ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދުގެ ނޫސްވެރީންގެ ބައްދަލްވުމުގައި -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
03 May 2025 | 18:50
ރައީސްގެ އިންޒާރެއް: ވައްކަމަށް ފުރުސަތެއް ނުދޭނަން، ހަނދާން ނައްތާލާ

ސަރުކާރުގެ މަގާމެެއްގައި ހުންނަވައިގެން ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގުމަށް އެއްވެސް ބޭފުޅަކަށް ފުރުސަތު ދެއްވައިގެން ނުހުންނާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވެސް ތަކުރާރު ކުރައްވައިފި އެވެ.

މިއަދު ހެނދުނުން ފެށިގެން މިރެއާ ހަމައަށް ދެމިގެން ދިޔަ ނޫސްވެރީންގެ ބައްދަލްވުމުގައި ތަފާތު އެކި މައުލޫތަކުން ނޫސްވެރީން ވަނީ ގިނަ ސުވާލުތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވި ބައެއް ބޭފުޅުން މަގާމުތަކުން ވަކިކުރެއްވި ކުރެއްވުމާއި ގުޅޭގޮތުން ވެސް ސުވާލު ކޮށްފައިވެ އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިއަކަށް ހުންނަވާ ސަރުކާރުގެ ތެރެއިން ކޮރަޕްޝަންގެ އަމަލެއް ހިންގަން އެއްވެސް މީހަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. ދައުލަތުގެ އެއްވެސް އިދާރާއެއްގައި އަދި އެއްވެސް ކުންފުންޏަކުން ވެސް އެ ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވި އެވެ.

"ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ނުދޭނަން އަޅުގަނޑު އެއްވެސް ތާކު. އެކަން ކުރަން ބޭނުންވާ މީހަކު މި ސަރުކާރުުގެ ތެރެއިން އެކަން ހަނދާން ނައްތާލަން ޖެހޭނީ. ނުކުރެވޭނެ އަޅުގަނޑު މި ދަންނަވަނީ,"

ޝަމްއާންއާމެދު ޒާތީ ކަމެއް ނެތް

ކުރީގެ ކޮންޓްރޯލާ ޝަަމްއާން ވަހީދު މަގާމުން ވަކިކުރައްވާ އޭނާގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަމުން ދަނީ އުސޫލުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ހޯމް މިނިސްޓަރު އަލީ އިހްސާންގެ ކޮރަޕްޝަންގެ މައްސަލަތަކެއް ޝަމްއާން, އެމަނިކުފާނުގެ ސަމާލު ކަމަށް ގެނައި ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް ކަމަށެވެ.

އަދި ޝައްމާންއަށް އެމަނިކުފާނު މެސެޖު ކުރެއްވި ކަމަށް ބުނާ ބުނުމަކީ ވެސް ދޮގެއް ކަމަށެވެ.

ޝަމްއާންއާ މެދު އެއްވެސް ޒާތީ ކަމެއް ނެތް ކަމަށާ ކޮރަޕްޝަންގެ އަމަލެއް ހިންގަވާނަމަ ކޮންމެ ބޭފުޅަކާމެދު ވެސް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

"އަޅުގަނޑުމެނަށް ތުހުމަތު ކުރެވޭ, ނޫނިއްޔާ ހެކިތަކާ އެކު ފެންނަން ހުރި ކަންތައްތަކެއް ހުރީމަ [ޝައްމާން] މަގާމުން ވަކިކުރަން ޖެހުނީ. ދެން ޑިއު ޕްރޮސެސްގެ ތެރެއިން ދިޔައީމަތާ އެ މައްސަލަ ނިމޭނީ. އެހެން ބޭފުޅު ނަމަވެސް އެގޮތައް ކަންކުރެއްވި ނަމަވެސް އެ ފިޔަވަޅު އެގޮތައް އަޅާނެ" ރައީސް މިއަދު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.