N/A
N/A
ހަބަރު 12 May 2019 | 22:24

ލިވަޕޫލް ކުރި ދިގު އިންތިޒާރު ފެނަށް، ސިޓީ ޗެންޕިއަންކަން ހޯދައިފި

ލީގުގެ އެންމެ ފަހު މެޗުގައި ބްރައިޓަން 4-1 ކުން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެންޕިއަންކަން މެންޗެސްޓާ ސިޓީ ހޯދައިފިއެވެ.

މެޗުގެ 27 ވަނަ މިނެޓުގައި ފުރަތަމަ ގޯލް ބްރައިޓަންއިން ޖަހާ ސިޓީގެ ސަޕޯޓަރުން ހާސްކަމުގެ ތެރެއަށް ވައްޓާލިއިރު ސިޓީވަނީ އޭގެ މިނެޓެއް ފަހުން 28 ވަނަ މިނެޓުގައި ގޯލެއް ޖަހާ ނަތީޖާ އެއްވަރު ކޮށްފައެވެ. މި ގޯލް ސިޓީއަށް ޖަހައިދިނީ އާޖެންޓީނާގެ ތަރި ސާޖިއޯ އަގުއޭރޯއެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިމެން ގާތްވެފައިވަނިކޮށް މަހްރޭޒް ނަގައިދިން ކޯނަރަކުން ލަޕޯޓް ބޮލުން ގޯލު ތެރެއަށް ވައްދާލި ގޯލާއެކު ސިޓީވަނީ މެޗުގެ ކުރި ހޯދާފައެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ސިޓީވަނީ ދެވަނަ ހާފުގައިވެސް ގިނަ ހަމަލާތަކެއް އުފައްދާ މުޅި މެޗް ޑޮމިނޭޓް ކޮށްފައެވެ. އޭގެ ނަތީޖާއަކަށްވީ މަހްރޭޒް ޖެހި ގޯލާއެކު އެޓީމުގެ ލީޑް ދެ ގޯލަށް ފުޅާވެ މެޗުގެ ނަތީޖާ 3-1 ކަށް ބަދަލުވުމެވެ.

ސިޓީއަށް އިތުރު ހިތްހަމަ ޖެހުމެއް ލިބުނީ 72 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ގުންޑޮގަން ވަރަށް ރީތިކޮށް ފޮނުވާލައިގެން ކާމިޔާބު ކުރި ގޯލުންނެވެ.

ސިޓީއައި އެންމެ ގާތުން ވާދަކުރި ލިވަޕޫލް ކުޅުނު މެޗު އެޓީމް ކާމިޔާބު ކުރީ މި ސީޒަނުގައި ހައިރާން ކުރުވަނިވި ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ ވުލްވްސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. 2-0 ކުން ލިވަޕޫލް މޮޅުވި މި މެޗުގައި އެޓީމުގެ ގޯލުތައް ޖަހައިދިނީ މާނޭއެވެ.

ސިޓީ 98 ޕޮއިންޓް ހަމަކޮށްގެން ސިޓީ ލީގް ކާމިޔާބު ކުރި އިރު ލިވަޕޫލްއަށް ލިބިފައިވަނީ 97 ޕޮއިންޓެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުލް ކޮންޓެއިނަރު ކާގޯ ކްލިއަރެންސްގެ ޚިދުމަތް ތިލަފުށީގައި ފަށައިފި
27 Oct 2026 ހަބަރު

ފުލް ކޮންޓެއިނަރު ކާގޯ ކްލިއަރެންސްގެ ޚިދުމަތް ތިލަފުށީގައި ފަށައިފި

ތިލަފުށީގައި މި ޚިދުމަތް ފަށާފައިވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ހަދާފައިވާ 100 މީޓަރުގެ ކީ ވޯލްގެ ސަރަހައްދުގައެވެ

ޓެކްސް އެޕީލް ޓްރިބިއުނަލްގެ މިދިޔަ އަހަރުގެ ހަރަދުތަކުގައި މައްސަލައެއް ނެތް: އޮޑިޓް
27 Oct 2026 ހަބަރު

ޓެކްސް އެޕީލް ޓްރިބިއުނަލްގެ މިދިޔަ އަހަރުގެ ހަރަދުތަކުގައި މައްސަލައެއް ނެތް: އޮޑިޓް

ޓެކްސް އެޕީލް ޓްރިބިއުނަލަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރަށް 13.4 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްދީފައެވެ. މީގެ ތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި 12.03 މިލިއަން ރުފިޔާ ހޭދަވިއިރު، ކެޕިޓަލް ހަރަދަކީ 342،791 ރުފިޔާއެވެ.

ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތަށް ބަނޑޭރިކޮށި ތަރައްގީ ކުރަނީ
27 Oct 2026 ހަބަރު

ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ލިބޭނެ ގޮތަށް ބަނޑޭރިކޮށި ތަރައްގީ ކުރަނީ

ފުރަތަމަ ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ ބަނޑޭރިކޮށި 1 ތަރައްޤީ ކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުންނެވެ.

ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި
27 Oct 2026 ހަބަރު

ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

އެމްއެމްބީސީ އިން ބުނީ ނޫސްމަޖައްލާތަން ރީ ރަޖިސްޓްރީކުރަން ދިން މުއްދަތު އަންނަ އަހަރުގެ ޖެނުއަރީމަހުގެ 28 ވަނަ ދުވަހަށް އިތުރުކޮށްފައިވާކަމަށެވެ. މި ބަދަލާ ގުޅިގެން، ނޫސްތައް ރީ ރަޖިސްޓްރީކުރަން ދިން މުހުލަތު ހަމަވާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުގެރޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ބާރަށުގައި ފުރަތަމަ ފަހަރަށް ބަނދަރެއް ހަދަނީ، ޖެޓީވެސް ތަރައްގީ ކުރާނެ
27 Oct 2026 ހަބަރު

ބާރަށުގައި ފުރަތަމަ ފަހަރަށް ބަނދަރެއް ހަދަނީ، ޖެޓީވެސް ތަރައްގީ ކުރާނެ

މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމުމަށް އެމްޓީސީސީއަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.

ތިލަމާލެ ބްރިޖުގެ %80 ނިމި، ވިލިމާލެއިން ގުޅީފަޅަށް މިމަހު ގުޅާލަނީ
27 Oct 2026 ހަބަރު

ތިލަމާލެ ބްރިޖުގެ %80 ނިމި، ވިލިމާލެއިން ގުޅީފަޅަށް މިމަހު ގުޅާލަނީ

އެ ވުޒާރާއިން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިރު، ތިލަމާލެ ބްރިޖް މަޝްރޫޢުގެ އެންމެ މުހިންމު އެއް މަރުޙަލާ ކަމުގައިވާ ވިލިމާލެއާއި ގުޅީފަޅު ގުޅުވައިލާ ބްރިޖުގެ ބައިގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.