ބްރޮޑްކާސްޓް ކުރުމުގައި ބައެއް ސްޓޭޝަންތަކުން ބޭނުންކުރާ ޑިޝް އެންޓަނާތަކެއް.. ފޮޓޯ: ވޮއިސް
ހަބަރު
27 Apr 2025 | 22:04
ކޮމިޝަނަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި ބްރޯޑްކާސްޓިން ކޮމިޝަން ފަރުވާކުޑަ: އޮޑިޓަރ ޖެނެރަލް

ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި އެ ކޮމިޝަނުން މާލިއްޔަތު ޤަވާއިދާ އެއްގޮތަށް އަމަލުކުރަމުން ގެންގޮސްފައިނުވާކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ނެރުއްވާފައިވާ ބްރޯޑްކާސްޓިން ކޮމިޝަނުގެ 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނެފައިވަނީ، އެ ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ އަދަދު 26.5 މިލިއަން ރުފިޔާއަށް އަރާކަމަށެވެ. އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައިވާގޮތުން އެ ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދު އަދި ބްރޯޑްކާސްޓް ކުރުމުގެ ޤަވާއިދާ އެއްގޮތަށް ކޮމިޝަނުން އަމަލުކުރަމުން އައިސްފައެއް ނުވެއެވެ.

އޮޑިޓަރ ޖެނެރަލް ވަނީ ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެކޮމިޝަނުން ކުރި މަސައްކަތްތައް ފާހަގަކޮށްފައެވެ. އެގޮތުން ފައިސާ ހޯދުމަށްޓަކައި ނޯޓިސް ފޮނުވިނަމަވެސް އިތުރު ފިޔަވަޅުތައް އަޅަމުން ގެންގޮސްފައި ނުވާަކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ވަނީ ބުނެފައެވެ.

އެގޮތުން ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ ތެރޭގައި ނުލިބި ގިނަ އަހަރުވެފައިވާ ފައިސާ ހިމެނޭކަންވެސް އޮޑިޓަރ ޖެނެރަލް ވަނީ ރިޕޯޓްގައި ފާހަގަކޮށްފައެވެ.

2022 ވަނަ އަހަރުގެ ނިޔަލަށް ނުލިބިވާ ފައިސާގެ ތަފްސީލް:

ބްރޯޑްކޮމްއަށް ލިބެންޖެހޭ ފައިސާ.. 

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެންމެބޮޑު އަދަދެއް ހިއްސާ ކުރަނީ ދައުލަތުގެ މީޑިއާއިންނެވެ. މީގެ އިތުރުން ބައެއް އަމިއްލަ ޓީވީ ޗެނަލްތަކުންވެސް ބްރޯޑްކާސްޓިންފީ ނުދައްކާ ހުރިކަމަށް މައުލޫމާތު ލިބެއެވެ.

 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.