ކަސްޓަމްސްއިން ނައްތާލާފައިވާ ސިނގިރޭޓު:ފޮޓޯ/ކަސްޓަމްސް
ހަބަރު
26 Apr 2025 | 12:49
ކަސްޓަމްސްގެ ބެލުމުގެ ދަށުގަ ހުރި އެއްމިލިއަނަށްވުރެ ގިނަ ސިނގިރޭޓް ނައްތާލައިފި

ގާނޫނާއި ޚިލާފަށް އެތެރެކުރަން އުޅުމުގެ ތެރޭގައި ކަސްޓަމްސްއިން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ ސިނގިރޭޓް ނައްތާލައިފިއެވެ.

މި ސިނގިރޭޓުތައް ނައްތާލާފައިވަނީ މިދިޔަ ބްރާސްފަތި ދުވަހު ކ. ދޫނިދޫގައެވެ. މިކަމާ ގުޅޭގޮތުން މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފައިވަނީ، ނައްތާލެވިފައިވަނީ 1،359،180 (އެއް މިލިއަން ތިން ސަތޭކަ ފަންސާސް ނުވަ ހާސް އެއްސަތޭކަ އަށްޑިހަ) ސިނގިރޭޓު ސްޓިކް ކަމަށެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެއްޗަކީ ގާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު)ގެ ތިންވަނަ ބާބު (ދުންފަތުގެ ބާވަތްތައް ޕެކެޓުކޮށް ބަންދުކުރުމާއި ލޭބަލްޖެހުން)، 8 ވަނަ ބާބު (ހުއްދަ ދޫކުރުން) އާއި ޚިލާފަށް ރާއްޖެއަށް އެތެރެކުރަށް އުޅުމުގެ ތެރޭގައި ހިފެހެއްޓި ތަކެތި ކަމަށެވެ. އެހެންކަމުން ކަސްޓަމްސްގެ އާންމު ގަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން ކަސްޓަމްސް ކޮންޓްރޯލްގެ ބެލުމުގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި ކަސްޓަމްސްއިން އަމަލުކުރާ އުސޫލުގެ ދަށުން އެތަކެތި މިހާރު ވަނީ ނައްތާލާފައިކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

ދުންފަތް ކޮންޓްރޯލްކުރުމުގެ ޤާނޫނުގެ ދަށުން ދުންފަތުގެ ބާވަތެއް އުފައްދަން ބޭނުންކުރާ އާލާތެއް އެތެރެކޮށްފިނަމަ އެއެއްޗެއް ހިފަހައްޓައި ނައްތާލުމަށް ސިއްހީ ވުޒާރާއިން ވަނީ ކަސްޓަމްސްއަށް އަންގާފައެވެ. ސިއްހީ ވުޒާރާއިން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއަށް މީގެކުރިން ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާކަމެއްކަމުގައިވާތީވެ، ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ އެއްޗެއް ނުވަތަ އެއްވެސް އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފިނަމަ، އެތަކެތި ހިފަހައްޓައި ނައްތާލުމަށް ދަންނަވާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.