އެސްޓީއޯ ހެޑް އޮފީސް
ހަބަރު
03 May 2025 | 16:01
އެސްޓީއޯއަށް ލިބެންޖެހޭ ފައިސާ 6 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެއްޖެ!

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯއަށް ލިބެންޖެހޭ ފައިސާ 6 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެއްޖެއެވެ.

އެސްޓީއޯއިން ނެރެ އާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީބަޔާނަށް ބަލާއިރު، މާޗްމަހުގެ ނިޔަލަށް އެކުންފުނީގެ ވިޔަފާރިން ލިބެންޖެހޭ ފައިސާގެ އަދަދު ވަނީ 6.22 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު، 435.01 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާތަރު ނިމުނުއިރު އެސްޓީއޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ހުރީ، 5.7 ބިލިއަން ރުފިޔާގައެވެ. ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެސްޓީއޯ ފާހަގަކުރެވެނީ އެންމެ ރިސީވްއަބަލްސް ބޮޑު ކުންފުނީގެ ގޮތުގައެވެ.

ފުރަތަމަ ކުއާޓަރުގެ ހިސާބުތަކަށް ބަލާއިރު، އެސްޓީއޯއިން އެހެން ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ދަށްވެފައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު، އެސްޓީއޯއިން އެހެން ފަރާތްތަކަށް ދައްކަންޖެހޭ ރުފިޔާގެ އަދަދު ހުރީ 3.5 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު މި އަދަދު 3.9 ބިލިއަން ރުފިޔާގައި ހުރިއިރު، ފަހު ކުއާޓަރުގައި މިއަދަދު ހުރީ 4.02 ބިލިއަން ރުފިޔާގައެވެ. 

އެސްޓީއޯއިން ވަނީ މިއަހަރުެގ ފުރަތަމަ ކުއާޓަރުގައި 4.02 ބިލިއަން ރުފިޔާގެ ފައިދާއެއް ހޯދައި 169 މިލިއަން ރުފިޔާގެ ސާފްފައިދާއެއް ހޯދާފައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު، އެސްޓީއޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު 6 ބިލިއަން ރުފިޔާ ފަހަނަ އަޅައި ގޮސްފައިވާއިރު، އެސްޓީއޯއަށް އެންމެ ގިނައިން ފައިސާ ދޭންޖެހެނީ ސަރުކާރުގެ ކުންފުނިތަކުންކަން ފާހަގަކޮށްލެވެެއެވެ. މިގޮތުން އެސްޓީއޯއަށް އެންމެ ބޮޑު އަދަދަކުން ފައިސާ ދޭންޖެހޭ އެއް ކުންފުންޏަކީ ފެނަކަ ކޯޕަރޭޝަންކަން ފާހަގަކޮށްލެވެއެވެ. އެސްޓީއޯގެ މިދިޔަ އަހަރުތަކުގެ މާލީ ބަޔާނުން ދައްކާގޮތުގައި އެސްޓީއޯގައިވާ ފެނަކައިގެ ދަރަނި 2 ބިލިއަން ރުފިޔާއަށްވުރެ އިތުރުކަމަށް ދައްކައެވެ.

ކޮމެންޓް
ނަންނުގަތި
ދެންތިޔަގޮތަށް ކޮމްމެއަހަރަކު ލިބެންޖެހި ނުލިބި ނުލިބޭނެކަމައް ފައިސާގެ ބޮޑެތިއަދަދުތަށް ނިއްމަންޔާ ހިއްސާދާރުންނަށް ލިބެންޖެހޭ ފައިދާ ހަމަޔަކަށް ނުލިބޭނެއެއްނު
03 May 2025
ނަންނުގަތި
ދެންތިޔަގޮތަށް ކޮމްމެއަހަރަކު ލިބެންޖެހި ނުލިބި ނުލިބޭނެކަމައް ފައިސާގެ ބޮޑެތިއަދަދުތަށް ނިއްމަންޔާ ހިއްސާދާރުންނަށް ލިބެންޖެހޭ ފައިދާ ހަމަޔަކަށް ނުލިބޭނެއެއްނު
03 May 2025
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް