި ޕްލެޓްފޯރމުގައި ހިމެނެއެވެ. ޓީމޫގެ ޔޫސަރ-ފްރައިންޑްލީ އެޕް މެދުވެރިކޮށް އޯޑަރުކޮށް ފައިސާ ދެއްކުމާއި، މެދުވެރިއެއްނެތި ޝޮޕިންގ ކުރުމަށް ހުޅުވާލެވިފައިވާ މިފަހި ފުރްސަތުގެ ތެރެއިން އޯޑަރުކުރާ ތަކެތި، ސީދާ ކަސްޓަމަރުންނާ ހަމައަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި އިތުބާރާ ޔަގީންކަމާއެކު ފޯރުކޮށްދިނުމަކީ، ޓިމޫގެ މި ޚިދުމަތުގެ އެންމެ ޚާއްޞަ ސިފައެވެ.  ޓިމޫ އިން އޯޑަރ ކުރާ ތަކެއްޗަށް ފްރީ-ޝިޕންގ ލިބޭ ގޮތަށް ހަމަޖެހިފައިވާއިރު، ޝިޕިންގ ޚަރަދު ކުޑަކުރުމުގެ ގޮތުން އެއް އޯޑަރަކަށް ބައިވަރު ތަކެތި ގަތުމުގެ ބޭނުމެއް މިހާރަކު ނެތެވެ. އޭގެ ބަދަލުގައި ހަމަޖެހިލައިގެން ބޭނުން އިރަކު ޝޮޕިންގ ކުރުމުގެ ފުރްޞަތު ޓީމޫ އިން މިވަނީ ފަހިކޮށްދީފައެވެ.

ޓީމޫގެ ޚިދުމަތްތައް ރާއްޖޭގެ ކަންކޮޅުތަކަށް ހަލުވިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ޓީމޫ އިން ވަނީ މޯލްޑިވްސް ޕޯސްޓު ލިމިޓެޑާ ގުޅިގެން، ޕޯސްޓުގެ ނޭޝަންވައިޑް ޑެލިވަރީ ނެޓްވޯކް ޓިމޫގެ ޚިދުމަތަށް ބޭނުންކުރަން ފަށާފައެވެ. ޓީމޫއާ މޯލްޑިވްސް ޕޯސްޓް ގެ މި ސްޓްރެޓެޖިކް ގުޅުމުގެ ދަށުން،  ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޓިމޫގެ ކަސްޓަމަރުންނަށް އެފަރާތްތަކުގެ އޯޑަރުތައް ޕިކްޕޯސްޓާއި، ހޯމްޑެލިވަރީ އަދި ކައުންޓަރ ޑެލިވަރީ މެދުވެރިކޮށް އިތުބާރުހުރި ގޮތެއްގައި އަވަހަށް ލިބޭނެގޮތް ފަހިކޮށްދޭނެއެވެ.

ދިވެހިރާއްޖޭގައި ޓީމޫގެ އޮންލައިން މާކެޓްޕްލޭސް އެއް ގާއިމްވެގެން ދިއުމަކީ، އީ-ކޮމާސްގެ ދާއިރާ ފުޅާ ކުރުމަށް މޯލްޑިވްސް ޕޯސްޓުން ކުރާ މަސައްކަތުގެ ބައެއްކަމަށާއި، ޗައިނާ އާ ތައިލެންޑް އަދި އިންޑިއާ ފަދަ ގައުމުތަކުގެ އޮންލައިން ޕްލެޓްފޯރމްތަކާ ގުޅިގެން މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޯސްޓުން މަޢުލޫމާތު ދެއެވެ.

ވެބްސައިޓް: https://www.temu.com

އެންޑްރޮއިޑް އެޕްލިކޭޝަން:https://play.google.com/store/apps/details?id=com.einnovation.temu&hl=en_US&gl=US&pli=1

އެޕަލް އެޕްލިކޭޝަން: https://apps.apple.com/us/app/temu-shop-like-a-billionaire/id1641486558

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.