މިނިސްޓަރު ޝަހީމް އަދި އިމްރާން
ހަބަރު
30 Apr 2025 | 20:13
އިމްރާންގެ ޝަރުތަކީ ޝަހީމް އިސްތިއުފާ ދެއްވުން، ޝަހީމް ދެކޮޅު ހައްދަވާ ރައްދު ދެއްވައިފި

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އަދާލަތު ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުމަށް ޝަރުތަކާއެކު އެ ޕާޓީގެ މިހާރު ރައީސް އިމްރާން އަބްދުﷲ މަރުހަބާ ދަންނަވައިފި އެވެ.

ވޮއިސްއާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަދާލަތުގެ ސީނިއާާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އެމަނިކުފާނު ހިދުމަތްކުރި އަދާލަތު ޕާޓީއަށް އަލުން ވަނުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިއަހަރު ފަހުކޮޅުގައި އެ ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ.

އެކަމާއި ގުޅިގެން އިމްރާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ދޯހަޅިކަމާހުރެ ގައުމު ވެއްޓިފައި މިއޮތް ހާލަތުން ސަލާމަތް ކުރުމަށް، ރައީސް މުއިއްޒުގެ ކެބިނެޓް ދޫކުރައްވާ ހާލިސްކަމާއެކުގައި ޝަހީމް އަދާލަތު ޕާޓީގެ ލީޑާޝިޕަށް ވާދަކުރައްވާނަމަ އެކަމަށް އުފަލާއެކު މަރުހަބާ ދަންނަވާ ކަމަށެވެ.

އެކަމަށް މިނިސްޓަރު ޝަހީމް ވަނީ ރައްދު ދެއްވާފަ އެވެ. ވިދާޅުވީ އަދާލަތު ޕާާޓީގެ ލީޑާޝިޕަށް ވާދަކުރުމަށް ކެބިނެޓް ދޫކޮށްލަން ނުޖެހޭ ކަމަށެވެ. އަދި އަދާލަތުގެ މެންބަރުންނަށް މަގާމުގައި ހުންނަން ދުސްތޫރުން މަނާ ނުކުރާ ކަމަށެވެ. އަދާލަތު ޕާޓީގެ ރައީސް ކަމަށް މެންބަރުން އެމަނިކުފާނު އިންތިހާބު ކުރައްވައިފިނަމަ ކޮންގްރެސް އިން ނިންމާ ގޮތަކަށް ޕާޓީއައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

އިމްރާން ފިޔަވާ އެހެން ބޭފުޅުންގެ މަރުހަބާ

އިމްރާން މިފަދަ ޝަރުތެއް ކުރިމަތި ކުރެއްވި ނަމަވެސް އަދާލަތު ޕާޓީގެ އިސް ބޭފުޅުން ވަނީ މިނިސްޓަރު ޝަހީމްގެ ނިންމެވުމަށް މަރުހަބާ ވިދާޅުވެފަ އެވެ. 

މިނިސްޓަރު އެކަން އިއުލާނު ކުރެއްވުމާއި ގުޅިގެން އަދާލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާއި އިލްމުވެރީންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ އެ ނިންމެވުމަށް މަރުހަބާ ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި އިލްމުވެރީންގެ މަޖިލީހުގެ ރައީސް ޑރ. އިލްޔާސް ހުސައިން އާއި ނާއިބު ރައީސް ޑރ, މުހައްމަދު އިޔާޒް އަބްދުލްލަތީފާއި އިލްމުވެރީންގެ މަޖިލީހުގެ އިތުރު މެންބަރުން ހިމެނިވަޑައިގަންނަވަ އެވެ.

ޑރ. އިޔާޒް, މިނިސްޓަރު ޝަހީމް, ޑރ. އިލްޔާސް

އިލްޔާސް ވިދާޅުވީ ޝަހީމްގެ އެ ނިންމެވުމަކީ އަދާލަތު ހަރުދަނާ ކުރެއްވުމަށް ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ. ޝަހީމަށް ތާއީދު ކުރައްވާކަން ވެސް ހާމަ ކުރެއްވި އެވެ.

