ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް: ފޮަޓޯ/ އެމްޑީޕީ
ހަބަރު
02 May 2025 | 12:16
މިހުރީ އިހްތިޖާޖުކުރާ ޒުވާނުންނާއެކު؛ މުޒާހަރާ ރޫޅާލުން ކުށްވެރި ކުރަން: ރައީސް ޞާލިޙް

ގުދަނެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ޒުވާނުން ސިލްސިލާކޮށް ކުރިއަށް ގެންދާ އިހްތިޖާޖު ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކޮށްފައިވާތީ އެކަން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކުށްވެރިކުރައްވައިފިއެވެ.

އަންހެން މީހާ ވެއްޓުނު ހާދިސާއާ ގުޅިގެން ޒުވާނުން މުޒާހަރާ ކުރަނީ މަޖީދީމަގުން ބައެއް ބަންދުކޮށްގެން ބޯޑުތައް ހިފައިގެން ތިބެއެވެ. ރޭވެސް އިންސާފު ހޯދުމަށް ނުކުމެ ތިބި މުޒާހަރާގެ ބައެއް ބައިވެރިން މަގުމަތީ އިށީންދެގެން ތިބި އިރު އެތަނުން ބައެއް މީހުން ތިބީ ކެރަމް ކުޅޭށެވެ. އަނެއް ބަޔަކު މިއުޒިކު ކުޅެ ނަށަމުން ދިޔަ އިރު، ޓީޓީ ކުޅެމުންދިޔަ ބަޔަކުވެސް އެތަނުގައި ތިއްބެވެ.

އެ މުޒާހަރާ ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްގެން ރޫޅާލައި، އެމީހުން ބޭނުން ކުރަމުންއައި ސްޕީކަރުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އަންހެނަކާއި ފިރިހެނަކުވެސް ހައްޔަރު ކޮށްފައެވެ. 

އެކަމާއި ގުޅިގެން ރައީސް ޞާލިޙް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުޅި ޤައުމު ސިއްސުވާލި މައްސަލައަކާ ގުޅިގެން، ކަމާބެހޭ އިދާރާތައް ޖަވާބުދާރީކުރުވުމަށާއި، އަންހެން މީހާއަށް އިންސާފު ހޯދުމަށް ގޮވާލައި ޒުވާނުން ކުރަމުންދާ ސުލްޙަވެރި އިހްތިޖާޖު ރޫޅާލުމަށް ފުލުހުން ވަނީ ޙާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޯސްފައި ކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވިއެވެ. 

މިއާއެކު އެމަނިކުފާނު ވިދާޅުވެފައިވަނީ، ސިޔާސީ ޕާޓީތަކެއްގައި ނޫޅޭ ޒުވާނުންތަކެއް ކުރި މި އިހްތިޖާޖު ރޫޅާލުމަށް ސަރުކާރުން މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހުނުކަމީ، މި މައްސަލައިގައި ސަރުކާރުގެ ނިޔަތް ރަނގަޅު ނޫންކަމުގެ ހެއްކެއް ކަމަށެވެ.

ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ޙައްޤާއި، ޤާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވުމާއި، އިންސާފު ލިބިގަތުމުގެ ޙައްޤަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ އަސާސީ ބައިތަކެއް. އިންސާފު ހޯދުމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތްކުރާ ޒުވާންނާއެކު އަޅުގަނޑު މިހުރީ ވަރަށް ސާބިތުކަމާއެކު

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް

ރޭގ އިހްތިޖާޖު ރޫޅާލި ސަބަބު ހާމަކޮށް ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ،  އެ އިހްތިޖާޖުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރާކަމުގެ ޝަކުވާ ކެނޑިނޭޅި ދިޔައީ ލިބެމުން ކަމަށެވެ.

މި އިހްތިޖާޖުގައި މަޖީދީމަގު ފަދަ މުހިންމު މަގެއް ދަތުރުފަތުރަށް ބަންދުކޮށް މިއުޒިކު ކުޅުމާއި ޓޭބަލް ޓެނިސް އަދި ކެރަމް ކުޅުން ފަދަ އާންމު މަސްލަހަތަށް ފުށުއަރާ ކަންތައްތަކެއް ކުރަމުން ގެންދާތީ އެކަންކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ.

މީގެ އިތުރުން މާދަމާއަކީ ޖީސީއީ އޯލެވަލް އިމްތިހާނަށް ގިނަ ދަރިވަރުން ހާޒިރުވާން ޖެހޭ ދުވަހަކަށް ވާތީ އެކިރޭ މަތީން ތަކުރާރުކޮށް ނަސޭހަތްތެރިވެ ގާނޫނީ އިންޒާރު ދިނުމަށް ފަހު މިރޭގެ އިހްތިޖާޖު ރޫޅާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

