މިޔަރު ހަމަލާދިން މީހާ ޒަހަމްވެފައި... ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
19 Apr 2025 | 13:28
ކުޅުދުއްފުށި ކައިރިއަށް މަސްހިފަން ފޭބި މީހަކަށް މިޔަރެއް ހަމަލާދީ ޒަހަމްކޮށްލައިފި

ކުޅުދުއްފުށީ ސިޓީ ކައިރިއަށް މަސްހިފަން އުޅެނިކޮށް މިޔަރެއް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ވޮއިސްއާ މައުލޫމާތު ހިއްސާކުރި އެރަށު މީހަކު ބުނީ، އެމީހާއަށް މިޔަރު ހަމަލާދީފައިވަނީ، މިއަދު ހެނދުނު މަސްހިފަން ފައިބައިގެން  އުޅެނިކޮށްކަމަށެވެ. މިއަދު ހެނދުނު 7 ޖަހާކަންހާއިރު ހިނގި އެހާދިސާގައި އަނިޔާވެފައިވަނީ 30 އަހަރުގެ ފިރިހެނަކަށެވެ. އެމީހުން މަސްހިފަން ފޭބީ ކުޅުދުއްފުށި ކޮނިކޮށްޓާދިމާލު ބޭރަށްކަމަށްވެސް އޭނާ ބުންޏެވެ. 

މިޔަރުގެ ހަމަލާދިންމީހާގެ ކަނާތު ކޮނޑުކަށިގަނޑާ ދިމާލުން ވަރަށްބޮޑަށް ޒަހަމްވެފައިވާކަމަށާާއި، ކުޅުދުއްފުށި ހޮސްޕިޓަލުން ފަރުވާދިނުމަށްފަހު އޭނާ މާލެ ގެންދިއުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް އެމީހާ ބުންޏެވެ.

" މިޔަރު އޭނާގެ ގައިގައި ހިފުމަށްފަހު ދިޔައީޯ އަޑިއަށް. މަތީގައި އޮއްވާ އައިސް ހިފީ. އޭރު އަތުގައި މަހެއްވެސް ނެތް" ކުޅުދުއްފުށިން ވާހަކަދެއްކި މީހާ ބުންޏެވެ.

މި ހާދިސާގައި އޭނާގެ ކޮނޑު ކަށިގަނޑުވަނީ ނައްޓައިގެން ގޮސްފައެވެ. ހަމަލާދިންތާ މާގިނަ އިރެއްނުވެ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ފަރުވާދޭން ފަށައި، ލޭމަނާ ކޮށްފައިވާކަމަށް ކުޅުދުއްފުށި ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ރާއްޖޭގައި މިޔަރުގެ އާބާދީ އިތުރުވެ، މިޔަރުގެ ފަރާތުން މަސްވެރިންނަށް ނުރައްކާތެރި ކަންކަން ކުރިމަތިވަމުން އަންނަކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ. މިޔަރަކީ އޭގެ ޒާތުގައި ގަސްތުގައި މީހުންނަށް ހަމަލާދޭ އެއްޗެއް ނޫންކަމަށް ތަޖުރިބާކާރު ބޭފުޅުން ވިދާޅުވެއެވެ. އެގޮތުން މިޔަރުގެ އުޅުމަށް ބަދަލުތައް އަންނަނީ އިންސާނުން މިޔަރަށް ކާންދިނުން ފަދަ ކަންކަން ކުރާތީކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

ކޮމެންޓް
އަހުމަދު
މިޔަރު ހިމާޔަތްކުރޭ
19 Apr 2025
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.