އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް
ހަބަރު
02 May 2025 | 20:49
ހިތްވަރު ދޭންވީ ޒުވާނުން މަސްތުވާތަކެތީން ދުރުހެލި ކުރުވުމަށް: ރޮޒައިނާ

ހިތްވަރު ދޭންވީ ޒުވާނުން މަސްތުވާތަކެތީން ދުރުހެލި ކުރުވުމަށް ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ އެކްސް ގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

އެކްސްގައި ނުފޫޒުގަދަ އެކައުންޓަކުން ވަނީ އެކި މައްސަލަތަކާމެދު ވާހަކަ ދައްކަން ޓޯކް ޝޯތަކެއް ފަށާފަ އެވެ. އެ ޝޯގައި މިއަދު ވާހަކަ ދައްކާނެ މައުލޫ އާންމުކޮށް ކޮށްފައިވާ ޕޯސްޓަކަށް ރޮޒައިނާ ކުރެއްވި ކޮމެންޓެއް ގައި ވިދާޅުވީ ހަގީގަތުގައި މުހިންމު ކަންކަމުގެ ވާހަކަ ދައްކާނަމަ އޭނާގެ އުންމީދަކީ ޒުވާނުން މަސްތުވާތަކެތިން ދުރުހެލި ކުރުމާމެދު ވާހަކަ ދައްކާނެ ކަމަށެވެ.

އަދި ދިރިއުޅުން ކޮންޓްރޯލް ކޮށް ވަށައިގެންވާ މާހައުލަށް ހޭލުންތެރިކުރުވުމަށް ހިތްވަރު ދޭން ވާހަކަ ދައްކާނެ ކަމަށް އުންމީދު ކުުރާ ކަމަށް ވިދާޅުވި އެވެ.

މިިދިޔަ މަހުގެ 18 ވަނަ ދުވަހުގެ އިމާރާތެއްގެ މަތީން އެ އިމާރާތާއި ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއެއް ހިނގި އެވެ. އެ ހާދިސާ ތަހުގީގު ކުުރުމާއި މައުލޫމާތު އާންމު ކުުރުމުގައި ފުލުހުން ފުރަތަމަ އަމަލު ކުރި ގޮތުން މައްސަލަ ހޫނުވެ ބޮޑު ބަހުސެއް ވަނީ އުފެދިފަ އެވެ. އަދި ސިލްސިލާ މުޒާހަރާތަކެއް ވަނީ ފެށިފަ އެވެ.

އެ މުޒާހަރާތަކަކީ އަނިޔާވި އަންހެން މީހާއަށް އިންސާފު ހޯދާ ދިނުމަށް ގޮވާލާ ފަށާފައިވާ މުޒާހަރާތަކެކެވެ.

އެ ހާދިސާ ހިނގުމުގެ ކުރީން އަންހެން މީހާއާ އޭނާއާއެކު އެންމެ ފަހު ވަގުތާއި ހަމައަށް އުޅުނު ފިިރިހެން މީހާއާ ޒުވާން އިތުރު ބަޔަކު މަސްތުވެ ޕާޓީ ކުުރިކަމުގެ ތުހުމަތު އެބަ އޮތެވެ. އަންހެން މީހާއާ ފިރިހެން މީހާ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ނަމަވެސް މަސްތުވުމާއި ޕާޓީ ކުރުން ފަދަ ފާހިޝް އަދި ގާނޫނާއި ހިލާފު ކަަންކަމުގެ ވާހަަކަ ނުދައްކާ ހަމައެކަނި އެއް ކަމަކަށް ވާހަކަ ދައްކާތީ ގިނަ ބަޔަކު ދަނީ މުޒާހަރާ ކުރާ މީހުންނާއި އަންހެން ކުއްޖާގެ ދިފާއުގައި ވާހަކަ ދައްކާ މީހުންނަށް ފާޑު ކިޔަމުންނެވެ. އަދި ޕާޓީ ކުރުމާއި މަސްތުވުމަކީ އާދައިގެ ކަމަކަށް ހެދުމަށް ބަޔަކު މަސައްކަތް ކުރާ ކަމުގެ ތުހުމަތު ވެސް ވަނީ ކުރެވިފަ އެވެ.

ކޮމެންޓް
އަމާން
ގަބޫލު ކުރިޔަސް ނުކުރިޔަސް ޙައްލަކީ ޢުމަރު.
03 May 2025
ޒާކިރު
އެހެންތަ ކައޭ އެބައުޅެން ދޯ
03 May 2025
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.