މި ފިޔަވަޅު އަޅާފައިވަނީ ދަރިވަރުންގެ ތައުލީމީ މަސްލަހަތާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޮމެންޓް
އަހުދުނާމާ
ތިޔަހެން ނުބުންޏަސް އިނގޭ ބޭނުންވަނީ ހަމަޖެހުންނަގާލާ ވެރިކަން ކަން އެކަނި
02 May 2025
Mohamed
ކަލޭގެ ވެރިކަމުގައި މުޒާހަރާ ކުރި މީހުންނާ އެކު ކަލޭ ހުރީ އިސްތިސްގާނަމާދުކުރަންތަ?
02 May 2025
ބަނގުރޫޓު ފަޔާ
ހެދިކާ ވިއްކަން މޭޒުތަށް އަތުރަން ފެނޭ ހުރިހާ ބޮޑެތި މަގުތަކުގަ.
02 May 2025
އަލީބެ
ޕާޓޭންނަށް ތާއީދު ކުރާވަޔަކު ސިޔާސީ ކުރިމަގު ހަލާކުކޮށްފިއެ.
02 May 2025
ގުޅޭ ލިޔުންތައް
22 Jul 2026
ފުލުހުންނަށް ހައްޔަރުނުކުރެވި އުޅެނިކޮށް ދެވަނަ ފަހަރަށް އަޒީޒާ މިސްކިތަށް ހަމަލާދީފި
އަޒީޒާ މިސްކިތައް މިރޭ ހަމަލާ ދިން މީހާ އެކަންކޮށްފައިވަނީ މަގްރިބް ނަމާދަށްފަހުއެވެ. އެމީހާ ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައިވެސް އަޒީޒާ މިސްކިތުގެ ބިއްލޫރިތައް ތަޅާލާފައެވެ.
22 Jul 2026
ބްރެޒިލްގެ ފޯވާޑް ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިއްޖެ
ޑޮރިއެލްޓަން ނިއުރޭޑިއަންޓާ ގުޅިފައިވަނީ މުސާރަ އާއި އިނާޔަތްތަކާއެކު 350،000 ރުފިޔާގެ މުސާރައަކަށެވެ.
22 Jul 2026
ހިންމަފުށީގައި ހިނގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ބިދޭސީ ދެމީހުން ރާއްޖެ ނާދެވޭގޮތް ހަދަނީ
މި މާރާމާރީ ހިނގާފައިވަނީ ކޮން ސަބަބަކާ ލައިގެންކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ. އަދި އެމީހުން އަނބުރާ ފޮނުވާލަންޖެހޭކަމަށް ފުލުހުންނަށް ފާހަގަވި އެއްވެސް ކަމެއްގެ ވާހަކަ ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ
22 Jul 2026
ސެންޓަރ އެންޓަރޕްރައިސަސް އާ ދެކޮޅަށް ޖިނާއީ ތަހްގީގެއް ކުރިއަށްގެންދަން އެދިއްޖެ
އޮޑިޓުން އެނގޭ ގޮތުގައި ފައިސާ ހޯދުމަށް އެކުންފުނިން ހުށަހަޅާފައިވާ ލިޔުންތަކަކީ ހިނގާފައިވާ މުއާމަލާތެއްކަން ދެއްކުމަށް އުފައްދާފައިވާ ލިޔުންތަކެއްކަމަށް ބެލެވޭ ގިނަ ކަންކަން ފާހަގަކުރެވިފައިވާކަމަށެވެ.
22 Jul 2026
އެމްއެންޔޫއިން ޕޯސްޓްގްރެޖުއޭޓް އާ ކޯސްތަކެއް ތައާރަފުކޮށްފި
ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާކުރުމަށާއި، ގައުމަށް ބޭނުންވާ މަތީ ފަންތީގެ މާހިރުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އިން ޕޯސްޓްގްރެޖުއޭޓް އާ ހަ ޕްރޮގްރާމެއް ރަސްމީކޮށް ތައާރަފުކޮށްފިއެވެ.
22 Jul 2026
61 ވަނަ މިނިވަން ދުވަހާ ގުޅުވައި "ސައްބީސް ކާނިވަލް" ބާއްވަނީ!
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން އޮފިޝަން އިވެންޓްސް އަދި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ބޭއްވުމަށް ނިންމައިފިއެވެ.
22 Jul 2026
ޑީޖީޖީ އާއި ޒީރޯ ޕޮއިންޓުގެ ރޮކެޓް ލީގު މުބާރާތަށް ނަން ނޯޓުކުރުން ބަންދުވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި ޒީރޯ ޕޮއިންޓް ގުޅިގެން ބާއްވާ "ޒީރޯ ޕޮއިންޓް ކްލޭޝް ސީރީޒް: ރޮކެޓް ލީގު" އީ-ސްޕޯޓްސް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ ކަމަށް ދިރާގުން ބުނެފިއެވެ.
22 Jul 2026
ޕީއެސްއިންނާއި އެސްޖީންގެ މުސާރަ އަންނަ މަހުން ފެށިގެން ކުޑަކުރަނީ
ސަރުކާރުގެ ވުޒާރާތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާއި ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް ދެމުންދާ މުސާރައާއި އިނާޔަތްތައް އަންނަ މަހުން ފެށިގެން ކުޑަކުރުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފިއެވެ.