ރައީސް ޑރ.މުއިއްޒު... ފޮޓޯ: ރައީސް އޮފީސް
ހަބަރު
03 May 2025 | 09:33
ރާއްޖޭގައި މީޑިއާގެ މިނިވަންކަމާއި މުސްތަޤިއްލުކަން ކަށަވަރުކޮށްދޭނަން: ރައީސް ޑރ.މުއިއްޒު

ދިވެހިރާއްޖޭގައި މީޑިއާގެ މިނިވަންކަމާއި މުސްތަޤިއްލުކަން ކަށަވަރުކޮށްދިނުމުގައި ދެމިތިބޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިމޭރުމުން ވިދާޅުވެފައިވަނީ ބައިނަލްއަޤްވާމީގޮތުން މިއަދު ފާހަގަކުރަމުންދާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމާއި، ޒިންމާދާރު މީޑިއާއެއް ކަށަވަރުކޮށްދިނުމުގައި ދެމިތިބޭނޭކަމަށެވެ.

އަހުލާގުގެ ހަމަތަކުގެ މަތިން ޒިންމާދާރު ނޫސްވެރިކަމެއް އޮތުމުގެ މުހިއްމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިންސާނީ ކަރާމާތް ރައްކާތެރިކުރުމާއި އަދުލުއިންސާފް ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި މީޑިއާގެ މުހިއްމުކަން ރައީސް ފާހަގަކުރެއްވިއެވެ. މި ޕޯސްޓްގައި ރައީސް ވަނީ، "ރިޕޯޓިން އިން ދަ ބްރޭވް ނިއު ވަރލްޑް: ދަ އިމްޕެކްޓް އޮފް އާޓިފިޝަލް އިންޓެލިޖެންސް އޮން ޕްރެސް ފްރީޑަމް އެންޑް ދަ މީޑިއާ" މި ޝިއާރުގެ މައްޗަށް އަލިއަޅުއްވާލައްވައި ބައެއް ކަންކަން ފާހަގަކުރައްވާފައެވެ.  މިގޮތުން އާއްމުނާއި ހަމަޔަށް ހަޤީޤަތާއި އެއްގޮތަށް މައުލޫމާތު ފޯރުކޮށްދިނުމުގައި އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) ގެ މުހިއްމުކަންވެސް ރައީސްގެ ޕޯސްޓްގައި ވަނީ ފާހަގަކުރައްވާފައެވެ. 

މި ޕޯސްޓްގައި ރައީސް ޑރ.މުއިއްޒު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރުވާ ނޫސްވެރިންގެ ހިތްވަރާއި ކެރުމަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން ޑިމޮކްރަޓިކް މުޖުތަމައުއެއްގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގައި މީޑިއާގެ ދައުރު ވަރަށްބޮޑުކަމަށް ރައީސް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް މެއިމަހުގެ 3 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، ރިޕޯޓާސް ވިތްއައުޓް ބޯޑާސް އިން ގައުމުތަކުގެ ނޫސްވެރިކަމުގެ މިނިވަންކަން ބަލައި، ނެރޭ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްއަށް ބަލާއިރު، ރާއްޖެ ވަނީ 2 ދަރަޖަ ކުރިއަށް ޖެހިލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.