މަގުމަތީގައި ދެ ބުޅާ
20 Apr 2025 | 14:50
އިނގުރައިދޫގައި އުޅޭ ބުޅާތައް އެރަށުން ބޭރުކުރަނީ!

ރައްޔިތުންނަށް ބުލަލުގެ އުނދަގޫ ބޮޑުވުމާއި ގުޅިގެން އިނގުރައިދޫގައި އުޅޭ ބުޅާތައް އެރަށުން ބޭރުކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

މިކަމާ ގުޅިގެން އިނގުރައިދޫ ކައުންސިލުން ވަނީ، ރައްކާތެރި ގޮތުގައި ބުޅާ ހިފައިދޭނޭ ފަރާތެއް ހޯދުމަށް ދިވެހި ސަރުކާރުގެ ގެޒެޓްގައި އިއުލާނުކޮށްފައެވެ. އިނގުރައިދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ، އެރަށުގައި އުޅޭ ބުޅާތައް، ރައްކާތެރިގޮތުގައި ހިފައި، ފަޅުރަށަކަށް ގެންގޮސްދޭނެ ފަރާތެއް ބޭނުންވާކަމަށެވެ. އެ ބުޅާތައް ގެންދިއުމަށް ނިންމާފައިވަނީ، އެއްވެސް ރަށެއްގެ އިހްތިސާސްގެ ތެރޭގައި ނުހިމެނޭ ފަޅުރަށަކަށެވެ.

އިނގުރައިދޫ ކައުންސިލުން ބުނީ އެރަށުގައި އުޅޭ ބުޅާތައް ހިފައި އެހެން ރަށަކަށް ގެންދިއުމަށް ނިންމީ، މިހާރަކަށް އައިސް އެރަށުގައި އާންމުންނަށް އުނދަގޫވާވަރަށް ބުޅާ ގިނަވެ، ބުޅާ މަދުކުރުމަށް ރައްޔިތުންގެ ފަރާތުން އެދިފައިވާތީކަމަށެވެ.

އިނގުރައިދޫ ކައުންސިލުން ބުނީ، މި މަސައްކަތް ކުރަންވާނީ ބުޅަލަށް އެންމެ ރައްކާތެރި ގޮތަށްކަމަށާއި، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިހިނގާ އޭޕްރިލްމަހުގެ 27 ވާ އާދިއްތަ ދުވަހުގެ ކުރިން އިނގުރައިދޫ ކައުންސިލް އިދާރާއަށް ކޯޓޭޝަން ހުށަހެޅުމަށް އެދޭކަމަށެވެ. އަގު ހުށަހަޅަން ޖެހޭނީ 300 ބުޅާ ހިފައިދޭ އަގަށްކަމަށްވެސް ކައުންސިލުން ބުންޏެވެ.

އާއްމުނަށް އުނދަގޫވާވަރަށް ބުޅާ ގިނަވުމުގެ މައްސަލައަކީ މިހާރު ވަރަށް ގިނަ ރަށްރަށުގެ ރައްޔިތުންގެ ޝަކުވާއަކަށް ވެފައި އޮންނަ ކަމެކެވެ. މާލޭ ސަރަހައްދުގައިވެސް ބުޅާ ގިނަވެ، ބުޅަލަށް ހާއްސަ ތަނެއްވެސް ވަނީ ހަދާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.