މިނިސްޓަރ އަހުމަދު ޝިޔާމް: ފޮޓޯ/ ޕީއެންސީ
ހަބަރު
23 Apr 2025 | 11:43
2000 އަށް ވުރެ ގިނަ ޕްރޮޖެކްޓް މިއަހަރު ކުރިއަށް ދާނެ: މިނިސްޓަރ ޝިޔާމް

އެންމެ ގިނަ ޕްރޮޖެކްޓް އެއްފަހަރާ ހިނގާނީ މި އަހަރު ކަމަށާއި، 2000 އަށް ވުރެ ގިނަ ޕްރޮޖެކްޓް މި އަހަރު ކުރިޔަށްގެންދިޔުމަށް ރާވައިފައިވާ ކަމަށް ފިޝަރީސް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝިޔާމު ވިދާޅުވީ ރައީސް މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރު ވެގެން ދިޔައީ މާލީ ގޮތުން އެކިގޮތްގޮތުން ދަތި އުނދަގޫތަކާއި ކުރިމަތިވި އަހަރެއް ކަމަށެވެ. އެހެންނަމަވެސް، ވެރިކަމުގެ މިހާ ހިސާބަށް އައިސްފައި ވާއިރުވެސް ފައިސާ ޗާޕު ނުކޮށް، ވަޒީފާވެރިންނަށް މުސާރަދީ، ތަރައްގީގެ މަޝްރޫއުތައް ފަށައިގަތުމުގައި ކާމިޔާބުވެފައިވާ ކަމަށް ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން، ރައީސް މުޢިއްޒު ރައްތިތުންނަށް ބޭނުންވެފައިވާ ކަންކަން ފޯރުކޮށްދިނުމަށް ވައުދުވެވަޑައިގެންފައި ވަނީ އެކަންކަން ކޮށްދެވޭނެތީ ކަމަށް ވެސް މިނިސްޓަރ ޝިޔާމު ވިދާޅުވިއެވެ. އެގޮތުން އިއްޔެ ހިންގެވި ކެބިނެޓް ވޯކިން ސެޝަނުގައި، މިހާރު ކުރިއަށް ގެންދަމުންދާ މަޝްރޫއުތައް ބާރުކުރާނެ ގޮތުގެ މަޝްވަރާތައް ކުރެއްވައި ތަރުތީބު ކުރައްވައިފައި ވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ، 2025 އަކީ ރައީސް މުޢިއްޒުގެ ސަރުކާރުގައި އަދާހަމައަށް އެންމެ ގިނަ ޕްރޮޖެކްޓް ހިންގާނެ އަހަރެއްކަމަށް ރައީސް މުޢިއްޒު ބުނެދެއްވި ކަމަށެވެ. 

"މި އަހަރަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ ގިނަ ޕްރޮޖެކްޓް އެއްފަހަރާ ހިނގާނެ އަހަރުކަން އަޅުގަނޑަށް މިއަދުވެސް ބުނެދިން. ދެ ހާހަށް ވުރެ ގިނަ ޕްރޮޖެކްޓް އަޅުގަނޑުމެން ގުނާލީމަ މި އަހަރު އެކަނި އެއްފަހަރާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާނެކަން އަޅުގަނޑުމެންނަށް ޔަގީންވެގެން މިއަދުވެސް ދިޔައީ" ޝިޔާމް ވިދާޅުވިއެވެ. 

މީގެ އިތުރުން މިނިސްޓަރ ޝިޔާމް ވިދާޅުވީ، ރާއްޖެއަށް ތަރައްގީ ގެންނެވުމުގައި ރައީސް މުޢިއްޒު ކާމިޔާބުވެވަޑައިގެންފައި ވަނީ، އެމަނިކުފާނަށް ނަގަން ޖެހިވަޑައިގަންނަވާ އުދަނގޫ ޑިސިޝަންތައް ނެންގެވުމަށް އެމަނިކުފާނު ކެރިވަޑައިގަންނަވާތީ ކަމަށެވެ. އަދި މިގޮތުން ގެނެސްދެއްވި ބަދަލު ތަކުގެ ސަބަބުން އިގްތިސާދީ ގޮތުން ދިމާވި އުނދަގޫ ހާލަތުން އަރައިގަނެ އިގްތިސާދު މިއަދު ކޮޅަށްގެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.