ހަންގޭރީގެ ގާނޫނު ހަދާ މަޖިލިސް
ދުނިޔެ
17 Apr 2025 | 11:08
ހަންގޭރީގައި އެއްޖިންސުން ގުޅުންހިންގުން ޕްރޮމޯޓްކުރުން މަނާކޮށް، ޖިންސަކީ ހަމައެކަނި އަންހެން އަދި ފިރިހެން ކަމަށް ކަނޑައަޅައިފި

ހަންގޭރީގައި އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްކުރާ ހަރަކާތްތައް މަނާކުރުމަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހު އެގައުމުގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި އިސްލާހު ފާސްކުރުމަށް ބޭނުންވާ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ލިބުނީ ވެރިކަންކުރާ ފިޑެޒް-ކޭޑީއެންޕީ ކޯލިޝަނުގެ މެންބަރުންގެ ވޯޓުންނެވެ. މި އިސްލާހު ހުށަހެޅީ ބޮޑުވަޒީރު ވިކްޓަރ އޯބާންގެ ސަރުކާރުންނެވެ.

މި އިސްލާހުގެ ސަބަބުން އެއްޖިންސުން ގުޅުން ހިންގުމުގެ ހަރަކާތްތައް މަނާކުރުމުގެ ބާރު ޤާނޫނުއަސާސީން ލިބިދޭއިރު، މީގެ ތެރޭގައި ކޮންމެ އަހަރަކު ބުޑަޕެސްޓުގައި ބާއްވާ ޕްރައިޑް ހަރަކާތްވެސް ހިމެނެއެވެ.

މި އިސްލާހުގައި ބަޔާންކޮށްފައިވަނީ ޖިންސު ކަމުގައި ބަލާނީ ފިރިހެން އަދި އަންހެން މި ދެ ޖިންސު ކަމަށެވެ. މީގެ ސަބަބުން ޓްރާންސްޖެންޑަރ މީހުން ކަމަށް ވެގެން އުޅޭ މީހުންގެވެސް ބަލާނީ އެމީހުން އުފެދުމުގައި ހުރި ޖިންސަށެވެ. 

ހަންގޭރީ ސަރުކާރުން ބުނީ، މި އިސްލާހަކީ އަމިއްލަ ޝަޚްސިއްޔަތަށް ހުރަސްއެޅުމެއް ނޫން ކަމަށާއި، ޤާނޫނީ މިންގަނޑުތައް ބިނާވެފައިވަނީ ބަޔޮލޮޖިކަލް ހަޤީޤަތްތަކުގެ މައްޗަށް ކަން އޮޅުންފިލުވައިދިނުމަށް ކަމަށެވެ.

މި އިސްލާހާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އިހުތިޖާޖުކޮށް، މަޖިލީހުގެ ކާރު ޕާކިންގ ސަރަހައްދު ބަންދުކުރަންވެސް މަސައްކަތްކުރިއެވެ. ނަމަވެސް ފުލުހުން ވަނީ އިހުތިޖާޖުކުރި ފަރާތްތައް އެ ސަރަހައްދުން ނެރެފައެވެ.

ހަންގޭރީ ސަރުކާރުން ބުނާ ގޮތުގައި ކުޑަކުދިން ހިމާޔަތްކުރުމުގެ ސިޔާސަތުތަކުގެ ދަށުން ކުޑަކުދިންިންނަށް ހޯމޯސެކްޝުއަލިޓީއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބުން މަނާކުރުމަކީ "ވޯކް އައިޑިއޮލޮޖީ" އަދި "ޖެންޑަރ މެޑްނެސް" އިން ކުޑަކުދިން ސަލާމަތްކުރުމަށް ކޮންމެހެން ބޭނުންވާ ކަމެކެވެ.

މި އިސްލާހުގެ ސަބަބުން ހަންގޭރީ ސަރުކާރުން އެއްޖިންސުން ގުޅުން ހިންގުމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.