އީރާނުގެ އައްބާސް ބަނދަރުގައި ހިނގި ހާދިސާ.. ފޮޓޯ: އީރާން ޓްޑޭ
ދުނިޔެ
26 Apr 2025 | 21:40
އީރާނުގެ އެންމެބޮޑު އެއް ބަނދަރުގައި ބާރުގަދަ ގޮވުމެއް ގޮވައި 5 މީހަކު މަރުވެއްޖެ!

އީރާނުގެ އެންމެބޮޑު އެއް ބަނދަރުކަމަށްވާ އައްބާސް ޕޯޓްގައި ބާރުގަދަ ގޮވުމެއް ގޮވައި 5 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.

އީރާނުގެ މީޑިއާތަކުން ބުނާގޮތުގައި އައްބާސް ޕޯޓްގައި މި ގޮވުން ގޮވާފައިވަނީ ޕޯޓްގައިހުރި ނުރައްކާތެރި ކެމިކަލްތަކެއްގައި ރޯވެގެންކަމަށް ލަފާކުރެވޭ ކަމަށެވެ. މި ހާދިސާގައި 700 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާކަމަށް އެޤައުމުގެ މީޑިއާތަކުން ބުންޏެވެ.

އީރާނުގެ ޤައުމީ ޓީވީން ބުނެފައިވަނީ، މި ހާދިސާ ހިނގާފައިވަނީ، ކެމިކަލްތަކެއްގައި ރޯވެގެން ކަމަށާއި، އެ ހާދިސާ ހިނގާފައިވަނީ އެ ކެމިކަލްތައް ރައްކާތެރިގޮތުގައި ބެހެއްޓުމަށް ކަމާބެހޭ އިދާރާތަކުން މީގެކުރިން އިންޒާރުވެސް ދީފައިވަނިކޮށެވެ. އައްބާސް ބަނދަރު ހުންނަނީ އީރާންގެ ވެރިރަށް ތެހެރާނާ 1،000 ކިލޯމީޓަރުގެ ދުރުމިނެއްގައެވެ. 

އީރާނުގެ އައްބާސް ބަނދަރުގައި ހިނގި ހާދިސާ.. ފޮޓޯ: އީރާން ޓްޑޭ

އައްބާސް ބަނދަރުގައި ހިނގި މިހާދިސާގައި ގޮވުން ގޮވި ސަރަހައްދުގެ އިތުރުން ކައިރި ހިސާބުތަކަށް ވަނީ ގޮވުމުގެ އަސަރު ވަރަށްބޮޑަށް ކޮށްފައެވެ. ނަމަވެސް ގޮވުމުގެ އަސަރުކުރި ދުރުހިސާބުތަކަށް މާބޮޑެތި ގެއްލުންތައް ވެފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާއާ ހިނގާފައިމިވަނީ އީރާނުގެ ނިއުކްލިއާ މައްސަލާގައި އޮމާންގެ ވެރިރަށް މަސްކަޓްގައި އެމެރިކާ އާއި އިރާން ނުސީދާ ވާހަކަތަކެއް ބާއްވަމުންދަނިކޮށެވެ. މި ވާހަކަތަކުގެ މެދުވެރިއެއްގެ ބައި އަދާކުރަނީ އޮމާނުންނެވެ.

ބަނދަރުގައި ހިނގާދިޔަ މި ހާދިސާއާ ގުޅޭގޮތުން އެންމެފުރަތަމަ ވާހަކަ ދައްކާފައިވަނީ އިސްރާއީލުންނެވެ. އިސްރާއީލަށް ވާގިވެރިވާ ބައެއް މީޑިއާތަކުން ބުނެފައިވަނީ، އައްބާސް ބަނދަރުގައި މިއަދު ހިނގާދިޔަ އެ ހާދިސާއާ އިސްރާއީލާ އެއްވެސް ގުޅުމެއް ނުވާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭ
ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ވައިފައި ދާއިރާގެ ތަޖުރިބާކާރު އެލެކްސް ހިލްސް ހާމަކުރައްވައިފިއެވެ.
24 Jul 2026
ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފި
ޖުލައި މަހު ރާއްޖެއިން ޢުމްރާއަށް ދިޔަ 5,565 އަށްވުރެ ގިނަ މީހުން ފުރުވާލުމަށް އެމްއޭސީއެލްގެ ތިން ޑިޕާޓްމެންޓް ގުޅިގެން ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައި، ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދީފި.
24 Jul 2026
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން
މި މުބާރާތަކީ، ކުރިއަށް އޮތްސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއްހޮވުމަށް ބާއްވާ މުބާރާތެކެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީ.އެމް.ޖީ.ސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.
24 Jul 2026
ދަރުމަވަންތައާއި އައިޖީއެމްއެޗަށް މިއަހަރު ދިވެހި 16 ޑޮކްޓަރުން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚިދުމަތް ދެއްވުމަށް މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރެއްވި ދިވެހި 16 ޑޮކްޓަރުން ގުޅިވަޑައިގެންފައިވާ ކަމަށް އެ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
24 Jul 2026
ސައުދީ ނިއުކްލިއާ އެއްބަސްވުން ކުރިއަށް ގެންދެވޭނީ އިސްރާއީލް ބަލައިގަތީމާ
ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމާއި ނިއުކްލިއާ ރިއެކްޓަރުތައް ބިނާކުރުމަށް އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހުއްދަ ދޭ އެއްބަސްވުން ތަންފީޒުވާނެ ހަމައެކަނި ގޮތަކީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުމުން ކަމަށެވެ.
24 Jul 2026
ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި
އިންޑިއާގެ ތަޢުލީމީ ވަޒީރު ދަރްމެންދްރަ ޕްރަދާން ވަކިކުރުމަށް ގޮވައިލައި 26 ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ސޯނަމް ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ޤައުމުގައި ހަމަނުޖެހުން ހިނގައިފާނެ ކަމުގެ ބިރާ ގުޅިގެން ނިންމައިލައިފިއެވެ.
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި