މާރިޔާ ދީދީ އިންޑިޔާގެ ނޫހަށް ދެއްވި ބަސްދީގަތުމުގެ ތެރެއިން-
ހަބަރު
09 Apr 2025 | 11:20
އެންމެ ކަމުދާ, ސިޔާސީ ލީޑަރަކީ މޯދީ: މާރިޔާ

ދެކުނު އޭޝިޔާގެ ސަރަހައްދުގެ އެންމެ ކަމުދާ ސިޔާސީ ލީޑަރަކީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކަމަށް ރާއްޖޭގެ ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ. 

އިންޑިޔާގެ ’ސީއެންއެން ނިޔުސް 18‘ އަށް އިއްޔެ ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޕްރެސެންޓަރ ވަނީ ދެކުނު އޭޝިޔާއިން މާރިޔާއަށް އެންމެ ކަމުދާ ސިޔާސީ ލީޑަރަކީ ކޮބައިތޯ ސުވާލު ކޮށްފައެވެ.

”އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ. މޯދީވަނީ ބައިނަލްއަޤުވާމީ ދުނިޔޭގައި އިންޑިޔާ ވަރަށް ކުރިއަށް ގެންގޮސްދީފައި. އަދި އޭނާ މަގާމާ ހަވާލުވިފަހުން ވަރަށް ގިނަ ކަންކަން އިންޑިޔާއަށް ވަނީ ކޮށްދީފައި. މީގެ އިތުރުން އޭނާ ގެންގުޅޭ ’ނެއިބަރ ހޫޑް ފަސްޓް‘ ޕޮލިސީ. އަހަރެމެން އަވަށްޓެރި ހުރިހާ ގައުމެއް ކުރިއަރައި ދާނީ އެކީގައޭ، ތިބޭނީ އެކީގައޭ.“ އެ ސުވާލުގެ ޖަވާބުގައި މާރިޔާ ވިދާޅުވިއެވެ. 

މީގެ އިތުރުން، މާރިޔާ ވަނީ ރާއްޖެއާއި އިންޑިޔާގެ ގުޅުމަށް ވަރަށް ބޮޑަށް ތަޢުރީފް ކުރައްވައި، އިންޑިޔާއަކީ ރާއްޖޭގެ ”ދައްތަ“ އެއް ކަމަށް ވިދާޅުވެފައެވެ. 

އެގޮތުން، އިންޑިޔާއިން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތައް ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ދާދިފަހުންވެސް، ބޭރުގެ އެހެން ބައެއް ގައުމުތަކަށް ކާބޯތަކެތީގެ ގޮތުން އިންޑިޔާއިން ފޯރުކޮށް ނުދޭ އެހީތައް ބޮޑުކޮށް ރާއްޖެއަށް ދޭން ނިންމާފައިވާ ކަމަށެވެ. 

އަދި ހަމަ އެހެންމެ، ޢުމްރާނީ ގޮތުންވެސް އިންޑިޔާއިން ރާއްޖެއިން ފޯރުކޮށްދެމުންދާ އެހީތަކާއި، ރާއްޖޭގެ ތަރައްޤީގައި އިންޑިޔާގެ ދައުރު ނުހަނު މުހިންމު ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން، ރާއްޖެއާއި ޗައިނާއާއި ދެގައުމުގެ ތެރެއިން ރާއްޖެއަށް ރަނގަޅު ބައިވެރިއަކީ ކޮބައިތޯ ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން މާރިޔާ ވަނީ، އިންޑިޔާގެ ކޮޅަށް ބުރަވެ، އިންޑިޔާއަކީ ރާއްޖޭގެ އަވަށްޓެރި ގައުމަކަށް ވާތީ ރާއްޖެއަށް އެންމެ ފައިދާ ކުރާނެ ރަނގަޅު ބައިވެރިއަކީ އެ ގައުމު ކަމަށް ވިދާޅުވެފައެވެ.

މާރިޔާ ވިދާޅުވިގޮތުގައި، މި ސަރުކާރު ވެރިކަމަށް އަންނަން ވެގެން ކުރިއަށް ގެންދިޔަ އިންޑިޔާ އައުޓް ކެންޕެއިންވެސް މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ. އަދި އެކަން، އިންޑިޔާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުންވެސް މިހާރު އެނގި ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.