ރައީސް މުޢިއްޒުގެ މެލޭޝިއާ ދަތުރުފުޅުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
28 Apr 2025 | 15:52
މެލޭޝިޔާއިން ކިޔާފައިވާ ހޫނު މަރުޙަބާއާއި ދިން ފުރިހަމަ މެހެމާންދާރީއަށް ރައީސް މުޢިއްޒުގެ ޝުކުރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ފަރާތުން ކިޔާފައިވާ ހޫނު މަރުޙަބާ އަށާއި، ދިން ފުރިހަމަ މެހެމާންދާރީއަށް އެގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހިމަށް ޝުކުރުއަދާކުރައްވައިފިއެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ގިނަ މަޝްވަރާތަކެއް ކުރައްވައި، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކުރެއްވިއެވެ.

ދަތުރުފުޅާއި ގުޅިގެން ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްއާއި މެލޭޝިއާ ސަރުކާރުން ދެއްވި ހޫނު މަރުޙަބާއާއި މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އަދި ދެ ޤައުމުގެ ސަރުކާރުތަކުން ބޭއްވި ރަސްމީ މަޝްވަރާތައް ވަރަށް ފައިދާހުރި ގޮތެއްގައި ކުރިއަށްގެންދެވުނު ކަމަށާއި، ތަރައްޤީގެ މަޝްރޫއު ތަކުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި މެލޭޝިއާ ދެމެދު ފަތުރުވެރިކަމާއި، ކުޅިވަރާއި، ޞިއްޙަތާ ގުޅޭ ދާއިރާތަކުން އެއްބަސްވުންތަކެއްގައި ސޮއިކުރެވުނެވެ. މީގެ އިތުރުން ދެ ޤައުމުގެ މެދުގައި ޑިޕްލޮމެޓިކް ތަމްރީނާއި، މަޝްވަރާތަކާ ގުޅޭ ނޯޓްތަކެއްވެސް ބަދަލުކުރެވުނެވެ.

މި ދަތުރުފުޅާއި ގުޅިގެން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދެ ޤައުމުގެ މެދުގައި ބޭއްވުނު ބައްދަލުވުމުގައި ވިޔަފާރި، ތަޢުލީމު، ފަތުރުވެރިކަން، މޫސުމަށް އަންނަ ބަދަލުތައް، ގައުމީ ސަލާމަތް، ޒުވާނުންނާއި ކުޅިވަރު، އިސްލާމިކް ބޭންކިންގ، ޙަލާލު އިންޑަސްޓްރީ، ކޮރަޕްޝަން ހުއްޓުވުން، ޑިޖިޓަލް ޓެކްނޮލޮޖީ، އިއާދަކުރަނިވި ހަކަތަ އަދި އާޓިފިޝަލް އިންޓެލިޖެންސްއާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

އަދި މިޔަންމާރު، ޣައްޒާ އަދި އެމެރިކާގެ ޓެރިފްތަކާ ގުޅޭ ސަރަޙައްދީ މައްސަލަތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނު ކަމަށް ވިދާޅުވިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިތުރަށް ވިދާޅުވެފައިވަނީ، މި މަޝްވަރާތަކުގައި ވާހަކަދެކެވުނު ކަންތައްތައް ފުރިހަމައަށް ތަންފީޒުކުރުމަށް މިނިސްޓްރީތަކާއި އެޖެންސީތަކުގެ ފެންވަރުގައި މަސައްކަތްކުރާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