ކަރާއެއް އޭގެ އޮށްތަކާއެކު؛ ކަރާގެ އޮށަކީވެސް އޭގައި ގިނަގުނަ ފައިދާ އެކުލެވޭ އެއްޗެއް.
ލައިފްސްޓައިލް
02 May 2025 | 06:53
ކަރާގައި ހުންނަ އޮށްތައް އުކާލާނަމަ، އެކަން ހުއްޓާލަންޖެހޭ؛ މިއޮތީ ސަބަބުތައް

ރަހަމީރު އަދި ހަށިގަނޑަށް ތާޒާކަން ގެނެސްދޭ ކަރާ އަކީ ވަރަށް ގިނަ ޞިއްޙީ ފައިދާތަކެއް އެކުލެވޭ މޭވާއެކެވެ. ނަމަވެސް، އޭގެ އޮށްތައް   އުކާލާ މީހުންވެސް އުޅޭއިރު އެއީ އެކަން ކުރާމީހުން ކަން ކުރުން ހުއްޓާލާހާ ފައިދާހުރި ކަމެކެވެ. އެހެންކަމުން މި ލިޔުމުގައި އަލިއަޅުވާލާނީ މި ކުދިކުދި ކަޅު އޮށްތައް އުކާނުލަންވީ ބައެއް ސަބަބުތަކަށެވެ. 

1. ނިޔުޓްރިޝަންގެ ގޮތުން މުއްސަނދި

ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން ހެދި ދިރާސާއެއްގައިވާގޮތުން، ކަރާގެ އޮށްތަކުގައި ޕްރޮޓީނާއި، ފެޓްސްއާއި، އަދި މެދުމިނުގެ މިންވަރަކަށް އަޔަން (ދަގަނޑު) އަދި ޒިންކު އެކުލެވިގެންވެއެވެ. އޭގެ އިތުރުން، މި އޮށްތަކުގައި މެގްނީޒިއަމްގެ މިންވަރުވެސް ވަރަށް މަތިވެއެވެ. މެގްނީޒިއަމްއަކީ ހަށިގަނޑުގެ ގިނަ މަސައްކަތްތަކަށް ވަރަށް މުހިންމު މާއްދާއެކެވެ. މީގެ ތެރޭގައި މަސްތަކާއި ނާރުތަކުގެ މަސައްކަތް ބެލެހެއްޓުމާއި، ލޭގައި ހުންނަ ހަކުރުގެ މިންވަރު ބެލެހެއްޓުމާއި، ލޭގެ ޕްރެޝަރު ބެލެހެއްޓުމާއި، އަދި ޕްރޮޓީނާއި، ކަށްޓާއި އަދި ޑީއެންއޭ އުފެއްދުން ހިމެނެއެވެ.

2. ހިތުގެ ދުޅަހެޔޮކަން

ކަރާގެ އޮށްތަކަކީ މޮނޯއަންސެޗުރޭޓެޑް އަދި ޕޮލީއަންސެޗުރޭޓެޑް ފެޓީ އެސިޑްގެ ރަނގަޅު މަސްދަރެކެވެ. މި މާއްދާތަކުން ހިތުގެ ދުޅަހެޔޮކަމަށް ވަރަށް ގިނަ ގޮތްގޮތުން ފައިދާ ކުރެއެވެ. ދިރާސާތަކުން ދައްކާގޮތުގައި، ރަނގަޅު ފެޓްސްއިން ހިތުގެ ބަލިތަކާއި ސްޓްރޯކްއިން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. ކަރާގެ އޮށްތަކުގައި އެކުލެވޭ މެގްނީޒިއަމް އަދި ޕޮޓޭޝިއަމްއިންވެސް ހިތުގެ ދުޅަހެޔޮކަމަށް އެހީތެރިވެދެއެވެ. މި މާއްދާތަކުން ލޭގެ ޕްރެޝަރު ބެލެހެއްޓުމަށާއި ހިތުގެ ބަލިތަކަށް ހުށަހެޅުމުގެ ފުރުޞަތު ކުޑަކުރުމަށް އެހީތެރިވެދެއެވެ.

3. ހަޖަމުކުރުމަށް އެހީވެދޭ

ކަރާގެ އޮށުގައި އެކުލެވޭ ފައިބަރުން ހަޖަމުކުރުމުގެ ނިޒާމުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދެއެވެ. ފައިބަރުން ބޮޑުކަމުދިއުމަށް އެހީތެރިވެދޭއިރު އަދި ބަނޑުހަރުވުމުގެ މައްސަލައަށްވެސް ލުއި ލިއްބައިދެއެވެ.

4. ދިފާޢީ ނިޒާމު ވަރުގަދަކުރުން

ކަރާގެ އޮށްތަކުގައި ލައިކޮޕީން އެކުލެވިގެންވެއެވެ. މިއީ ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް އެހީތެރިވެދޭ ވަރުގަދަ އެންޓިއޮކްސިޑެންޓެކެވެ. އެންޓިއޮކްސިޑެންޓްތަކުން އަހަރެމެންގެ ހަށިގަނޑުގެ ސެލްތައް ފްރީ ރެ ޑިކަލްތަކުގެ ގެއްލުމުން ރައްކާތެރިކޮށްދެއެވެ. މީގެ އިތުރުން ކަރާގެ އޮށްތަކުގައި ވިޓަމިން ސީވެސް އެކުލެވިގެންވާއިރު އެއީ ވެސް ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް އެހީވެދޭ އެއްޗެކެވެ. 

