ގދ. ފިޔޯރީގެ ބަނދަރު އަލުން ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރަނީ.. ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
12 Apr 2025 | 11:53
މިނިސްޓްރީއިން އެކަނި ވެސް 40 ބިލިއަން ރުފިޔާގެ މަޝްރޫޢު ހިންގަން ހަމަޖެހިފައި އެބަ އޮތް: ވަޒީރު މުއްޠަލިބް

ކޮންސްޓްރަކްޝަން މިނިސްޓްރީން އެކަނިވެސް 40 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަން އެކި ފަރާތްތަކާ އެކު ސޮއިކޮށްފައިވުމާއެކު މި ކަމުގައި ހުރި ދަތިތައް ރައްޔިތުން ގަބޫލު ކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އިއްޔެ އެދިވަޑައިގެންފި އެވެ.

ވަޒީރު މުއްޠަލިބް މިހެން ވިދާޅުވީ، ގދ. ފިޔޯރީގެ ބަނދަރު އަލުން ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

ދައުލަތުގެ ރިކަރަންޓު ހަރަދަށް މިހާރު ވެސް 40 މިލިއަނެއްހާ ރުފިޔާ ހޭދަވާ ކަން ފާހަަކުރައްވަމުން ވަޒީރު ވިދާޅުވީ، އެހެންކަމުން ލިބޭ އާމްދަނީ އަށް ވުރެ ހަރަދު ބޮޑުވުމުން އަބަދުވެސް ޖެހެނީ ތަރައްގީގެ މަޝްރޫއުތަކަށް ލޯނު ނަގަން ކަމަށެވެ.

އެހެންވެ، ހުރިހާ ރަށެއްގައި އެތައް ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގުމަކީ ރާއްޖެ ފަދަ ގައުމަކަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި ބޮޑެތި ގައުމުތަކުގެ މެދުގައި ޖެހޭ މައްސަލަތަކުގެ ސަބަބުން ލޯނު ނެގުމުގައި ރާއްޖެ އަށް ދަތިތައް ކުރިމަތިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

އެ ކަންތައް ރައްޔިތުން ގަބޫލު ކުރުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް. ހަގީގަތުގައި އަޅުގަނޑުމެން މަޝްރޫއެއް ހިންގަން ބޭނުންވާއިރު، ގޮސްފައި ބޭނުން ވަގުތަކު ލޯނު ނަގައިގެން އައިސް ކުރެވޭ ކަހަލަ ގޮތަކަށް ނޫން މި އޮންނަނީ. އަޅުގަނޑުމެންގެ އެތެރެއިން އެ ވަރަަކަށް ލޯނެއް ނުލިބޭ، 

ވަޒީރު

އިތުރަށް ވަޒީރު ވިދާޅުވީ، ސަރުކާރުން މަޝްރޫއުތައް ހިންގަން ޖެހެނީ ދުރާލާ ރާވައިގެން ވަރަށް ގިނަ ފަރާތްތަކަކާ ގުޅިގެން ކަމަށެވެ. އެކަމަކު، އެއީ ރައްޔިތުންނަށް ފެންނާނެ ކަމެއް ނޫން ކަަމުގައި ވަޒީރު ސިފަކުރެއްވިއެވެ.

ގދ. ފިޔޯރީގެ ބަނދަރު އަލުން ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

ހަމައެކަނި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ތެރެއިން ވެސް 40 ބިލިއަން ރުފިޔާގެ މަޝްރޫއުގައި މިހާރު ވެސް ސޮއިކުރެވިފައި އެބަހުރި. މި ދެންނެވީ އަޅުގަނޑުމެންނަށް އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީ އަށް ވުރެ އިތުރަށް މަޝްރޫއުތަކުގެ އަދަދު ހަމައެކަނި [ކޮންސްޓްރަކްޝަން] މިނިސްޓްރީގައި އެބަހުރި. ކުރަމުން އެބަދޭ. އެކަން ކުރާ ނަމަ އެކަން ކުރެވޭނީ އެ ސަރުކާރެއްގެ ތެރެއިން ވަަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން. ރައްޔިތުންނަށް ފެންނާނީ މަޝްރޫއުތައް ކުރިއަށް ދާ ތަން. އެހެން ނަމަވެސް އެ މަޝްރޫއުތައް އެ ހިސާބަށް އަންނަނީ ހަގީގަތުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން. ދޭދޭ ގައުމުތަކުގެ މެދުގައި ވަރަށް ގިނަ ވާހަކަތަކެއް ދެއްކެވިގެން.

ވަޒީރު

އުފަން ރަށް ފިޔޯރީގައި ވާހަކަ ދައްކަވަމުން މުއްތަލިބު ވިދާޅުވީ، އެ ހުރިހާ ކަމެއް އެހެން ހުރުމުން ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ދިނުމަށެވެ. އަދި ސަރުކާރަށް ކުރިމަތިވާ ގޮންޖެހުންތައް ގަބޫލު ކުރުމަށްވެސް ވަޒީރު އެދިވަޑައިގގަތެވެ.

ރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ 550 އަށް ވުރެ ގިނަ މަޝްރޫއުތަކެއް ހިންގަން މި ފަހުން ސޮއިކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ކުރިން ހުއްޓިފައިވާ މަޝްރޫއުތަކާއި އަލަށް ފަށާ މަޝްރޫއުތައް ހިމެނޭ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހުގައި ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި އަހަރު ނިމެންވާއިރަށް ގިނަ މަޝްރޫޢުތަކެއް ނިމިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.