އިމާމް ބުދައިރު:ފޮޓޯ އިސްލާމީކަންކަމާ ބެހޭ ވުޒާރާ
ހަބަރު
23 Apr 2025 | 10:47
މިރޭ ސަލްމާން މިސްކިތުގައި އިމާމުވެ ނަމާދުކުރައްވާނީ ނަބަވީގެ އިމާމު ޑރ. ބުދައިރު

މާލޭގެ ސަލްމާން މިސްކިތުގައި މިރޭ އިމާމްވެ ނަމާދުކުރައްވަން މަސްޖިދުއްނަބަވީގެ އިމާމު ފަޟީހަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ހަމަޖެހިފައިވާ ކަމަށް އިސްލާމީކަންކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ. 

އިމާމް ބުދައިރު އިމާމުވެ ކުރެއްވުމަށް ހަމަޖެހިފައިވަނީ މަޣްރިބު ނަމާދާއި އިޝާ ނަމާދެވެ.

އަދި މިއީ އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިމާމުވެ ނަމާދުކުރައްވާ ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން މާދަމާ ރޭ ވެސް އިމާމު ބުދައިރު އިމާމުވެ އިޝާ ނަމާދު ކުރައްވާނޭ ކަމަށާއި، އިޝާ ނަމާދު ފަހުން އިސްލާމީ މަރުކަޒިގައި ޚާއްސަ ދަރުސެއް ދިނުމަށް ނިންމާފައިވާ ކަމަށްވެސް މި ވުޒާރާއިން ހާމަކޮށްފައިވެއެވެ. 

މި ހަފުތާ ހޯމަ ދުވަހު އިމާމު ބުދައިރު ރާއްޖެ ވަޑައިގެންފައިވާ އިރު، އިއްޔެ އެމަނިކުފާނު ވަނީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އަރިހަށް ޒިޔާރާތްކުރައްވާފައެވެ. އަދި އިސްލާމީކަންކަމާ ބެހޭ ވުޒާރާގެ އިސްވެރިންނާއި ބައްދަލުކުރައްވައި، ހުކުރު މިސްކިތަށް ވެސް ވަޑައިގެންނެވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.