ނޫސްވެރިންނަށް ކުރިއަށް ގެންދިޔަ ޓްރެއިނިންގެ ތެރެއިން: ފޮޓޯ/ އެމްއެމްސީ
ހަބަރު
10 Apr 2025 | 11:30
އިންތިޚާބުތަކުގައި ޚަބަރުތައް ރިޕޯޓްކުރާނެ ގޮތުގެ ޓްރެއިނިންގ އެއް ނޫސްވެރިންނަށް ކުރިއަށް ގެންގޮސްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ސޮސައިޓީ ފޯރ ޕީސް އެންޑް ޑިމޮކްރަސީ (އެސް.ޕީ.ޑީ) އަދި އިންޓަރނިއުސް ގުޅިގެން ދިވެހި ރާއްޖޭގެ މީޑިއާތަކާއި އަދި އެކި މުއައްސަސާތަކުގެ މީޑިއާ މުވައްޒަފުންނަށް އަމާޒުކޮށްގެން "އިލެކްޓޯރަލް ރިޕޯޓިން އެންޑް ވޯޓަރ އެޑިއުކޭޝަން ޓުރެއިނިން" އެއް ބާއްވައިފި އެވެ.

މި ޓްރެއިނިންގ ފައްޓަވައިދެއްވީ އެމް.އެމް.ސީގެ ރައީސް ހުސައިން ޡަޤީފްއެވެ.

ޓްރެއިނިންގ ފަށްޓަވައި ދެއްވައި ވާހަކަ ދައްކަވަމުން ޡަޤީފްވަނީ މިފަދަ ޓްރެއިނިންގެ މުހިއްމުކަން ފާހަގަ ކުރައްވާފައެވެ. އަދި ކައުންސިލްއިން އަބަދުވެސް މިފަދަ ޓްރެއިންތައް ކުރިއަށް އޮތްތާންގައި އިންތިޒާމްކުރާނެކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، މިފަދަ މުހިންމު ޓްރެއިނިންގ އެ ކައުންސިލާއި ގުޅިގެން އެސް.ޕީ.ޑީ އިން ކުރިއަށް ގެންދަވާތީ އެސް.ޕީ.ޑީއަށް ޝުކުރު އަދާކުރެއްވިއެވެ.  

ނޫސްވެރިންނަށް ކުރިއަށް ގެންދިޔަ ޓްރެއިނިންގެ ތެރެއިން: ފޮޓޯ/ އެމްއެމްސީ

ސީޑްސް ބައި ބީ.ސީ.ސީ ގައި ކުރިއަށްދިޔަ މި ޓްރެއިނިންއަކީ ނޫސްވެރިންނަށް އަމާޒުކޮށްގެން އިންތިޚާބުތަކުގައި ޚަބަރުތައް ރިޕޯޓްކުރާނެ ގޮތާއި ގުޅޭ ގޮތުން ކުރިއަށްދިޔަ ޓްރެއިނިންއެކެވެ.

މި ޓްރެއިނިންގެ މައިގަނޑު މަޤުސަދަކީ ރާއްޖޭގެ އިންތިޚާބީ މަރުހަލާތައް ދެނެގަނެ، އިންތިޚާބައި ގުޅިގެން ފަތުރާ ދޮގު މައުލޫމާތާއި ނަފްރަތު އުފެދޭ ވާހަކަތަކުން ދުރުހެލިކޮށް ވޯޓާސް އެޑިއުކޭޝަން މެޓީރިއަލް އިތުރަށް ތަރައްޤީ ކުރުން ކަމަށް އެމްއެމްސީން ބުނެއެވެ.

5 ސެސަން އަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ސެޝަންތައް ނަންގަވައިދެއްވީ ތަޖުރިބާކާރު އަދި ފަންނީ ބޭފުޅުންނެވެ.

މި ޓްރެއިނިންގައި ކިޔަވައި ދެވުނު ބައިތަކަކީ "އިންޓްރޮޑަކްޝަން ޓު ޕޮލިޓިކްސް އެންޑް ގަވަންމެންޓް، އިންޓްރޮޑަކްޝަން ޓު އިލެކްޝަންސް ، ކަވަރިން އިލެކްޝަންސް، ޕޮލިޓިކަލް އިޝޫސް އިން މޯލްޑިވްސް، އަދި ވިމެންސް ރޯލް އިން ޕޮލިޓިކްސް" އެވެ.

މި ސެޝަންތައް ނަންގަވައިދެއްވީ، އިބްރާހީމް މާހިލް މުހައްމަދު (ސޭ ސެޝަން ފެސިލިޓޭޓަރ)، ސާރާ ފްރުމެންޓޯ (ސޭ ސެޝަން ފެސިލިޓޭޓަރ) އަދި ފާތިމަތު ނަހުދާ ފާއިޒް (މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރު) އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.