ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދުގެ ނޫސްވެރީންގެ ބައްދަލްވުމުގައި -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
03 May 2025 | 17:44
ރައީސްގެ ސާދާ ޖަވާބެެއް: ދިމްޔާތުން އެކި ކުލަކުލައިގެ ދަބަސްތައް ނެރޭނެ

މ. ދިމްޔާތުން އެކި ކުލަކުލައިގެ ދަބަސްތައް ނެރޭނެ ކަމަށް ވިދާޅުވެ ވާދަވެރީން ދައްކަވާ ވާހަކަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު, ސާދާ ޖަވާބެއް ދެއްވައިފި އެވެ.

ދިމްޔާތަކީ ރައީސް މުއިއްޒުގެ ގެކޮޅެވެ. އެއީ މާލޭގައި ހުރި އެންމެ އުސް އިމާރާތްތަކުގެ ތެރޭގައި ހިމެނޭ އިމާރާތެކެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުންނަށް ކޮންމެ މަހަކު ބައިލައްކަ ރުފިޔާ ދެއްވާ ކަމަށާ އެ ފައިސާ އެމަނިކުފާނުގެ ދިމްޔާތުން ނެރެގެން ގެންދަނިކޮށް ފެނިފައިވާ ކަމަށް ބުނެ ނޫސްވެރިއަކު މިއަދު ވަނީ ސުވާލުކޮށްފަ އެވެ. ފައިސާ ނެރުނީ ކަޅު ދަބަހެއްގައި ކަމަށް ވެސް ބުނެފައިވެ އެވެ. އެ މަންޒަރުތައް ހިމަނައިގެން ވީޑިއޯއެއްވެސް ހަދާ އާންމުކޮށްފައިވާނެ ކަމަށް ބުނެފައިވެ އެވެ.

އެ ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ފުރަތަމަ ވިދާޅުވީ މެންބަރުންނަށް ބައިލައްކަ ދެއްވާ ވާހަކަ އަކީ ދޮގު ވާހަކައެއް ކަމަށެވެ. އަދި ދިމްޔާތުން ކަޅު ދަބަހެއްގައި ފައިސާ ނެރުނު ވާހަކައަކީ ދޮގެއް ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ ފަހުން ދެން ރައީސް ސާފުކޮށް ދެއްވީ ދިމްޔާތަކީ ކޮން ގޮތަކަށް އޮޕަރޭޓް ކުރާ އިމާރާތެއް ކަމެވެ. ރައީސް ވިދާޅުވީ ކަންދިމާކުރި ގޮތުން މިއަދުވެސް ވެރިރަށުގައި ހުރި އެންމެ ބޮޑު ގެސްޓް ހައުސް އަކީ ދިމްޔާތު ކަމަށެވެ. ދިމްޔާތުގައި ކުއްޔަށް ދޭ 55 ކޮޓަރި އެބަ ހުރި ކަމަށް ވިދާޅުވި އެވެ.

އެހެން ކަމުން ދިމްޔާތުން އެކި ކުލަކުލައިގެ ދަބަސްތައް ނެރޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެމަނިކުފާނު އެ ވިދާޅުވީ އެ ގެސްޓްހައުސްގައި ކުއްޔަށް ތިބޭ މީހުން ވައްދާ ނެރޭ އެކި ދަބަސްތަކަށެވެ.

ދިމްޔާތުގައި ދުވަހު ކުލީ ކޮޓަރީގެ ވިޔަފާރި ހިންގާތާ އެތައް އަހަރެއް ވެއްޖެ އެވެ. ރައީސްގެ ބައްޕާފުޅު ފެއްޓެވި އެ ވިޔަފާރި އެމަނިކުފާނު އިތުރަށް ފުޅާކުރައްވާފައި ވަނީ ބޮޑު އިމާރާތެއް އަޅުއްވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.