އަދި އެ ޕާޓީގެ ނާއިބު ރައީސް އަބްދުﷲ ރަޝީދު ވެސް ވަނީ މިނިސްޓަރު ޝަހީމަށް މަރުހަބާ ވިދާޅުވެފަ އެވެ.

އިމްރާން ބެންކޮކުގައި, ޒިންމާ އަދައެއް ނުކުރައްވާ

އަދާލަތު ޕާޓީގެ މިހާރުގެ ރައީސަކީ އިމްރާން އަބްދުﷲ އެވެ. އޭނާ އަކީ މިދިޔަ ސަރުކާރުގައި ހޯމް މިނިސްޓަރެވެ.

ސަރުކާރު ބަދަލުވެ މަގާމު ގެއްލިވަޑައިގަަތުމުން އިމްރާންގެ ދިރިއުޅުއްވުން ވަގުތީ ގޮތުން ވަނީ ތައިލެންޑަށް ބަދަލު ކުރައްވާފަ އެވެ. އެ ގައުމުގައި ހުންނެވި ނަމަވެސް އަދާލަތު ޕާޓީގެ ރައީސްގެ މަގާމު ދޫކޮށްލައްވާފައެއް ނުވެ އެވެ.

އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރައްވާތީ މަގާމުން އިސްތިއުފާ ދެއްވުމަށް ކުރީން ވެސް އިމްރާންގެ ކިބައިން އެދިވަޑައިގެންފަ އެވެ. ނަމަވެސް މަގާމު ދޫކޮށްލެވުމަށް ދެކޮޅު ހެއްދެވި އެވެ.

މިނިސްޓަރު ޝަހީމް ކުރީން ވެސް ޤުރުބާންވެވަޑައިގެންނެވި

މިނިސްޓަރު ޑރ. މުޙައްމަދު ޝަހިމް އަލީ ސައީދަކީ އަދާލަތު ޕާޓީގެ އެއް މުއައްސިސެވެ. އެ ޕާޓީ ވަރުގަދަ ކުރެެއްވި އެއް ލީޑަރެވެ.

އިމްރާނާއި ޝަހީމަކީ ވަރަށް ގާތް ދެ ބޭފުޅުންނެވެ. މީގެ ކުރީން އިމްރާންގެ ދިފާއުގައި އޭނާގެ ހައްގުގައި އެންމެ ބޮޑެތި ގުރުބާނީ ވެވަޑައިގެންނެވި އެއް ބޭފުޅަކީ ޝަހީމެވެ.

ރައީސް މުއިއްޒުގެ ކެބިނެޓުން އިސްތިއުފާ ދެއްވާ އަދާލަތަށް ވަޑައިގަތުމަށް އިމްރާން އެދިވަޑައިގެންނެވިއިރު ރައީސް ޔާމީންގެ ސަރުކާރުގައި ކެބިނެޓުގައި ހުންނަވާ ޝަހީމް އިސްތިއުފާ ދެއްވީ ވެސް އިމްރާންގެ ހައްްގުގަ އެވެ. އޭގެ ފަހުން އަލުން ރައީސް ޔާމީންގެ ރަނިންމޭޓަކަށް ވަޑައިގަތީ ވެސް އިމްރާނަށް ލުއިތަކެއް ހޯއްދަވައި ދެެއްވުމުގެ ބޭނުންފުޅާވެސް އެކު އެވެ.

އޭރު އިމްރާން ހުންނެވީ އޭނާ އިސްވެ މޭޑޭގައި ދެއްކެވި ވާހަކަތަކުން އުފެދުނު ބޮޑު ހަމަނުޖެހުމާއި ގުޅިގެން ދައުވާ އުފުލާ ދިގު މުއްދަތެއްގެ ޖަލު ހުކުމު ގަ އެވެ. ނަމަވެސް ޝަހީމްގެ މަސައްކަތްޕުޅުން އިމްރާން އެތައް ފަހަރަކު ގެއަށް ބަދަލުކޮށް ގިނަ ލުއިތަކެއް ހޯއްދަވައި ދެއްވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.