ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު:ފޮޓޯ/އެމްއޭސީއެލް
ވިޔަފާރި
26 Apr 2025 | 21:10
ވީއައިއޭގެ އައު ޓާމިނަލާއި އެކު ރާއްޖޭގެ އިގުތިޞާދު 5.2 އިންސައްތަ މައްޗަށް

ވޯލްޑް ބޭންކުން އާންމު ކޮށްފައިވާ "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ ވައިގެ ބަނދަރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އައު ޓާމިނަލް ހުޅުވުމާއެކު މި އަހަރު ރާއްޖޭގެ އިގުތިޞާދު 5.2 އިންސައްތައިން ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ.

މި ރިޕޯޓުގައި ވޯލްޑް ބޭންކުން ލަފާކޮށްފައިވާ ގޮތުން، އައު ޓާމިނަލްގެ ޚިދުމަތްތައް ފެށުމާއިއެކު ފަތުރުވެރިންގެ އަދަދު އިތުރުވެ، އިގުތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށެވެ. ހަމަ މިއާއިއެކު، އިގުތިޞާދީގޮތުން ގިނަ ގޮންޖެހުންތަކަކާއި ރާއްޖެ ކުރިމަތިލާންޖެހޭނެކަމަށް ވެސް ފާހަގަކޮށްފައި ވެއެވެ. ސަބަބަކީ ބައިނަލްއަގުވާމީ ބާޒާރުގައި އަގުތައް އުފުލުމާއި، މިއަހަރާއި އަންނަ އަހަރު އަނބުރާ ދައްކަންޖެހޭ ލޯނުތައް ހުރުން ފަދަ ކަންކަމެވެ. 

މިކަންކަމުގެ ސަބަބުން ރާއްޖެއަށް އެއްޗެހި އެތެރެ ކުރުމަށް ހުރަސްއެޅި، ރައްޔިތުންނަށް ބޭނުންވާ ރާއްޖެއިން ބޭރުން އެތެރެކުރާ ސާމާނު ލިބުމަށް ދަތިވުން އެކަށީގެންވެއެވެ. އެއްޗެހި އެފެއްދުމުގެ އަގާއި އެކު އެއްޗެހީގެ އަގު މަތުވުމަކީ އާންމު ރައްޔިތުންނަށް ލިބޭ މުސާރައިން ގޭގޭ ޚަރަދު ހިފެހެއްޓުމަށް ދަތިވާކަމެކެވެ. 

އެހެންނަމަވެސް، ސަރުކާރުގެ ޚަރަދުތައް މި ވަގުތުން ކުޑަކުރުމަށް ފިޔަވަޅުތައް އަޅައިފިނަމަ ކުރިއެރުން ލިބޭނެކަމަށް ވޯލްޑް ބޭންކުން ފާހަގަކުރެއެވެ. ބަޖެޓަށް ގެންނަ ބަދަލުތަކުން ވަޒީފަވެރިންގެ މުސާރައަށްވެސް އަސަރު ކޮށްފާނެކަމަށް ފާހަގަކޮށް ވޯލްޑް ބޭންކިން ލަފާދެނީ ރައްޔިތުންނަށް ދަތި ނުވާ ގޮތަށް ޚަރަދުތައް ހަމަޖެއްސުމެވެ. މިފަދަ ބަދަލުތަކާއި އެކީ އިގުތިޞާދު ކުރިއަރާނެކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.