ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު ނަރީޝް (ވ) އަދި އެފްއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ (ކ)
ހަބަރު
28 Apr 2025 | 11:38
ޔާމީންގެ ދިފާއުގައި ހެކިބަސް ދޭން ނަރީޝް އާއި ޝުއާއުالله ދެކޮޅު ހަދައިފި

ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލައިގައި ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ޔޫތް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު ނަރީޝްއާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުالله ސައީދު އެމަނިކުފާނުގެ ދިފާޢުގައި ހެކިބަސް ނުދޭން ނިންމައިފި އެވެ.

ފުއްގިރި ކުއްޔަށް ދިނުމުގައި ހިޔާނާތްތެރިވި މައްސަލައިގައި ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.

ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ.

މިއަދުގެ އަޑު އެހުމުގައި ހެކި ބަސް ނެގުން ކުރިން ތާވަލް ކުރެވިފައި އޮތީ އަހުމަދު ކުރިކު ރިޒާ، އަބްދުالله ރަޝީދު، ޝުޢާއުالله ސައީދު އަދި އަހުމަދު ނަރީޝުގެއެވެ. 

މި އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ވިދާޅުވީ ނަރީޝް އާއި ޝުޢާއުގެ ހެކިބަސްދެއްވަން އުޒުރުވެރިވާކަން އަންގައި، ކޯޓަށް ސިޓީ ފޮނުއްވާފައިވާ ކަމަށެވެ.

އެހެންކަމުން އެ ދެބޭފުޅުންގެ ހެކިބަސް ނަގާނީ ޔާމީން ބޭނުންފުޅުވާ ނަމަ ކަމަށާ، ނަރީޝް އާއި ޝުއާއު ބަންދުކޮށްގެން ކޯޓަށް ހާޒިރުކޮށް ހެކިބަސް ނެރުމުގެ އަމުރެއް ނެރެން ބޭނުންވޭތޯ ގާޒީ، ޔާމީނާ ސުވާލުކުރެއްވި އެވެ.

ނަމަވެސް އެކަން ކުރަން ބޭނުން ނުވާ ކަމަށް ޔާމީންގެ ވަކީލު ޑރ. މުޙައްމަދު ޖަމީލް ވިދާޅުވިއެވެ. އެއާއެކު ގާޒީ ވަނީ މައްސަލައާއިގެން ކުރިއަށްދާން ބޭނުންވަނީ އެ ދެ ފަރާތުގެ ހެކިބަހާ ނުލާ ތޯ ސުވާލު ކުރައްވާފައެވެ.

"އެ ދެފަރާތް ނުލައި ކުރިއަށް ދާން ބޭނުންވަނީ. މަޖުބޫރުކޮށްގެން ހާޒިރު ކުރާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން،" ޖަމީލް ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި ދެން ހެކިބަސް ނަގަން އޮތް އަބްދުالله ރަޝީދުވެސް ކޯޓަށް ހާޒިރުވެފައި ނުވާތީ ހެކިބަސް ނުނެގުނެވެ.

އެހެންކަމުން އަބްދުالله ރަޝީދާއި، ޔާމީންގެ ފަރާތްޕުޅުން ދެން ދިފާޢީ ހެއްކެއްގެ ގޮތުގައި ހުށަހަޅުއްވާފައިވާ އަހުމަދު ކްރިކް ރިޒާގެ ހެކިބަސް ނެގުން އަންނަ މަހުގެ 26 އަށް ގާޒީ ވަނީ ބަދަލުކުރައްވާފަ އެވެ.

އެއަށްފަހު ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ޖޫން 17 ގައި އަޑުއެހުމެއް ބާއްވައި، ހުލާސާ ބަޔާން އިއްވުން ޖުލައި 20 ގައި އޮންނާނެ ކަމަށް ގާޒީ ވަނީ މިއަދު ވިދާޅުވެފައެވެ. 

މި މައްސަލާގައި ކްރިކް ރިޒާގެ މައްޗަށްވެސް ދައުވާ ކުރެވުނު ނަމަވެސް ދައުލަތުން ވަނީ އެ ދައުވާތައް އަނބުރާ ގެންގޮސްފައެވެ. އަދި، ސަންގެ ދެ ކުންފުންޏަކަށް މި މައްސަލާގައި ކުރާ ދައުވާތަކުގެ ޝަރީއަތް ވަކި ޝަރީއަތެއްގައި ގެންދަން މިހާރު ވަނީ ނިންމައިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.