5. ހަށިގަނޑުގެ ބަރުދަން ބެލެހެއްޓުން

ކަރާގެ އޮށްތަކުގައި އެކުލެވޭ ޕްރޮޓީނާއި ފައިބަރުން ގިނަ ވަގުތު ބަނޑުފުރިފައި ހުރުމަށް އެހީތެރިވެދެއެވެ. މިކަމުން އެމީހަކު ކާ މިންވަރު މަދުކުރުމަށް އެހީތެރިވެދޭނެއެވެ. އަދި މިއީ ބަރުދަން ބެލެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ.

6. ހަށިގަނޑުގެ ހަކަތަ އިތުރުކުރުން

ކަރާގެ އޮށްތަކުގައި އެކުލެވޭ މެގްނީޒިއަމްއިން ހަށިގަނޑުގައި ހަކަތަ އުފެއްދުމުގެ މަސައްކަތަށް އެހީތެރިވެދެއެވެ. މިކަމުން ތިބާގެ ހަށިގަނޑުގެ ހަކަތަ އިތުރުވެ، ވަރުބަލިކަން ކުޑަވެގެންދާނެއެވެ.

7. ހަމުގެ ދުޅަހެޔޮކަން

ކަރާ މޭވާގެ އޮށްތަކުގައި އެކުލެވޭ ވިޓަމިން އީ އާއި އެހެނިހެން އެންޓިއޮކްސިޑެންޓްތަކުން ހަމުގެ ދުޅަހެޔޮކަމަށް އެހީތެރިވެދެއެވެ. މި މާއްދާތަކުން ހަމުގެ ސެލްތައް ގެއްލުމުން ރައްކާތެރިކޮށްދީ، ހަމުގެ ދުޅަހެޔޮކަމާއި ޒުވާންކަން ދެމެހެއްޓުމަށް އެހީތެރިވެދެއެވެ. ހަންގަޑުގެ އިތުރުން އިސްތަށިގަނޑަށްވެސް ކަރާ އޮށުން ކުރާ ފައިދާ ބޮޑެވެ. 

7. ކަށީގެ ދުޅަހެޔޮކަން

ކަރާގެ އޮށުޮށުގައި އެކުލެވޭ މެގްނީޒިއަމް އަދި ފޮސްފަރަސްއަކީ ވަރުގަދަ އަދި ދުޅަހެޔޮ ކަށިތަކެއް ދެމެހެއްޓުމަށް މުހިންމު މާއްދާތަކެކެވެ. މި މާއްދާއަކީ ކަށި އުފެދުމަށާއި ކަށީގެ ބާރުގަދަކަމަށް ކޮންމެހެން ބޭނުންވާ މާއްދާތަކެކެވެ.

8. މޫޑު ރަނގަޅުކުރުން

ކަރާގެ އޮށުގައި ޓްރިޕްޓޮފޭން އެކުލެވެއެވެ. މިއީ ސެރޮޓޮނިން އުފެއްދުމަށް މުހިންމު އެމިނޯ އެސިޑެކެވެ. ސެރޮޓޮނިންއަކީ، މޫޑާއި ނިދުމަށް އެހީތެރިވާ ނިއުރޯޓްރާންސްމިޓަރެކެވެ.

މި ފައިދާތައް ހުރި ނަމަވެސް، ބައެއް މީހުން އަދިވެސް ކަރާގެ އޮށް ކެއުމާމެދު ޖެހިލުންވެއެވެ. ނަމަވެސް، ކަރާގެ އޮށަކީ ކެއުމަށް ރައްކާތެރި އަދި ރަނގަޅަށް ތައްޔާރުކުރެވިއްޖެނަމަ ވަރަށް ރަހަ ރަނގަޅު އެއްޗެކެވެ.

އެގޮތުން އެންމެ މަޤްބޫލު އެއް ގޮތަކީ ކަރާގެ އޮށް ކުޑަ ލޮނުކޮޅަކާއެކު ހަނާކޮށްލައިގެން ސްނެކެއްގެ ގޮތުގައި ކެއުމެވެ. އަދި އޭގެ އިތުރުން، އޮށް މުގުރައިގެން، ސްމޫތީ، ސަލަޑު، ނުވަތަ ބޭކްކުރާ ތަކެއްޗަށް އަޅައިގެންވެސް ކެވިދާނެއެވެ. 

ކަރާގެ އޮށަކީ ކެއުމަށް ފައިދާހުރި އަދި ރަހަ ރަނގަޅު، މޭވާގެ ބައެކެވެ. އެހެންކަމުން، ދެން ފަހަރަކު ތިބާ ކަރާ ކާއިރު، އޮށް ރައްކާކުރުމަށް ވިސްނާށެވެ - އެއީ ފަހަރެއްގައި ތިބާގެ ދުޅަހެޔޮކަން އިތުރުކުރުމުގެ ސިއްރު ކަމުގައި ވެދާނެއެވެ!

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.