ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ރެލީއެއް: މި އަހަރު އެންމެ ގިނަ ފައިސާ ލިބެނީ އެ ޕާޓީއަށް -- ފޮޓޯ: ވޮއިސް
ހަބަރު
10 Apr 2025 | 19:50
ޕީއެންސީއަށް 13 މިލިއަން، އެމްޑީޕީއަށް 8 މިލިއަން އަދި ޖޭޕީއަށް 2 މިލިއަން

މި އަހަރު ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާާޓީތަކަށް ފައިސާ ދޫކުރާނެ އަދަދު ކަނޑައަޅާ އާންމުކޮށްފި އެވެ.

ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ވަކި މިންވަރެއް ސިޔާސީ ޕާޓީތަކަށް ދިނުމަށް ކަނޑައަޅަ އެވެ. އެއީ ބަޖެޓްގެ 0.01 ޕަސެންޓެވެ. މި އަހަރުގެ ބަޖެޓުން 27,981,256 ރުފިޔާ ކަނޑައަޅާފައިވެ އެވެ.

އެ ފައިސާ ބަހާނީ 10,000 މެންބަރުން ހަމަވާ ޕާޓީތަކުގަ އެވެ. އެ އަދަދު ޕާޓީތަކުގައި ހަމަވޭތޯ ބަލަނީ ދައުލަތުގެ ބަޖެޓް ފާސްކުރާ ދުވަހާ ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި އަހަރު ފައިސާ ލިބޭނީ ފަސް ޕާޓީއަކަށް ކަމަށެވެ. އެއީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖޭޕީ އާއި އެމްޑީއޭ އާއި ޕީއެންސީ އަށެވެ.

* ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - 13,316,689.75 މިލިއަން ރުފިޔާ

* ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ - 8,454,780.51 މިލިއަން ރުފިޔާ

* ޖުމްހޫރީ ޕާޓީ - 2,656,598.57 މިލިއަން ރުފިޔާ

* އަދާލަތު ޕާޓީ - 1,713,538.65 މިލިއަން ރުފިޔާ

* މޯލްޑިވްސް ޑިވެލޮޕްމަންޓްޔް އެލަޔަންސް - 1,769,648.68 މިލިއަން ރުފިޔާ

ދެން އޮތް ދެ ޕާޓީ ކަމަށްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ އާއި ދަ ޑިމޮކްރެޓްސް ގައި ފައިސާ ލިބޭ މިންވަރަށް މެންބަރުންގެ އަދަދު ހަމަނުވާތީ ފައިސާއެއް ނުލިބެ އެވެ.

ފައިސާ ލިބޭ ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީ އާއި އެމްޑީއޭ ގައި މިހާރު 10,000 ހަމައެއް ނުވެ އެވެ. އެ ދެ ޕާޓީގައި ވެސް މިވަގުތު ތިބީ 9,000 މެންބަރުންނެވެ. ފައިސާ ދޭން ނިންމީ މި އަހަރުގެ ބަޖެޓް ފާސްކުރިއިރު 10,000 މެންބަރުން ހަމަވާތީ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި