Advertisement

މި އުފާވެރި ދުވަހު އެންމެ ހަނދާން ވަނީ ލޯބިވާ މަންމަގެ މަތީން

މޫސައާ ޝާޒް އަދި ހުސެން

ޅ. ހިންނަވަރު, ނޫރާނީއާގެ މޫސާ މުހައްމަދު ސޯލިހު (މޫސަބެ) އާއި އަބްދުﷲ ޝާޒްލީ (ޝާޒް) އާއި ހުސައިން ޝަޔާޒް (ހުސައިން) މާސްޓާސް ހާސިލު ކުރެއްވުމަކީ އެ އާއިލާއަށް ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެކެވެ. މޫސަ އާއި ޝާޒް އަދި ހުސައިން އަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެއްބަނޑުއެއްބަފާ ތިން ބެއިންނެވެ.

އަދި އެއީ ތައުލީމީ ދާއިރާގެ ބޮޑު ޚިދުމަތްތެރިއެއް ކަމަށްވާ އައިޝަތު މުޙައްމަދު ސޯލިހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަރަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ފާތިމަތު މުޙައްމަދު ސޯލިހްގެ އެއްބަނޑުއެއްބަފާ ބޭފުޅުންނެވެ.

ތިންބެއިން އެކުއެކީ ތައުލީމީ ދާއިރާއިން މި ހޯދި ބޮޑު ކާމިޔާބީއާއެކު އައިޝަތު މުޙައްމަދު ސޯލިހް ވަނީ އެކަމަނާގެ ހިތްޕުޅުގައި އުފެދިފައިވާ ޝުއޫރުތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފަ އެވެ. ތާޖުއްދީން ސުކޫލާއި މަޖީދިއްޔާ ސުކޫލު ފަދަ ބޮޑެތި ސުކޫލުތައް ހިންގެވި އަދި ތައުލީމީ ދާއިރާ އިން އެންމެ ފާހަގަކޮށްލެވުނު ޕްރިންސިޕަލުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ އައިޝަތު ވިދާޅުވި ގޮތުގައި އެއްބަނޑުއެއްބަފާ އެ ތިން ބެއިންނަކީ އާދަޔާ ޚިލާފު ނަމޫނާ އެކެވެ.

Advertisement

އާއިލާއާ އެންމެނަށް ދައްކައިދެނީ ނަމޫނާ

އައިޝަތު ވިދާޅުވި ގޮތުގައި މޫސައާ ޝާޒް އަދި ހުސެން, މިތިން ބެއިން ހާސިލުކުރި އަރުތަޔަށް (މާސްޓާސް އިން ރިވީލްޑް ނޮލެޖް) ހޫނު މަރުހަބާ ކިޔަނީ އުފަލާ ފަހުރުވެރިކަމާއި އެކު އެވެ.

އަދި އެ ތިންބެއިންގެ ފަރާތުން މުޅި އާއިލާއާ ދިރިތިބި ކޮންމެ މީހަކަށް ދައްކައިދެނީ ނަމޫނާ ކަމުގައި ވިދާޅުވި އެވެ.

"އިލްމުވެރީން ބުނެ އުޅޭ ފަދައިން ކާމީޔާބީއަކީ ކުރެވޭ ދަތުރެއް ކަމުގަ ދައްކާ ކާމިޔާބީގެ ދަތުރު، މަންޒިލަކަށް ފަހު މަންޒިލެއް ކަޑައްތު ކުރަމުން ތިދަނީ ދައްތަމެންނަށާ ބޭބެމެނަށް އަދި ކޮއްކޮމެނަށާ ދިރި ތިބީންނަށް ހައިރާން ކުރުވަނިވި ނަމޫނާ ދައްކަމުންނެވެ,"

ހުރި ނުކުޅެދުންތެރިކަމަކީ ކުޅެދުންތެރިކަމަށް ހުރި ހުރަހެއްކަމަށް ނުބަލައެ ތިން ބެއިން ނުބަލަ އެވެ. ކުރިމަތިލީ ކޮންމެ ރޭހެއް ސަލާމަތުން ތިބި މީހުނަށް ދޫނުކޮށް ބާރު ސްޕީޑްގައި ދަނީ ނިންމަމުންނެވެ.

އެންމެ ހަނދާން ވަނީ ލޯބިވާ މަންމަގެ މަތީން

މޫސައާ ޝާޒް އަދި ހުސެން މާސްޓާސް ހާސިލުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ. އިސްލާމިކް ޔުނިވާސިޓީންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެ ތިންބެއިންނަށް ވަނީ ސަނަދު ހަވާލުކޮށްފަ އެވެ.

އެ ރޭ ވެސް އެ ތިންބެއިން އެންމެ ބޮޑަށް ފާހަގަކުރީ އެ މީހުންގެ ހުރިހާ ވެސް ކާމިޔާބެއްގެ ފަހަތުގައިވާ އެ މީހުންގެ ލޯބިވާ މަންމަ ދުނިޔޭގައި ނެތެވެ. އާއިލާގެ ތަނބު ކަމުގައިވާ 13 ކުދީންގެ މަންމަ, ވަނީ މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު ނިޔާވެފަ އެވެ.

މޫސައާ ޝާޒް އަދި ހުސެން އެ މީހުންގެ މަންމައާ އެކު 

އައިޝަތު ވެސް ފާހަގަކުރި އެކަމެވެ.

"އެ ތިން ބެއިން މާސްޓާސް ހާސިލުކުރީ މި އުފާވެރި ދުވަހު އެންމެ ހަނދާންވަނީ ލޯބިވާ މަންމަގެ މަތީންނެވެ. ކުރެވެނީ މަންމަ ނެތްކަމުގެ ހިތްދަތި އިހުސާސެވެ," އައިޝަތު ލިޔުއްވާފައިވެ އެވެ.

އައިޝަތު ވިދާޅުވި ގޮތުގައި އެ މީހުންގެ މަންމަ, އެ ހުރިހާ ކުދީންނަށް ދިރިއުޅުން ހޯދަދޭން ވެފައިވަނީ ވަރުގަދަ ގުރުބާނީ އެކެވެ. ބައްޕަޔަކު ދުނިޔޭގަ ނެތި 13 ދަރީން ތަރުބިއްޔަތު ކުރަން ގެންގުޅުނު އާދަޔާ ހިލާފު ކެތްތެރިކަމާ ލީޑާޝިޕެވެ.

މޫސައާ ޝާޒް އަދި ހުސެން އަކީ ލޯފަން ތިން ބެއިން ނަމަވެސް އެއީ ތައުލީމް ހޯދުމަށް ގަދައަޅާ މަސައްކަތްކޮށް ކާމިޔާބު ހޯދި ނަމޫނާ ތިން ޝަހުސިއްޔަތުންނެވެ. ކީރިތި ގުރުއާން ހިތުން ދަސްކުރި އެވެ. ވަޒީފާ އަދާކޮށް އަމިއްލަ ދިރިއުޅުން ބިނާކުރި އެވެ.

ޑިގްރީ ހާސިލުކޮށް މިއަދު އެ ވަނީ މާސްޓާސް ހާސިލުކޮށްފަ އެވެ. އަދި ވެސް ބޭނުންވަނީ ފުރުސަތު ލިބިއްޖެނަމަ ތައުލީމީ ގޮތުން އެއަށް ވުރެ އުހަށް ދާށެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement